ހުބެއި ޕްރޮވިންސްގައި އެއްގަމު ދަތުރުފަތުރު ވަނީ މަނާކޮށްފައި. --ފޮޓޯ:ގެޓީ އިމޭޖަސް
17 ފެބުރުއަރީ 2020 - 16:16
ވޫހާން (ފެބްރުއަރީ 17) - ޗައިނާގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހުބެއި ޕްރޮވިންސްގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފި އެވެ.
އިމަޖެންސީ ކަމެއް މެދުވެރިވެގެން ނޫނީ ބޭރަށް ނުކުމެ ނޫޅުމަށް ހުބެއި ޕްރޮވިންސްގައި ދިރިއުޅޭ ގާތްގަނޑަކަށް 60 މިލިއަން މީހުންނަށް މިހާރު ވަނީ އަންގައިފަ އެވެ. އަދި ޕްރައިވެޓް ކާރުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ. ވައިރަސް އެންމެ ބޮޑަށް ފެތުރޭ ހުބެއިގައި އެއްގަމު އުޅަނދުފަހަރު މަނާކުރި ނަމަވެސް ފުލުހުންގެ ކާރުތަކާއި އެމްބިއުލެންސާއި މުހިންމު ބޭނުންތަކަށް ގެންދާ ތަކެތި އުފުލާ ވެހިކަލްތަކަށް ހުއްދަ ދީފައިވެ އެވެ.
ހުބެއި ޕްރޮވިންސްގެ ރައްޔިތުން ގެއިން ނުނިކުމެ ތިބުމަށް އެންގި ނަމަވެސް އިމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ ބޭރަށް ދެވޭނެ އެވެ. ކާބޯތަކެއްޗާއި އަސާސީ އެހެން ތަކެތި ގަތުމަށް ބޭރަށް ދެވޭނީ، ކޮންމެ ތިން ދުވަހަކުން އެއް ދުވަހު، ކޮންމެ ހައުސްހޯލްޑަކުން އެކަކަށެވެ. ގެތަކުގައި އުޅޭ މީހުންގެ ތެރޭން އެ ގެއެއްގެ މީހުން ފިޔަވައި އިތުރު މީހުން ވަދެ ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ހުބެއި ޕްރޮވިންސްގެ އެންމެންގެ ހެލްތު ޗެކް ގަވާއިދު ކުރުމަށް ވަނީ އަންގައިފަ އެވެ. ސަރުކާރުން ހުއްދަ ލިބިގެން ނޫނީ ކުންފުނިތަކުގެ މަސައްކަތަށް މުވައްޒަފުން ނެރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ޗައިނާގެ އެހެން ސިޓީތަކުގެ ތެރޭން ވެރިރަށް ބެއިޖިން އަށް ވަންނަ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީން ކުރުމަށް ވަނީ ނިންމައިފަ އެވެ. ޗައިނާގެ ސެންޓްރަލް ބޭންކުން މިހާރު ވަނީ ސާކިއުލޭޝަނަށް ނެރެފައިވާ ހުރިހާ ފައިސާއެއް ޑިސްއިންފެކްޓް ކުރުމަށް ފަހު، ރައްކާކޮށްފަ އެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ގައުމުގައި އަލަށް ވައިރަސް އަރާ މީހުންގެ ނިސްބަތް ދަށަށްދާން ފަށާފައިވާ ކަމަށެވެ.
ޗައިނާގައި ކޮރޯނާވައިރަހުގައި މިހާތަނަށް ވަނީ 1،770 މީހުން މަރުވެފަ އެވެ. ވައިރަސް އެރި މީހުންގެ އަދަދު ވަނީ 70،500 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣަަދަ
17 February 2020
ދެންވެސް ތައުބާވެ މުސްލިމުންނަށް ކުރާ އަނިޔާ ހުައްޓާލާ އެމީހުންގެ ކިބާން މާފަށް އެދިބަލަ
ޣަނީ
17 February 2020
ކަޅުދިރި ބަލިމީހުންނަށްދީ ދެން ވެސް
ފަލްކުރަނި
17 February 2020
މާސްވައިރަސް ސައުދީ އަރަބިޔާގައި ފެތުރުނީ މުސްލިމުންނަށް އަނިޔާ ކުރާތީ ބާ؟
ޙިތްވަރު
17 February 2020
ތިހެން ބުނެލަން ކެރޭނެ ފަރާތެއް ނެތް