ޗައިނާގެ ހުޅަނގުގެ ޝިންޖިއާންގެ އާބާދީގެ ބޮޑު ބަޔަކީ ވީގޫރު މުސްލިމުން. --ފޮޓޯ:ގާޑިއަން
19 ފެބުރުއަރީ 2020 - 13:09
ލަންޑަން (ފެބްރުއަރީ 19) - ތުނބުޅި ދިގު ކުރުމާއި ބުރުގާ އެޅުމާއި ބޭރު ގައުމުތަކުގެ ވެބްސައިޓްތަކަށް ވަނުމަކީ ޗައިނާގެ ވީގޫރު ދަރިކޮޅުގެ މުސްލިމުން "ޖަލު"ތަކަށް ފޮނުވާ ސަބަބުތައް ކަމަށް ލީކުވި ރިޕޯޓެއްގައި ބުނެފި އެވެ.
ނަމަވެސް ޗައިނާ އިން ބުނެފައި ވަނީ މުސްލިމުން ފޮނުވަނީ ޖަލުތަކަށް ނޫން ކަމަށާއި އެ މީހުން ފޮނުވަނީ، ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި "ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް" ކަމަށެވެ.
"ކަރަކަކްސްގެ ލިސްޓު"ގެ ނަމުގައި އެންމެ ފަހުން އެކުލަވާލި ޑޭޓާބޭސްގައި ޝިންޖިއާންގެ 300 މީހެއްގެ މައުލޫމާތު ހިމަނާފައިވެ އެވެ. ގާތްގަނޑަކަށް 650،000 މީހުން ދިރިއުޅޭ ކަރަކަކްސް ކައުންޓީގެ ބައެއް މީހުންގެ އިންޓަވިއުތައް ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެ ކައުންޓީގެ 97 ޕަސެންޓަކީ ވީގޫރް މުސްލިމުންނެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމުން ހައްޔަރު ކުރުމުގައި ޗައިނާ ސަރުކާރުން ބަލަނީ މީހުންގެ ސިޔާސީ ވިސްނުމަށް ވުރެ ބޮޑަށް ދީނީ އަގީދާއަށެވެ. މީހުން ހައްޔަރު ކުރާ ސަބަބުތަކުގެ ތެރޭގައި ނަމާދު ކުރުމާއި މިސްކިތަށް ދިއުމާއި ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ފަދަ ކަންކަން ހިމެނެ އެވެ.
ޝިންޖިއާންގައި މުސްލިމުން ބަންދު ކުރަން ހަދާފައިވާ ޖަލެއް. --ފޮޓޯ:އޭޕީ
ހުޅަނގުގެ ޝިންޖިއާންގެ ވީގޫރް މުސްލިމުން ކޮންޓްރޯލް ކުރުމަށް ޗައިނާ އިން މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ޝިންޖިއާންގެ ވެރިރަށުގެ ރޭލް ސްޓޭޝަނެއްގައި 2014 ވަނަ އަހަރު ބޮމެއް ގޮއްވާލުމާ ގުޅިގެން ރައީސް ޝީ ޖިންޕިން ވަނީ ޝިންޖިއާން އަކީ "ޑިޖިޓަލް ޕޮލިސް ސްޓޭޓް" އަކަށް ބަދަލު ކުރުމަށް ކެމްޕޭނެއް ފައްޓަވައިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ބުނެފައި ވަނީ ހުޅަނގުގެ ޝިންޖިއާން ސަރަހައްދުގެ ޖަލުތަކުގައި ބަންދުކުރި ވީގޫރު ދަރިކޮޅުގެ މުސްލިމުން "ގްރެޖުއޭޓްވުމުން" ދޫކޮށްލާފައިވާ ކަމަށެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ ތައުލީމީ މަރުކަޒުތަކެއް ކަމަށް ޗައިނާ އިން ބުނި ނަމަވެސް އެއީ ހުރަގެތަކެއް ކަމަށެވެ.
