ވެއްޓުނު ޔުކްރޭނު ބޯޓުގެ ބައެއް ރެސްކިއު ޓީމުގެ މެންބަރަކު ގެންދަނީ. --ފޮޓޯ:އޭއެފްޕީ
08 ޖެނުއަރީ 2020 - 19:07
ތެހެރާން (ޖެނުއަރީ 8) - ވެއްޓުނު ޔޫކްރޭން އެއާލައިންސްގެ ބޯއިން 737 ގެ ބޯޓުގެ ކަޅުފޮށި ތަހުގީގު ކުރަން އެމެރިކާއާ ހަވާލު ނުކުރާނެ ކަމަށް އީރާނުން ބުނެފި އެވެ.
"ބޯޓު އުފެއްދި ކުންފުނި (ބޯއިން) އަށް ނުވަތަ އެމެރިކާ އަށް ކަޅުފޮށި ހަވާލެއް ނުކުރާނަން،" އީރާން ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ ވެރިޔާ އަލީ އާބިދުޒާދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުގީގަށް ކަޅުފޮށި ފޮނުވާނީ ކޮން ގައުމަކަށް ކަމެއް އަދި ނޭނގޭ ކަމަށެވެ.
ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓު މިއަދު ވެއްޓުނީ ތެހެރާނުގެ އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ބޯޓު ވެއްޓުނު ހާދިސާގައި ބޯޓުން ދަތުރުކުރި 176 މީހުން ވަނީ މަރުވެފަ އެވެ.
ޔުކްރޭނު ބޯޓު ވެއްޓުނު ތަކުގައިރެސްކިއު ޓީމުގެ މެންބަރުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
އާބިދުޒާދާ ވިދާޅުވީ ބައިނަލްއަގުވާމީ އޭވިއޭޝަން ގާނޫނުތައް އޮންނަ ގޮތުން ތަހުގީގު ހިންގަން ޖެހޭނީ ބޯޓު ވެއްޓުނު ގައުމަކުން ކަމަށެވެ.
"ބޯޓު ވެއްޓުނީ އީރާނަށް. އެހެންވެ އެ އެކްސިޑެންޓް ތަހުގީގު ކުރަން ޖެހޭނީ އީރާނުގެ އޭވިއޭޝަން އޮގަނައިޒޭޝަނުން. އެކަމަކު ތަހުގީގުގައި ޔޫކްރޭނަށް ބައިވެރިވެވިދާނެ،" އޭނާ ވިދާޅުވި އެވެ.
އޭވިއޭޝަން ތަޖުރިބާކާރުން ބުނަނީ ކަޅުފޮށި ތަހުގީގު ކުރުމުގެ ގާބިލްކަން ލިބިގެން ވަނީ އިނގިރޭސި ވިލާތް، ފްރާންސް، ޖަރުމަން އަދި އެމެރިކާ ފިޔަވައި މަދު ގައުމަކަށް ކަމަށެވެ.
މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާތައް ތަހުގީގު ކުރާ ފްރާންސްގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން ބުނެފައި ވަނީ ޔޫކްރޭނުގެ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމާ ގުޅޭ ގޮތުން އީރާނުން އެހީއަކަށް އެދިފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
09 January 2020
ހަވާލުކުރާނެ ކަމެއްނެތް. ތި ހަވާލުކުރިއަސް ނުކުރިއަސް ޓްރަމްޕް ބުނާނެ އިރާނުގެ މިސައިލް ހަމަލާއެއްގައޭ ބޯޓް ވެއްޓުނީ
ނޫޅެން
09 January 2020
ބަރާބަރު
ޕޫނަމް
08 January 2020
އިރާނުން ބޯޓު އުފައްދަންވީނު. ހަހަހަހަ. ހުރިހާއެއްޗެއް އުފައްދަން ޖެހެނީ އިޒްރޭލާ އެމެރިކާއިން. ބޭނުންކޮށް ފާޑުކިޔަން މެދުއިރުމަތީ މީހުންތިބެނީ. ހަހަހަހަ
ޙަބީބު
09 January 2020
އީރާނުން ބޯޓުވެސް އުފައްދާނެ ދަތިކުރު ރު މުގެ ފިޔަވަޅު މިހާރު އުވާލިޔަސް އެ މީހުންނައް ބި މުން ނަގާތެޔޮކޮޅުވިއްކާނުލެވޭ އެ މެރިކާނުންގެ ބަލާ މުސީބާތާހެދި ސައިސްވެރިން މަރަނީ ޓެރެރިސްޓުންގެ ނަ މުގަ ބޮލައް އަގު ކަނޑައަޅައިގެން ތިޔައީ މުސްލިމެއްބާ މިޒާތުގެ ވާހަކަ ދައްކަން
އެމްއެމްއައި
09 January 2020
އެންމެން ހުރިހާ އެއްޗެއް އުފައްދާކަށް ނުޖެހޭ. ބަޔަކު ވަކި އެއްޗެއް ނުއުފެއްދުމަކީ އެ އުފައްދާ ބަޔަކަށް ވުރެ ނުއުފައްދާ ބަޔަކު އޭގެ ޒާތުން ދެރަ ނިކަމެތި ބަޔަކު ކަމަށް ދަލީލުކުރާ ކަމެއް ނޫން. މާތް ﷲ ވިޔަފާރި ހުއްދަ ކުރެއްވި. މުސްލިމުންނަށް މުސްލިމު ނޫން މީހުން އަތުން އަދި މުސްލިމު ނޫން މީހުންނަށް މުސްލިމުން އަތުން ގަނެ ވިއްކުންވެސް އޭގެ ދަށުން ހުއްދަ. އެހެންވީމާ، ގަނެފައިވާ މުދަލުގައި މައްސަލައެއް ޖެހިއްޖެ ނަމަ، އެ މުދަލެއް ގަތް މީހުންނަށް 1/2
އެމްއެމްއައި
09 January 2020
ހައްގު އެބައޮތް އެމުދަލެއް ވިއްކި މީހުންނަށް ފާޑު ކިޔުމުގެ. ތިބާގެ ކޮމެންޓުން އެނގެނީ ތިބާއީ ދުނިޔޭގެ އާއްޖުފާއްޖު ނޭނގޭ ޖާހިލެއްކަން.
ވަހީދު
08 January 2020
އެހެން ގައުމުތަކުން އެކަން ކުރަން ދަސްކުރަން ވެއްޖެއެއްނު. ޢިލްމަކީ ވަކި ބަޔަކަށް އޮންނަ އެއްޗެއް ނޫން.
ކައްމަތިން
08 January 2020
އެމީހުންވެސް ފުރަތަމަ ދަސްކުރީ
ފަސް މީރު
08 January 2020
ރަނގަޅު ހަވާލުކުރާނެކަ މެއްނެތް..ހަވާލުކޮށްގެން ރިޕޯޓް ނެރޭނީ އެ މެރިކާ ބޭނުންވާގޮތައް..އިރާނުން ބަލާފަ ހުރިއެއްޗެއް ރެކޯޑްކޮށްފަ ދެން ދީ..