އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކުރީގެ ކޮމާންޑަރު މުހްސިން ރިޒާއީ. --ފޮޓޯ:އޭއެފްޕީ
06 ޖެނުއަރީ 2020 - 15:41
ތެހެރާން (ޖެނުއަރީ 6) - އެމެރިކާ އިން އީރާނަށް ހަމަލާދީފި ނަމަ އިޒްރޭލުގެ ސިޓީތައް ކަމަށްވާ ހައިފާ އާއި ތެލް އަވީވް ހިރަފުހަށް ހަދާލާނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ ކުރީގެ ވެރިޔާ މުހްސިން ރިޒާއީ އިންޒާރު ދެއްވައިފި އެވެ.
"އީރާނުން ދޭ ރައްދަކާ ގުޅިގެން އެމެރިކާ އިން ހަމަލާދީފި ނަމަ އިޒްރޭލުގެ ސިޓީތައް ކަމަށްވާ ތެލް އަވީވް އާއި ހައިފާ ހިރަފުހަށް ހަދާލާނަން،" އީރާނު ސަރުކާރުގެ މުއައްސަސާއެއް ކަމަށްވާ އެކްސްޕީޑިއެންސީ ކައުންސިލް މިހާރު ޗެއާ ކުރައްވާ ރިޒާއީ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އީރާނުން ހަމަލާއެއް ދީފި ނަމަ އެ ގައުމުގެ 52 ތަނަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ.
"ޓްރަމްޕް، މަނިކުފާން ޓްވީޓް ކުރެއްވީ އީރާނުގެ 52 ތަނަކަށް ހަމަލާ ދޭނެ ކަމަށް. އީރާނުން ރައްދު ދީފި ނަމަ ހަމަލާ ދޭނެ ކަމަށް މަނިކުފާން ވަނީ ވިދާޅުވެފައި. ޔަގީން ކުރައްވާ! އެފަދަ ކަމެއް ކުރައްވައިފި ނަމަ އިޒްރޭލުގެ ތެލް އަވީވް އާއި ހައިފާ ހިރަފުހަށް ހަދާލައި، ދުނިޔެ އިން އިޒްރޭލް ފޮހެލާލަން،" ރިޒާއީގެ އިންޒާރުގައި ވިދާޅުވެފައިވެ އެވެ.
އީރާނުން ހަމަލާދޭ 52 ތަނުގެ ތެރޭގައި އީރާނުގެ އާސާރީ ތަންތަން ވެސް ހިމެނޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕަށް ރައްދު ދެއްވައި އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ އާސާރީ ތަންތަނަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ ކުށެއް ކަމަށެވެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ އެމެރިކާގެ ކިބައިން ހަރުކަށި ބަދަލެއް ހިފާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާ އިން ޑްރޯން ހަމަލާދީ، ގުދުސް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަކޮށްލީ ޓްރަމްޕުގެ އަމުރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޝަނަ
08 January 2020
3 ވަނަ ބޮޑު ހަނގުރާމަ އަކަށް ތައްޔާރު ވަނީ. އަރަބި ބަހުން ބުނާ ނަމަ "މަލްހަމާ" ގެ ވަގުތު ޖެހެނީ. ތިއީ އިޒްރޭލު ދުނިޔޭގެ ބޮޑު ބާރަށް ވުމަށް ކޮށާލެވޭ މަގެއް. ދައްޖާލުގެ 1 ދުވަސް މަހެއްގެ ގޮތުގައި ގުނާ ދުވަސްތައް ނިމި، 1 ދުވަސް ހަފްތާއެއްގެ ގޮތުގައި ގުނަން ފަށަން ކައިރިވީ. އެދުވަސްތައް ފެށޭނީ އިޒްރޭލުގެ ޔަހޫދީން ދުނިޔޭގެ ވެރިކަމަށް އައިސްގެން. ޓްރަމްޕް ދައުރު ހަމަވުމުގެ ކުރިން މަރު ވާނެ ހެން ހާދަ ހީވެޔޭ. އޭނަގެ ޖަނާޒާގެ ފޮޓޯއެއް ކުރިން ހަދާފަ އިނީ.
ރީތި މޫސަ
08 January 2020
އީރާނަކީ ދުނިޔޭގެ ބާރުތަކުގެ މިންވަރު ދިރާސާކުރާފަރާތްތަކުން ބުނާގޮތުންނަމަ އެމެރިކާ އަޅިޔަށް ހަދާލެވެފަދަ އަދި އެމެރިކާ ވަރަށް ހާލުގަޖައްސާލެވޭފަދަ ބާރުގަދަ ގައުމެއްކަމަށް އަދި އޭގެއިތުރުން ހޮރުމޯޒް ކަނޑުއޮޅިގެ ބާރުވެސްއޮތީ އީރާނުގެ އަތްމަތީގަކަމަށްވާތީ މިފަހަރު މިކަމުގެ ބަދަލު ކޮންމެސްއެއްގޮތަކުން އީރާނު ހިފާނެކަމަށް
ރަނގަބިލު
08 January 2020
މިދުނިޔޭގަ މިވަގުތު އެމެރިކާ އާއި ކުޅެވޭނެ ގައުމެއް ނެތް.އެމެރިކާ ޑޮލަރު ދުނިޔޭގަ އިންޓަނޭސަނަލް ކަރަންސީ އަކަށަ ބޭނުންކުރާހާ ހިނދަކު މިކަންދާނީ މިހެން.
