ޔުކްރެއިންގެ ބޯޓު ފުނޑުފުނޑުވެފައި: ބޯޓުން ދަތުރުކުރި އެންމެން މި ހާދިސާގައި މަރުވި
11 ޖެނުއަރީ 2020 - 09:24
ޔުކްރެއިންގެ މަތިންދާބޯޓު ވެއްޓުނީ މިސައިލްގެ ހަމަލާއަކުން ކަމަށް އީރާނުން މިއަދު އެއްބަސްވެއްޖެ އެވެ.
އެކަމަކު ގައުމީ ޓީވީން އާންމުކުރި އީރާންގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނީ އެއީ "އޮޅުމަކުން" ވީ ކަމެއް ކަމަށެވެ.
ބަޔާނުގައި ބުނި ގޮތުގައި ޒިންމާ އުފުލަން ޖެހޭ މީހުންނާ މެދު ފިޔަވަޅުއަޅާނެ އެވެ.
އިރާގުގައި އެމެރިކާގެ ސިފައިން ތިބޭ ވައިގެ ދެ މަރުކަޒަކަށް މިސައިލްގެ ހަމަލާތަކެއް އީރާނުން ފޮނުވާލިތާ އިރުކޮޅެއް ފަހުން، ތެހެރާން އެއާޕޯޓުން ނައްޓާލި ޔުކްރެއިން އެއާލައިންސްގެ ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް އީރާނުން ފުރަތަމަ ބުންޏެވެ. އެކަމަކު ފަހުން ވަނީ ބޯޓަށް މިސައިލެއް އަރާތަނުގެ ވީޑިއޯއެއް، ހުޅަނގުގެ މީޑިއާތަކުން އާންމުކޮށްފަ އެވެ.
މި ހާދިސާގައި 176 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ގިނައީ އީރާނާއި ޔުކްރެއިންގެ ރައްޔިތުންނެވެ.
އެމެރިކާގެ މީޑިއާ އިން ބުނާ ގޮތުގައި ޔުކްރެއިންގެ މަތިންދާބޯޓަށް އީރާނުން ހަމަލާދިނީ، ބަދަލުހިފުމުގެ ހަމަލާތަކެއް ދޭން ދަތުރުކުރި އެމެރިކާގެ މަތިންދާބޯޓެއް ކަމަށް ހީކޮށެވެ. އެކަމަކު އީރާނުގެ މިސައިކަލް ހަމަލާތަކާ ގުޅިގެން އެމެރިކާ އިން ރައްދުގައި އެއްވެސް ހަމަލާއެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔަ
11 January 2020
ތިޔަ ކަމުގަ ޕޕމ ނުވަތަ އަދުރޭގެ ބަހެައް ލިބުނީމަ އިނގޭނީ..
މޯދީގެ ކާފަ
11 January 2020
ޑިފެންސް ސިސްޓަމަށްވަދެ އޮޅުވާލީ މޮސާދުން! ބޭނުމަކީ އިތުރަށް އީރާނު ދެރަވަރުކުރުން މެންޓަލީ! އެހެންނޫނީ ކޮމާޝަލް ބޯޓްތައް އަމިއްލަ ގައުމުގެ އެއަރޕޯޓުން ނަށްޓާލާއިރު ނޭގެންވީ ސަބަބެއްނެތް ކިތައްމެ އެލާޓުގަ އޮތަސް! ޕާކިސްތާނުހެދިހެން ސިވިލް ފްލައިޓްތައް ހުއްޓާލިނަމަ ނިމުނީނޫން!
ކާފަގެދަރި
11 January 2020
ދަަރިންނޭ ވަގުތުން ޖަވާބު ދިނުމަކީ ރާއްޖޭގެ ހަމަނުޖެހުން
ގުރައިޝާ
11 January 2020
މުސްލިމުންގެ މަންމަ އައިޝަތު ރއ އަށާއި ޚަލީފާ އަބޫބަކުރު ރއ އާއި އުމަރު ރއ އަަށް ހުތުރުބަސް ބުނާ މީހުންނަކީ މުސްލިމުންނެއް ނޫނެވެ. އެފަދަ މީހުންނަށް ﷲގެ ހަލާކާއި ލައުނަތް ހުއްޓެވެ.
