ވޫހާންގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
26 ޖެނުއަރީ 2020 - 16:32
ވުހާން (ޖެނުއަރީ 26) - ކޮރޯނާވައިރަސް ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަ ދުވަސް ތެރޭ 1،000 އެނދުގެ ހޮސްޕިޓަލެއް ވޫހާން ސިޓީގައި ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އެގާރަ މިލިއަން މީހުންގެ އާބާދީއެއް އޮތް ވޫހާން އަކީ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ސިޓީ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުން އެ ސިޓީގެ ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. ފާމަސީތަކުން ދަނީ ބޭސް ހުސްވަމުންނެވެ.
ހޮސްޕިޓަލް އިމާރާތް ކުރުމަށަޓަކައި ގާތްގަނޑަކަށް 25،000 އަކަ މީޓަރު (269،000 އަކަ ފޫޓު) ގެ ސަރަހައްދެއް ކޮނުމުގެ މަސައްކަތް ކުރާ މަންޒަރު ޗައިނާގެ ރަސްމީ މީޑިއާ އިން ދައްކާފައިވެ އެވެ.
ސާސް ރޯގާ އެންމެ ވަރުގަދައެއް ފެތުރުނު ދުވަސްވަރު ވެރިރަށް ބެއިޖިންގައި 2003 ވަނަ އަހަރު ވެސް ވަނީ މީގެ ހޮސްޕިޓަލެއް ކުރު މުއްދަތެއްގައި އިމާރާތްކޮށްފަ އެވެ.
ޗައިނާ އަކީ އަވަހަށް އިމާރާތްތައް ހެދުމުގެ ރެކޯޑް އޮންނަ ގައުމެކެވެ. ބެއިޖިންގައި 2003 ވަނަ އަހަރު ވަނީ ހަތް ދުވަހުން ހޮސްޕިޓަލެއް ހަދާ ނިންމާލައިފަ އެވެ. އެއީ އެންމެ އަވަހަށް ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ރެކޯޑެވެ. އެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ވަނީ 4،000 މީހުން ރެއާއި ދުވާލު މަސައްކަތް ކޮށްފަ އެވެ. ވޫހާން ސިޓީގެ ކޮންސްޓްރަކްޝަން ޓީމުން މިހާރު އެ ދަނީ އެ ރެކޯޑް މުގުރާލުމަށް މަސައްކަތް ކުރަމުންނެވެ. ވޫހާންގައި ހަދަނީ ޕްރިފެބްރިކޭޓް އިމާރާތެކެވެ.
ވޫހާންގައި ހޮސްޕިޓަލް އިމާރާތް ކުރުމަށްޓަކައި ޗައިނާގެ އެކި ހިސާބުތަކުން ވަނީ އިންޖިނޭރުން ގެންގޮސްފަ އެވެ. ގްލޯބަލް ޓައިމްސް އިން ބުނި ގޮތުގައި ޕީޕަލްސް ލިބަރޭޝަން އާމީގެ 150 މެޑިކަލް އޮފިސަރުން ވަނީ ވޫހާން އަށް ގެންގޮސްފަ އެވެ. ނަމަވެސް އެއީ ހޮސްޕިޓަލް އިމާރާތް ކުރަން ގެންދިޔަ މީހުން ކަމެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން.
26 January 2020
"ގްލޯބަލް ޓައިމްސް އިން ބުނި ގޮތުގައި ޕީޕަލްސް ލިބަރޭޝަން އާމީގެ 150 މެޑިކަލް އޮފިސަރުން ވަނީ ވޫހާން އަށް ގެންގޮސްފަ އެވެ. ނަމަވެސް އެއީ ހޮސްޕިޓަލް އިމާރާތް ކުރަން ގެންދިޔަ މީހުން ކަމެއް ނޭނގެ އެވެ." މެޑިކަލް އޮފިސަރުން އެއީ ހޮސްޕިޓަލް އިމާރާތް ކުރާ ބައެއްތަ؟
ހަމަ ހަމަ
26 January 2020
އިންޑިއާ އިން ތިވަރު ތަނެއް 24 ގަޑި އިރު ހަދާނެއެވެ. ބޭނުން ކުރާނީ 4000 ގެރި އެވެ.
ނިރު
26 January 2020
ވަރަށް ފުރިހަމަ
ހަސީނާ
26 January 2020
ހަމަ ޗައިނާއޭ ބުނާއިރަށް އިންޑިޔާ ގެ ނަން ގެންނަންޖެހޭތަ. ޒާތީ ވިޔަސް ބޮޑުވަރު
ކޮން ކްރީޓް ތަރައްޤީ
26 January 2020
އިންޑިއާ އަށް އިހާނާތް ތެރި ބަހެއް ބުނެފިއްޔާ ރޮވޭ ކުދިން އެބަ އުޅެއެވެ.މިއީ ބޮޑުވަރު ދޯ