ޔަމަނުގެ ވެރިރަށް ސަންއާ ހިފިތާ ފަސް އަހަރު ފުރުން ހޫތީންނަށް ތަބާވާ މީހުން މި މަހު 21 ވަނަ ދުވަހު ފާހަގަކުރަނީ. --ފޮޓޯ:އޭއެފްޕީ
29 ސެޕްޓެމްބަރ 2019 - 12:08
ސަންއާ (ސެޕްޓެމްބަރު 29) - ސައުދީ އަރަބިއާގެ ނަޖްރާންގެ ބޯޑަރު ސަރަހައްދުން "އެތައް ހާސް ސިފައިންނެއް" ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ސައުދީ ސިފައިންގެ ސީނިއާ އޮފިސަރުން ވެސް ހިމެނޭ ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުން ބުނެފި އެވެ.
ހޫތީންގެ ތަރުޖަމާނަކު ބުނީ އެ ޖަމާއަތުގެ ހަމަލާތަކުގައި ދުޝްމަނުންގެ ތިން ބްރިގޭޑް ބަލިކޮށްލާފައިވާ ކަމަށެވެ. އަދި ހަމަލާތަކުގައި ހޫތީންގެ ޑްރޯން އާއި މިސައިލް އަދި އެއާ ޑިފެންސް ޔުނިޓްތައް ބޭނުންކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހޫތީންގެ އަލް މަސީރާ ޓީވީ މެދުވެރިކޮށް ތަރުޖަމާން ބުނީ އެ ހަމަލާ އިން ދޭހަކޮށްދެނީ ސައުދީ އަރަބިއާގެ ބިމުގެ ސަރަހައްދަށް ވަދެ ހަމަލާ ދިނުމުގެ ގާބިލްކަން ވެސް ހޫތީންނަށް ލިބިގެންވާކަން ކަމަށެވެ.
ހޫތީން ހައްޔަރުކުރި ސިފައިން ބައިތިއްބާނީ ސިއްރު ތަނެއްގައި ކަމަށްވެ އެވެ. ޔަމަނުގެ އުތުރުގެ ސަރަހައްދުތައް ކޮންޓްރޯލްކުރާ ހޫތީން ދާދި ފަހުން ވަނީ ސައުދީ އަށް ދޭ މިސައިލް ހަމަލާތައް އިތުރުކޮށްފަ އެވެ. ސައުދީގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ތެޔޮ އުފައްދާ ދެ ތަނަކަށް މި މަހު 14 ވަނަ ދުވަހު ދިން ޑްރޯން ހަމަލާގެ ޒިންމާ ވެސް އުފުލާފައި ވަނީ ހޫތީންނެވެ. އެ ހަމަލާ އަށް ފަހު ވަނީ ސައުދީން ތެޔޮ އުފައްދާ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްކޮށްފަ އެވެ. އެކަމަކު ޑްރޯން ހަމަލާގެ ތުހުމަތު ސައުދީ، އެމެރިކާ، ފްރާންސް، އަދި އިނގިރޭސި ވިލާތުން އަޅުވާފައި ވަނީ އީރާނުގެ ބޮލުގަ އެވެ.
ޔަމަން ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ފެށީ 2014 ވަނަ އަހަރު އެވެ. ޔަމަނުގެ ވެރިރަށް ހޫތީން ހިފިތާ މި މަހުގެ 21 ވަނަ ދުވަހަށް ވަނީ ފަސް އަހަރު ފުރިފަ އެވެ. ސައުދީ ކޯލިޝަނުން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފެށީ މާޗް 2015 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ1
30 September 2019
ތަންދޮރު ނޭންގި ތިބެ މުސްލިމުންނަށް ބަދުބަސް ބުނެ މުސްލިމުންގެ އަދުއްވުންނަށް ތާއީދު ކުރެވޭ އިރުވެސް ނޭންގެ. އީރާނުގައި މިހާރު އޮތް ހަރު ކަށި ޝީޢީންނަކީ ކޮންބައެއްކަން އަހަރުމެންނަށް ނޭންގޭ. މިހާ ހިސާބަށް ޖާހިލު ވެ ތިބުމުގެ އުޒުރެއް ނެތް ހޯދާ ބަލާ ތެދު ދެނެގަންނަން ޖެހޭ
Dhaadhey
30 September 2019
ސައޫދީގައި މިހާރު އޮތް ހަރުކަށި ވައްހާބީ ނިޒާމަކީ އެގައުމުގެ ރައްޔިތުންނަށްވެސް ޖެހިފައިވާ ބޮޑު މުސީބާތަކަށް ވެއްޖެ. މާތްވެގެންވާ މައްކާއާއި ގުދުސަށް ޒަޔަނިސްޓުންނާއި އިސްލާމްދީނުގެ ޢަދުއްވުން ވެރިކުރުމުގައި ސައޫދީން ކުޅެފައިވާ ރޯލަކީ ވަރަށް ނުބައި ރޯލެއްކަން އެބައިމީހުންނަށް ތާއީދުކުރާ މީހުންނަށް ހަމަ ނޭގެނީތަ؟ މާތްﷲ މުސްލިމް އުންމަތް މުނާފިގުންގެ ކިބައިން ސަލާމަތްކުރައްވައި މުސްލިމުންނަށް ނަސްރު ދެއްވާށި. ޢާމީން
ވަހީދު
30 September 2019
އިރާނުގާ ތިބީ ހުސް ޝީޢީންނެއް ނޫން. ޝީއީންނަށްވުރެ އާލުސޫދުންގެ ސަލަފިސްޓުން މާ ނުރައްކާ. މުޅި އިސްލާ މީ ދުނިޔެ ފަސާދަކުރީ އެބައިގަނޑު. ޝީއީންނަށްވުރެ ސުންނީންދެކެ އެ މީހުން މާ ހަސަދަވެރި.
