ޗައިނާގައި ވައިރަސް ފެތުރޭތީ ރައްކާތެރިވެގެން: ކަންބޮޑުވާން ނުޖެހޭ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނޭ. --ފޮޓޯ:އޭއެފްޕީ
14 ފެބުރުއަރީ 2020 - 12:20
ޖެނީވާ (ފެބްރުއަރީ 14) - ހުބެއި ޕްރޮވިންސްގައި ކޮވިޑް-19 ވައިރަސް އެރި މީހުން މިދިޔަ ބުދަ ދުވަހު ކުއްލިއަކަށް ވަރަށް ބޮޑުތަން މައްޗަށް ދިޔަ ނަމަވެސް ޗައިނާ އިން ބޭރުން އެ ރޯގާ ކަންބޮޑުވާން ޖެހޭ މިންވްރަށް މައްޗަށް ނުދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ޗައިނާ ފިޔަވައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެނީ ޖަޕާނުގައި ބަނދަރުކޮށްފައިވާ ޑައިމަންޑް ޕްރިންސަސް ކްރޫޒް ލައިނާ އިންނެވެ. ވައިރަސް އަލަށް ފެނުނު 44 މީހުންނާ އެކު އެ ކްރޫޒް ލައިނާ އިން ރޯގާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 218 އަށް އަރައިފަ އެވެ. ކްރޫޒް ލައިނާގައި ތިބީ 3،700 މީހުންނެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ކޮވިޑް-19 ވައިރަސް ފެތުރާ މިންވަރާއި މަރުވާ ރޭޓު މާބޮޑަށް މައްޗަށް ޖެހެމުން ނުދާ ކަމަށެވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ހުބެއި ޕްރޮވިންސް އިން އިއްޔެ މަރުވެފައި ވަނީ 116 މީހުންނެވެ. އަލަށް ފެނިފައި ވަނީ 4،823 ކޭސް އެވެ. އެކަމަކު ކޮވިޑް-19 ގައި މިދިޔަ ބުދަ ދުވަހު ހުބެއި ޕްރޮވިންސް އިން 14،840 މީހުންނަށް ބަލިޖެހި، 242 މީހުން ވަނީ މަރުވެފަ އެވެ.
ޑަބްލިއުއެޗްއޯގެ ހެލްތު އިމަޖެންސީ ޕްރޮގްރާމުގެ ވެރިޔާ މައިކް ރަޔަން ވިދާޅުވީ ހެބެއި ޕްރޮވިންސް އިން ބަލި ޖެހުނު މީހުންނާއި މަރުވި މީހުންގެ އަދަދު މައްޗަށް ދިޔައީ ޑައިގްނޯޒް ކުރާ ގޮތް ބަދަލު ކުރުމުން ކަމަށެވެ. ލެބޯޓްރީގައި ހަދާ ސްޓެންޑާޑް ނިއުކްލެއިކް އެސިޑް ޓެސްޓުގެ ބަދަލުގައި މިހާރު އަންނަނީ ފުއްޕާމޭގެ ސީޓީ ސްކޭން ހައްދަމުންނެވެ.
"މިއީ ބަލިފެތުރޭ ރޭޓް މައްޗަށް ޖެހެނު ކަމުގެ ހެއްކެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ޗައިނާ ފިޔަވައި ވައިރަސް އަރާފައި ވަނީ 24 ގައުމެއްގެ 447 މީހުންނަށެވެ. ޗައިނާ ފިޔަވައި މީހުން މަރުވެފައި ވަނީ ފިލިޕީންސާއި ހޮން ކޮން އަދި ޖަޕާނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
14 February 2020
މީިހަމަޖެހޭ ވާހަކަ ދައްކާ ބަޔެއް ނޫނެވެ. އެބުނަނީ ކުއްލިއަކަށް މަރުވާ އަދަދުވެސް މައްޗަށް ދިޔައީ ޓެސްޓް ހަދާގޮތް ބަދަލު ކުރީމައެވެ.
ބޯބުރާންތި
14 February 2020
އެހެންޏާފަހެ... ޓެސްޓްހަދާ ގޮތް ބަދަލުކުރުމަކީ ބަލިޖެހިފައިވާ މީހުން ފަސޭހައިން އަދި އަވަހަށް ދެނެގަނެވޭ ކަމަކަށްވީ ނަމަވެސް އެގޮތަށް އެކަން ކުރުމަކުން އަދި މަރުވާ ރޭޓް މަތިވެގެން ނުވާނެތާދޯއެވެ.
ލޫޒިންގ
14 February 2020
އެތަށް ހެލްތްވާކަރުންނަށް ބަލިޖެހިގެން އެކަމާ ޗައިނާ ސަރުކާރު ވަނީ ކަންބޮޑުވެފާ!