ދޮންމަނިކު
07 January 2020
ސައްދާމުވެސް ތިހެންބުނި އާހިރުގަ ކަންވެނި މުނީ ކިހިނެް؟ މުސްލި މުއުއްމަތައް ނަސްރު ދެއްވާށި އާ މީން
ރަށުމީހާ
07 January 2020
އިރާންގެ ބާރު ދުނިޔޭގެ އެއްވެސް ބަޔަކައް ނޭގޭނެ. ހަމަލާދީބަލަ. އޭރުން ވާގޮތް އެގޭނީ.
މަނިކުފާނު
07 January 2020
އެ ބޭޅާ ވިދާޅުވީ “މަނިކުފާނު” އޭ ތޯ؟؟
އަޙުމަދު.
07 January 2020
ތިކަހަލަ ހޮޅިވާހަކަ ނުދައްކާށެވެ. އެމެރިކާ އާއީ އަޅާކިޔާއިރު ހަތިޔާރުގެ ތިލަފަތުގައި އަދި އީރާނަކީ ހަމަ ސުމެކެވެ.
އަފްރާހް
07 January 2020
ނަސްރު ލިބެނީ ހަތިޔާރާ، މީހުންގެ އަދަދު ގިނަވެގެން ކަމަށް ގަބޫލުކުރައްވަނީތޯ. އިސްލާމުންގެ ހިސްޓްރީއަށް ބައްލަވާ ލައްވާ އޭރައް އެނގޭނެ މަދު ބަޔަކު ތިއްބަސް ހަތިޔާރު މަދަސް ކުޅަދުންވަންތަ ކަލާންގެ ނަސްރު ދެއްވާފައި ވާކަން
ރަގޭ
08 January 2020
ބައްލަވާ އަފްރާހް އިރާނަކި ޝިޔަޢީ ދައުލަތެއް! އެމީހުން ކާފަރުންނަށް ވުރެ ވަކި ރަނގަޅުތޯ ؟
ކުންމިން
07 January 2020
ތިގޮތަށް އިންޒާރުދީ ކަންކަން ކުރެވޭނީ ވަގުތުޖެހެންދެންކަން ދަނެތިބެ އެމެރިކާއާއި އިސްރާއީލުން މިއުޅެނީ ކިހިނެތްހަދަންކަމަށްބާވައެވެ؟ މިމީހުން ނަޙައްޤުން ކަންކަންކުރިނަމަވެސް އެކަންކަން ޙައްޤަށްވާން އެބަޖެހެއެވެ. މުޅިދުނިޔެ އެކުވެ، މިދެބައިމީހުން ހަމަމަގަށް ތިރިކުރަންވެއްޖެއެވެ! މުޅިދުނިޔެ މަސައްކަތްކުރަންމިޖެހެނީ މިދެބައިމީހުންނަށްޓަކައެވެ.
މޯޑޭ
07 January 2020
އެމެރިކާވެސް އަދި އިޒްރޭލްވެސް ސައިޒްކުރަށްވީ. އެމެރިކާ އުޅެނި އެމީހުންވަރުބަޔަކު ނެތިގެން. އެމީހުން ބޭނުންވީމަ ބޭނުން ގައުމަކަށް ނޫނީ ބޭނުން މީހަކަށް ހަމާދީފަ މަރާލަށްވީ. އެހެންބަޔަކު ކޮށްފިޔާ ޓެރަރިސްޓުންނޭ ކިޔާ އެބަޔަކު އެމެރިކާ އިސްވެއޮވެ ފުޑާލަނި. އަޅުގެ އަބަދުވެސް ދުއާއަކީ އެމެރިކާގެ ބާރު ދުނިޔެއިން ނެތިގެން ދާނެ ދުވަހެއް ދަށްކަވަތޯ. އިންސާ ﷲ.
ނިއްޓު
07 January 2020
ޔަހޫދީ ޒަޔަނިސްޓް ޣައިރު ގާނޫނީ ދައުލަތް ނެތިގެން ދިއުމަކީ ހަމައެކަނި މުސްލިމުންގެ އެދުމެއްނޫން. އެއީ މުޅި ދުނިޔޭގެވެސް އެންމެބޮޑު އެދުން. ޔަހޫދީ ދައުލަތަކީ މުޅި ދުނިޔެއަށް ޖެހިފައިވާ ބަލާވެރިކަމެއް. އެކަމަކު ހަމައެކަނި އީރާނަށް އެކަން ކުރެވޭނެބާ؟ އިރާގާ ލެބަނަން ފިޔަވާ އިޒްރޭލު ވަށައިގެން ދެންތިބި ގައުމުތައް ތިބީ ހަނު. ސީރިއާ އޮތީ ހިރިނުލެވިފަ.
ޑިމޮކްރަސީ
06 January 2020
ޢިޒްރޭލް ދުނިޔޭގެ ޗާޓުން ފޮހެލަދީ
ލަލް
27 January 2020
ލޮލް ޗާޓު މަތީ ޕެޗެއް އަޅަން ޖެހޭނީ