އިންޑިއާ ސިފައިންގެ އަންހެން އޮފިސަރުންނަށް ވެސް ކޮމާންޑިން ރޯލްތައް ދެން އަދާކުރެވޭނެ. --ފޮޓޯ:ގެޓީ އިމޭޖަސް
18 ފެބުރުއަރީ 2020 - 13:03
ނިއު ދިއްލީ (ފެބްރުއަރީ 18) - އިންޑިއާ ސިފައިންގެ ތެރޭގައި އަންހެން އޮފިސަރުންނަށް ވެސް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި އަންހެނުންނަށް ވެސް ކޮމާންޑިން ރޯލްތަކާ ހަމައަށް ޕްރޮމޯޝަން ލިބެން ޖެހޭނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުގެ މި ނިންމުމާ ގުޅިގެން އެ ގައުމުގެ ސިފައިންގެ ތެރޭގައި އަންހެން އޮފިސަރުންނަށް ވެސް ފިރިހެނުންނެކޭ އެއްގޮތަށް ޕްރޮމޯޝަން، ރޭންކް، ބެނެފިޓްސް އަދި ޕެންޝަނުގައި ހަމަހަމަ ފުރުސަތުތައް ލިބޭނެ އެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމަކީ ޖިންސީ ތަފާތު ކުރުން ނައްތާލުމުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބުނެ ބައެއް މީހުން އަންނަނީ ތައުރީފް ކުރަމުންނެވެ. އިންޑިއާ ސިފައިންގެ ތެރޭގައި މިހާރު ތިބި އަންހެން އޮފިސަރުންނާއި ރިޓަޔާކޮށްފައިވާ އޮފިސަރުން ވެސް އެކަމަށް ކެމްޕޭން ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
އިންޑިއާ ސިފައިންގެ ތެރޭގައި މިހާރު އޮންނަ ގޮތުން އަންހެން އޮފިސަރުން ޕާމަނެންޓް ކޮމިޝަން އަށް ކޮލިފައިއެއް ނުވެ އެވެ. ޝޯޓް ސާވިސް ކޮމިޝަން (އެސްއެސްސީ) ގައި އަންހެން އޮފިސަރުން ޚިދުމަތް ކުރާ އިރު ފިރިހެނުންނަށް ލިބޭ ބެނެފިޓްސް އަންހެނުންނަކަށް ނުލިބެ އެވެ.
އެކަމަކު އިންޑިއާ ސިފައިންގެ ލީގަލް އަދި އެޑިއުކޭޝަން ވިންގުގައި އަންހެން އޮފިސަރުން، ޕާމަނެންޓް ކޮމިޝަނަށް 2008 އިން ފެށިގެން ވަނީ ކޮލިފައިވާން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
18 February 2020
ލާރިދޭ ބަޔަކަށް ތާއީދު ކުރަނީ މި ރާއްޖެގަ. އަދުލްއިންސާފު ގެއްލެނީ.
ހޮޓްކިންގ
18 February 2020
އިންޑިއާގެ ވާހަކަ ފުޅާކޮށްފައި ތިގޮތަށް ގެނެސްދޭތީ ހައިރާންވޭ.
ޙަމްދޫން
18 February 2020
އިންޑިއާއިން ސުޕޮންސާ ލިބިފައިވަނީ ބޯކޮން
އާދަމް ބާއީ
18 February 2020
ދެން ތިޔަކަންވެސް ތިޔަ ނިމުނީތާ.
ގެރިގުއި
18 February 2020
އެއްވަރަކަށް މަސައްކަތް ކުރެވެންޔާ އޯކޭތާ..