އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ. --ފޮޓޯ:އޭއެފްޕީ
10 ފެބުރުއަރީ 2020 - 11:37
ވޮޝިންޓަން (ފެބްރުއަރީ 9) - ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމަށް ޗައިނާ އާއި އެހެން ގައުމުތަކަށް 100 މިލިއަން ޑޮލަރު ދޭން އެމެރިކާ އިން ނިންމައިފި އެވެ.
ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ވައިރަހުގެ ނުރައްކާ ކުޑަ ކުރުމުގެ ގޮތުން އެހެން ގައުމުތަކުން ވެސް އެފަދަ އެހީތައް ވެދިނުމަށް އެމެރިކާ އިން ހިތްވަރު ދޭ ކަމަށެވެ. އިންސާނީ ހައްގުތައް ފަދަ މައްސަލަތަކުގައި ޗައިނާ އަށް އަބަދުވެސް ފާޑުވިދާޅުވާ ޕޮމްޕެއޯ ވިދާޅުވީ އެމެރިކާގެ އެހީ ދޭނީ ސީދާ ޗައިނާ އަށް ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް ކަމަށެވެ. އަދި އެމެރިކާ އިން މިހާތަނަށް ވަނީ 17.8 ޓަނުގެ މެޑިކަލް ސާމާނު ޗައިނާ އަށް ފޮނުވާފައި ކަމަށް ވިދާޅުވި އެވެ.
އެމެރިކާ އިން އެހީދޭން ނިންމިއިރު ޗައިނާ އިން ވަނީ އެމެރިކާ އިން މަސައްކަތް ކުރަނީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން ބިރުވެރިކަން އުފައްދަން ކަމަށް ބުނެފަ އެވެ. އެކަމަކު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިރަހާ ގުޅިގެން ޗައިނާ އިން ކަންތައް ކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ހުކުރު ދުވަހު ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާނު
11 February 2020
ތީ މަލާމާތެއް ދޯ! ހަހަހަަހަ
އޯ ގަދަ!
10 February 2020
ފިރު މާލާފަ ކަނާތުން، ތިޖެހީ މޫނުގަ ވައަތުން
ކަރީމުއްދީން ބާޝާ
10 February 2020
މީތި ސަޅި. ވާދައިގެތެރޭގައިވެސް އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަކީ އިންސާނީ ރީތި އާދައެއް.