އީރާނުގައި މަރުގެ އަދަބު ނުދިނުމަށް އެދި ލަންޑަނުގައި ހުންނަ ތެހެރާން އެމްބަސީގެ ބޭރުގައި އީރާނުގެ ބަޔަކު މުޒާހަރާ ކުރަނީ.
07 އޮކްޓޯބަރ 2016 - 16:56
ތެހެރާން (އޮކްޓޯބަރު 7) - ރަޖަމް ކުރުމާ ގުޅޭ ގޮތުން ފާޑުކީ އީރާނުގެ ލިޔުންތެރިއަކު ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ގޮލްރޮކް އެބްރާހިމީ އިރާއީ ޖަލަށް ހުކުމްކުރި އިރު އޭނާގެ ލިޔުން އެއްވެސް އެއްޗެއްގައި ޝާއިއުކޮށްފައި ނުވާ ކަމަށްވެ އެވެ. އޭނާ ޖަލަށްލީ އިސްލާމް ދީނުގެ އުސޫލުތަކަށް ފާޑުކިޔާ ދޮގު މައުލޫމާތު ފަތުރަން އުޅުމުންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ މި ހުކުމަށް ފާޑު ކިޔައިފަ އެވެ. އަދި ތެހެރާނުގެ އެވިން ޖަލުގައި އިބްރާހިމީ އިރާއީ އޮތް އިރު ވަކީލަކާ ބައްދަކު ކުރުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ. އިބްރާހިމީ އީރާއީ ޖަލުގައި އޮތް އިރު އޭނާއާ ސުވާލުކޮށްފައި ވަނީ ކަނުބަނދެ ފާރަކާ ދިމާލަށް ބަހައްޓައިގެން ކަމަށާއި އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރިކަމުގެ ކުށުގައި ގަތުލް ކުރާނެ ކަމުގެ ބިރު ދައްކާފައިވާ ކަމަށް ވެސް އެމްނެސްޓީން ބުނެފައިވެ އެވެ.
އިބްރާހިމީ އީރާއީއާ އެކު ޖަލުގައި ބަންދުކުރި އޭނާގެ ފިރިމީހާ ޖެހިގެން އޮތް ގޮޅީގައި ބާއްވައިގެން އޭނާ އަށް އަނިޔާ ކުރާ އަޑު އިރާއީ އަށް އިއްވާފައިވާ ކަމަށް ވެސް އެމްނެސްޓީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައަހުމަދު
08 October 2016
އެއީ ކީއްވެ އިސްލާމްދީނާ އެހެން މީހުން ދެކޮޅު ވާންވީ.
އަމީން
09 October 2016
ހައްދުފަހަނަ އަޅައި ދިޔައީމަ
ހުސެން މަނިކު
08 October 2016
މިފަދަ އަމަލު ހިންގަނީ އިންސާނުންނެއް ނޫން ޖަނަވާރުން.
މޫސަ
08 October 2016
ޖަނާވާރުންނަށް އިހާނެތިބަސް ނުބުނޭ
އަލީ
07 October 2016
އިސްލާމްދީނާ އެއްސިގަނެގެން ނެއްޓިގެން ނޭނގިގެން 'ޣައިރު މުސްލިމުން' ނެއް ނޫޅޭ. މީހުންގެ ނުބައިކަން އިންތިހާއަށް ބޮޑުވެފައިވާއިރު އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން އިންސާނުންނަށް އެކިފާޑުގެ ލާއިންސާނީ އަނިޔާކުރުން އާންމުވެފައިވާތީ އެކަހަލަ ކަންކަން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ ޣައިރު މުސްލިމުން ވިޔަސް އެއީ އިސްލާމްދީނަށް ދެވޭ ނަޞްރެއް. ސަރުކާރުތަކުގައިވެސް ދައުލަތްތަކުގައިވެސް ތިބެނީ އިންސާނުންކަމަށްވާއިރު އެމީހުންގެ ފުށުންވެސް އެތައް ބަޔަކަށް އަނިޔާލިބޭ. ބައެއްފަހަރަށް މިގޮތަށް އަނިޔާކުރަނީ އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތު އަޅުވައިގެން.
ސަރުކާނު
07 October 2016
އިސްލާމް ދީނާ ދެކޮލަށް ކުރެވެން އޮތް ހުރިހާކަމެއް ޣައިރު މުސްލިމުން ކުރާނެ. އެކިނަންނަމުގަ. އެވެދާނެ އިންސާނީ ޙައްްައް. އެވެދާނެ ގެވެށި އަނިޔާއާ ދެކޮޅަސް ކަމަސްވެސް. އެގޮތުން މިނިވަންކަމުގެ ނަމުގަ ލަންދަން ނިއުޔޯކް ތަންތަނުގެ އެފަދަ ޤައުމުތަކުގެ މީހުންލައްވާ އަޑު އުފުލާނެ.
އިރާން
07 October 2016
އިސްލާމީ ޤައުމެއްގައި، މީހަކި ޖަލަށްލައި އަނިޔާކުރީމަވެސް، ނަންވާނީ ޢައިރު މުސްލިމުންނަށް؟ ތިކިހިނެއް ވިސްނި ވިސްނުމެއް؟
ަައަހުމަދު
08 October 2016
ކަލޭމެން ގަބޫލު ކުރަނީ އިސްލާމްދީނާ ދެކޮޅަށް ކަމަށްތަެ އެންމެންުއުލެނީ
އަލީ ނަސީރު
07 October 2016
ފަނު ދުންމާރި ތައް، ކަނު އަނދިރީގައި!
މުޙައްމަދު
07 October 2016
ކަލޯ އިބްރާހީމީ އަކީ އަންހެނެއްތަ؟