ޗައިނާގެ އިރުއުތުރުގެ ލިއާއޮނިން ޕްރޮވިންސްގެ ލެބޯޓްރީއެއްގައި ޓެކްނީޝަނުން ސާމްޕަލް ޓެސްޓް ކުރަނީ: ހުބެއި ޕްރޮވިންސްގެ ސީނިއާ އޮފިޝަލުން ވަނީ މަގާމުތަކުން ދުރުކޮށްފައި. --ފޮޓޯ:އޭއެފްޕީ
13 ފެބުރުއަރީ 2020 - 11:49
ވޫހާން (ފެބްރުއަރީ 13) - ޗައިނާގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސާއި އެ ޕްރޮވިންސްގެ ވެރިރަށް ވޫހާން ސިޓީގެ ސިޔާސީ ވެރިން މަގާމުތަކުން މިއަދު ވަކިކޮށްފި އެވެ.
މީގެ ކުރިން ވަނީ ހުބެއިގެ އެންމެ ސީނިއާ ދެ ހެލްތު އޮފިޝަލުން މަގާމުން ދުރުކޮށްފަ އެވެ.
ހުބެއިގެ ޕާޓީގެ ސެކްރެޓަރީ ޖިއާން ޗައޮލިއާންގް ވަކިކުރުމަށް ފަހު އެ މަގާމަށް ވަނީ ޝަންހާއީގެ މޭޔަރު ޔިންގް ޔޮން ހަމަޖައްސައިފަ އެވެ. ވޫހާންގެ ޕާޓީގެ ސެކްރެޓަރީ މާ ގުއޮޑިއާން މަގާމުން ދުރުކޮށް، އެ މަގާމަށް ވަނީ ޝަންޑޮންގެ އޮފިޝަލަކު ހަމަޖައްސައިފަ އެވެ.
ހުބެއި ޕްރޮވިންސްގެ ސީނިއާ އޮފިޝަލުންތަކެއް މަގާމުން ދުރުކުރި އިރު އެ ޕްރޮވިންސްގައި ބަލިޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަނީ އިތުރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ ވައިރަސް ހުރި 14،840 މީހުން އަލަށް ފެނިފަ އެވެ. އަދި 242 މީހުން ވަނީ މަރުވެފަ އެވެ. ބަލި މީހުން ޑައިގްނޯޒް ކުރަން އަލަށް ފެށި ނިޒާމުގެ ދަށުން ލެބޯޓްރީ ޓެސްޓްތަކުގެ ބަދަލުގައި މިހާރު ވަނީ ފުއްޕާމޭގެ ސީޓީ ސްކޭން ހަދަން ފަށައިފަ އެވެ.
ރޯގާ ކޮންޓްރޯލްކުރުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް ކުރިން މަގާމުން ދުރުކޮށްފައި ވަނީ ހުބެއި ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޒަންގް ޖިން އާއި އެ ކޮމިޝަނުގެ ޑިރެކްޓަ ޖެނެރަލް ލިއު ޔިންގްޒީ އެވެ. އަދި ރެޑް ކްރޮސްގެ ޑެޕިއުޓީ ޑިރެކްޓަރު ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ވޫހާން އަށް ފަހު ރޯގާ ދެން އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގެ ހުއާންގަން ސިޓީގެ ހެލްތު ކޮމިޝަނުގެ ވެރިޔާ ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ކޮރޯނާވައިރަހުގައި ފިޔަވަޅު އެޅުމުގައި ހުބެއި ޕްރޮވިންސްގެ ވެރިން އެޅި ފިޔަވަޅުތަކާ މެދު ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ޚާއްސަކޮށް ވައިރަހުގެ ސަމާލުކަން އެންމެ ފުރަތަމަ ގެނައި ޑޮކްޓަރު މަރުވުމާ ގުޅިގެން އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޑޮކްޓަރަށް ފަރުވާ ދިނުމުގައި އިހުމާލެއްވެފައިވޭތޯ ބެލުމަށް ޚާއްސަ ޓީމެއް ވޫހާން އަށް ވަނީ ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަވު
13 February 2020
ޗައިނާ ނަރުހެއްގެ ރިޕޯޓަކައް ކުއްޖަކު ދާދި މިދާކައްދުވަހު ކޮމެންޓުކޮއްފަ އިން ރާއްޖޭގެ ސިޔާސީކަމާ އުޅުވާކިޔާފަ. އެކޮމެންޓައް ރިޕްލައި ކޮއްފަ އިންނާނެ އަޅުގަޑު. ދުނިޔާގެ ހަގީގަތަކީމީ ސިޔާސީ ކަމަކުންނޫންގޮތަކައް ދައުލަތެއްގާކަމެއް ތަންފީޒް ވެގެންނުދާނެ. ކިތަންމެ ހިތްހަމަނުޖެހުނަސް ހަގީގަތައް ފަސްނޭޅޭނެ.
ސަރުދާރު
13 February 2020
ކިތަންމެ ބަޔަކު ވަކިކުރިއަސް ތިއަކަމެއް ހައްލެއް ނުވާނެ. ތިއީ ޗައިނާގެ އިގްތިސާދު ފުނޑާލަން އެމެރިކާއިން ދޫކުރި ވައިރަހެއް. އެމެރިކާގެ ލެބޯޓުރީތަކުގަ ހުރިހާ ބާވަތެއްގެ ބައިލޮޖިކަލް ޖަރާސިމެއްވަނީ ރައްކާކޮށްފަ.