ރޯނުއެދުރު ގުރޭ
11 January 2020
ކޭ ތިހިރީ ބްރެއިންވޮޝް ކޮއްފަ. އިރާނުގެ ރައްޔިތުންނަކީ ވަރައް ހެޔޮ ބައެއް. މުސްލިމަަކާ ދިމާލައް ކާފަރަކޭ ގޮވާނީ ދީން އެއްވެސް ވަރަކަށް ނޭގޭ މުނާފިގުން
ޙުއްތު
11 January 2020
ހިތް ހެޔޮމީހުންތަ ސަހާބީން ކާފަރުންނަށް ހަދަނީ؟
މުރާދީ
11 January 2020
ނިކަން ބަލާށެވެ. ކުށެެއް ނެތް ޢާއްމު ރައްޔިތުންގެ ބަޔަކު މަރާލީ އެވެ. ހޭބަލި ވެފައި ތިބެގެން ނެވެ.
ހަމަ ބުއްދި
11 January 2020
ވީމާ ގޯލް ޖެހުނީ ބައި ކޮޅަށް ތާއެވެ؟ގަދަ ބަސް ބުންޏަސް ހާސް ވުމުން މިހެން ވެސް ވާނެއެވެ.
ކޮސްގޮވާ
11 January 2020
ކޮއްމެސް ނުބައިކަމެއް އެބަހިގާ. މިކަމުގައި ވެސްޓަރން އެލައިޑްފޯސަސަސް އިން ބަހެއް ނުބުނެ ތިބެނީ ކޮއްމެވެސް ކަމެއް ފޮރުވަން.
ބޯގަޅިމުހައްމަދުކަލޭފާނު
11 January 2020
"އިރާނުން ދިވެހިންގެ ހިތްތައް ހަލާކުކޮށްލައިފި" މިހެން ސުރުހީގައިޖެހިނަމަ ވަރަށް ރީތިވީސް.
އިޤާބު
11 January 2020
އެއްވެސް ބަޔަކަށް އުފަލެއް ނޯންނާނެ، ޙައްޤަކާ ނުލައި ބަދަލު ހިފަން އުޅެގެން. އެކަމަކު ދިފާޢުގައި ކަންކަންކުރަން އުޅޭއިރު ތިޔަފަދަ ގޯސް ހެދިދާނެ. އެއީ ބަލަންވާވަރަށް ނުބަލައި އުޅެން ހަދައިގެން. ބޮޑަށް ހީވަނީ އީރާނުގެ މިސައިލް ގޭގައި އެމެރިކާއިން ގަނެފައިތިބި ބަޔަކު އުޅެ އެމީހުން ދިން ލަނޑެއްހެން. ތިޔައިގެ އަޑި ޖެހޭނީ ހާވައި ބަލަން.
ހަސަނު
11 January 2020
އަބަދުވެސް އީރާނު ހަދާގޮތަށް ކާފަރުން އަށް މުސްލިމުން މެރީމާ މިމީހުން މިމަރާލީ އިތުރު ސަތޭކައެތަށް މުސްލިމުންނެވެ. އަމިއްލަ މީހުން މަރާފައި ދެންމިގޮވަނީ ހަތްދިހަ އެމެރިކާ ސިފައިން މެރީމެވެ. މި ރާފިދީންނަށް ވުރެން ބޮޑަށް ދޮގު ހަދާ ބަޔަކު ނުތިބޭނެއެވެ.
ކިއްލިބާޝާ
11 January 2020
ކުޅޭކުޅޭ މިސައިލު އަރަނީ ރަށުކުދިން ގަޔަށްށާ އާއްމުންގެ ގަޔަށާ ހަނަފަސް ސަހަރާތަކަށް. ދެންވެސް އިތުރަށް ފަޟީހަތްނުވަނީސް ތިކަން ހުންޓަންއުޅޭ. ނަސީބެއް އެމެރިކަައިން ރައްދަށްބުދިންކަން.