ނިއު ޔޯކް ޓައިމްސް އާއި ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައއިޖޭ) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މީހުން ބަންދުކުރާ މަރުކަޒުތަކަށް ގެންދާ މީހުންގެ "ސިކުނޑި ދޮވެލުމަށް" ޗައިނާ އިން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ވަކި ގޮތަކަށް ގަބޫލްކުރަން މަޖްބޫރުކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޝިންޖިއާންގެ ޖަލުތަކުގައި ވީގޫރް ދަރިކޮޅުގެ މިލިއަނެއްހާ މުސްލިމުން ގެންގުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
19 February 2020
ތުބުޅި މުފަޅާ ބަޔެއްގެ ތެރޭގައި އުޅޭ އިރު ތުބުޅު ބަހައްޓައިފިއްޔާ ހީވާނެ އެމީހާ އަކީ ތަފާތު މީހެކޭ. ޗައިނާގައި ގިނަވާނީ ތުބުޅު ނުފަޅާ މީހުން.
ޢަޒްރާ
19 February 2020
ކޮންމެ މުސްލިމް ފިރިހެނަކީ ތުނބުޅި ބަހައްޓަން ޖެހޭ މީހެއް އެއީ ސުންނަތެއް އެކަމަކު ނަމާދު ނުކުރާ މީހުން ތުނބުޅި ބަހައްޓާނެ ކަމެއްނެތް އެއަކުން ކުރާނެ ފައިފާއެއް ނެތް ތުނބުޅި ބާލަން އަންގާ މީހުންނަކީ އިސްލާމް ދީނުގެ ހުކުމްތައް ގާއިމް ނުކުރަން މަސައްކަތް ކުރާ މީހުން
ސީޒަން ޖެކްސަން
19 February 2020
ޗައިނާއެކޭ އިޒްރޭލެކޭ އިންޑިޔާއެކޭ ކޮބާ ތަފާތަކީ؟
މަބުނީ
19 February 2020
ކޮންމެ ބަޔަކުވެސް އެގައުމެއްގެ ގާނޫނަށް ބޯލަބަންވާނެކަމަށް އަހަރުމެން ދެކެން
ޢުމަރު
19 February 2020
މާތް ﷲ އިސްލާމްދީން މަތިވެރި ކުރައްވާށި.
ަހެޔޮނުވާނެ242
19 February 2020
ޔާ ﷲ އެ އަނިޔާވެރިން ބަލިކުރައްވާ މުސްލިމުންނަށް ނަސްރު ދެއްވާފާންދޭވެ. އިބައިލާހަކީ ހުރިހާޒަމާނަކަށްވެސް ކުޅަދުންވަންތަ އިލާހު
ވިސްނޭމީ
19 February 2020
އިންޑިޔާގެ ހިންދޫ މީހުން މުސްލިމުންނަށް ކުރާ އަނިޔާގެ ވާހަކަ މިގޮތަށް މިހާރު ނޫހުގަ ލިޔެލަން ކެރޭނެތަ؟
ބަޑީ
19 February 2020
ޗައިނާމީހުންގެ ނުލަފާ ވާހަކައެއް ލިޔެލާއިރަށް އިންޑިޔާ އިންޑިޔާ، ހަޖަމްވިޔަސް ނުވިޔަސް ކިޔުބާ، މެކްސިކޯ ތަންތަނަށް އެމެރިކާގެ ނުފޫޒުހިގާހެން އިންޑިޔާގެ ނުފޫޒު ރާއްޖެއަށް ހިގާނެ. އަދި އެމީހުންގެ އެހީއާނުލާ އުޅުމަކީވެސް މާ ފަސޭހަކަމަކަށް ނުވާނެ.
ސދފަދ
19 February 2020
މިހާރު އަމިއްލަ އަށް ކަރަންޓީނު ވެގެން ތިބެންޖެހުނީމަ އޭގެ ހިތި ފްންނާނެ...