ސައުދީ އަރަބިއާގެ ޓޯނޭޑޯ ޖެޓެއް، ތަމްރީނުތަކުގައި ގަލްފުގައި ދަތުރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
16 ފެބުރުއަރީ 2020 - 13:55
ސަންއާ (ފެބްރުއަރީ 16) - ސައުދީ ކޯލިޝަނަށް ނިސްބަތްވާ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ޔަމަނުގެ އުތުރުގެ އަލް ޖައުފް ޕްރޮވިންސަށް ވެއްޓިއްޖެ އެވެ.
ކޯލިޝަނުގެ ތަރުޖަމާން ވިދާޅުވީ ސައުދީ ޓޯނޭޑޯ ޖެޓް ވެއްޓުނީ ޔަމަން ސިފައިންގެ ޔުނިޓްތަކުގެ ސަޕޯޓް މިޝަނެއްގައި އުޅެނިކޮށް ކަމަށެވެ. ނަމަވެސް ހޫތީން ބުނެފައި ވަނީ ސައުދީ ބޯޓު ވައްޓާލީ އެ މީހުން ކަމަށެވެ. ބޯޓު ވައްޓާލީ ބިމުން ޖައްވަށް ފޮނުވާލި މިސައިލެއްގައި ކަމަށް ވެސް ހޫތީން ބުންޏެވެ.
ވެއްޓުނު ބޯޓާއި މަރުވި މީހުންގެ އަދަދާ ގުޅޭ ގޮތުން ސައުދީން ތަފްސީލް މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
އދ. އިން ބުނެފައި ވަނީ އަލް ޖައުފް ސަރަހައްދަށް ސައުދީ ކޯލިޝަނުން ހޮނިހިރު ދުވަހު ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 31 މީހުން މަރުވެފައިވާ ކަމަށެވެ.
ސައުދީ ކޯލިޝަނުން ޔަމަނަށް ވައިގެ ހަމަލާދޭން ފަށާފައި ވަނީ މާޗް 2015 އިން ފެށިގެންނެވެ. ޔަމަނަށް ހަމަލާދޭން ފެށީ ޔަމަނުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ އަބްދުއްރައްބޫހު މަންސޫރު ހާދީގެ ސަރުކާރު ހޫތީން ހަމަލާދީ ވެރިރަށް ސަންއާ އިން ބޭރުކޮށްލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
17 February 2020
ސައުދީ އަޑީގައި އޮވެގެން މުސްލިމް ޤައުމެއް ތަޅާ ސުންނާފަކުރަނީ ، މަދަދެއް ދޭނެބަޔަކުނެއް، އެކަމަކު ސައުދީއަކީ ހުރިހާމުސްލިމުންނަށް ރިވެރި އަޚުލާގާ ސުލޫކުދައްކަންޖެހޭ ބައެއް ނަމަވެސް މިއަދު އެދައްކަނީ އަނިޔާވެރިކަމާ ނުބައި ނުލަފާކަން، މިއަދުގެ ޙާލަތު،
ހުރެ
16 February 2020
އީރާން ގެ މިސައިލަކުން ހޫތީން ތީތި ވައްޓާލީ...މުޅި ދުނިޔޭގެ ނެތް އީރާން ގެ ލަޞްކަރު ބަލިކޮއް ލެވޭ ވަރުގެ ގައުމެއް..