ކާލާ މަންނަ
29 September 2019
ސައުދީގެ ފީކުދާނު ރަސްކަން ނި މުން އަހަރު މެންގެ ދުޢާއަކީ..
ކޮމެންޓޭ1
30 September 2019
ސައުދީގަ ވެސް އޮންނަންވީ ބޮޑު ހަމަނުޖެހުން ގަނޑެއްދޯ. ސީރިއާ އިރާގު މިސްރު މިފަދަ ގައުމުތަކުގެ ހާލަތަށް ވައްޓާނުލެވެނީސް ކަލޭމެން ހިތްހަމަ ނުޖެހޭނެ
ބަބުރުލް ސަލީމް
29 September 2019
ހޫތީންވަރެއް ނެތް.
ޔޫލް
29 September 2019
އަނެއްކާ ތި ކޮމަންޓް ޖެހިމީހާ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކޮށްފާނެ. ކިރިޔާވެސް ރައްދުގަ ހަމަލާ ދޭ މީހަކަށް ކިރިޔާވެސް ތައުރީފްކޮށްފި މީހާގެ އަދަބަކީ 17 އަހަރު ޖަލު ހުކުމެއް ނޫން ކަމެއްވެސް ނޭނގެ
ރަދީފް
29 September 2019
ދަގަނޑު ކެނޑޭނީ ދަގަނޑުން ދޯ.ސައުދީން ކޯލިޝަން ހަދައިގެން ކޮންމެ ދުވަހަކު ޔަމަނުގެ ސްކޫލް ، ހޮސްޕިޓަލް އަދި ގެތަކަށް ބޮން އަޅައިގެން ކުށެއްނެތް އެތައް ބަޔަކު މަރާލާއިރު އެވެސް ކުޑަ ޖަރީމާއެއްނޫން.މުޅި މެދު އިރުމަތީގަ އޮތް އެންމެ ފަގީރު ގައުމު ކަމަށްވާ ޔަމަންގެ ރައްޔަތުންނަށް މުސްލިމުންގެ ބަލަދުވެރި ގައުމުކަމަށްވާ ސައުދީން ދޭ ހަމަލާތައް ކުށްވެރިކުރަން.ދެން ކޮންމެވެސް އެއްޗެއް ކިޔައިގެން އީރާނާއި ތަޅައިގަނޭ. #ޔަމަން #އިރާން #ސައުދީ
އަމާ
29 September 2019
ޔަމަނުގެ ފަސް ސަރަހައްދެއް ކޮންޓްރޯލް ކުރަނީ ފަސް ބައިގަނޑެއް. އަސްލު އެ ބައިމީހުންގެ މެދުގައި ދޭ ހަމަލާ ތަކުގައި ގިނަ ފަހަރަށް އާންމުން މަރުވަނީ. ސައުދީން ދޭ ހަމަލާތަކުގައި އާންމުން މަރުނުވެއެކޭނޫން. އެކަމަކު ތި ލެވެލްގައި މަރެއްނުވޭ.
މޮހަދާ
29 September 2019
ޚަޝޯގީ މަރާލި ފަހުން ސައުދީ އަށް ހަމަޖެހުމެއް ނާދޭ
ރަދީފް
29 September 2019
އަންނަ މަހު 02 ވަނަ ދުވަހު އަލްޖަޒީރާއިން ސައުދީ އިތުރަށް ބޭޒާރުވާނެކިތަންމެ އާ ވާހަކަތަކެއް ޙަޝޯގީގެ މަރާއިގުޅޭގޮތުން ގެނެސްދޭނެ.#
ކިންގު
30 September 2019
އާލު ތޫތުންގެ ސޯޓުބޭލިއްޖެ.