ޗައިނާގެ ވެރިރަށް ބެއިޖިންގައި ސުޕަމާކެޓަކަށް ވަންނަން ކިޔޫ ހަދާފައިވާ އިރު އެކަކު އަނެކަކާ މީޓަރެއްހާ ދުރުން ހުއްޓިގެން: ބަލިޖެހި ރަނގަޅުވާ މީހުންނަށް ވެސް އަލުން ޖެހޭ ކަމަށް ހެލްތު އޮފިޝަލުން ބުނޭ. --ފޮޓޯ:އޭއެފްޕީ
27 ފެބުރުއަރީ 2020 - 16:08
ޓޯކިޔޯ (ފެބްރުއަރީ 27) - ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހި ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލި މީހުންގެ ތެރޭން 14 ޕަސެންޓް މީހުންނަށް އަލުން ވައިރަސް އަރާފައިވާ ކަމަށް ޗައިނާގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
ޗައިނާގެ އޮފިޝަލުން ބުނީ ކޮރޯނާވައިރަސް އަދިވެސް ދިރާސާ ކުރަމުންދާ ކަމަށާއި ވައިރަސް ހަށިގަނޑުގައި އޮޕަރޭޓްކުރާ ގޮތް ވެސް ދިރާސާ ކުރަމުންދާ ކަމަށެވެ.
ޖަޕާނުގައި ވެސް ވަނީ ކޮވިޑް-19 ޖެހި ރަނގަޅުވި އުމުރުން 40 ގެ އަހަރުތަކުގެ އަންހެނަކަށް އަލުން ބަލިޖެހިފަ އެވެ. އެ އަންހެން މީހާ އަލުން ޕޮޒިޓިވްވީ ތިން ހަފުތާ ފަހުންނެވެ.
ޗައިނާ އާއި ޖަޕާނުން މިހާރު ވަނީ ކޮވިޑް-19 ޖެހި ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލާ މީހުން ވެސް އަލުން މޮނިޓާ ކުރަމުން ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮރޯނާވައިރަހުގައި މިހާތަނަށް ޗައިނާ އިން 2،770 މީހުން މަރުވެފައިވާ އިރު ވައިރަސް ވަނީ 82،000 އަށް ވުރެ ގިނަ މީހުންނަށް އަރައިފަ އެވެ. ޗައިނާ އިން ބޭރުން މިހާތަނަށް 50 މީހުން މަރުވެފައިވާ އިރު ޗައިނާ އިން ބޭރުން ވައިރަސް އަރާފައި ވަނީ 3،600 މީހުންނަށެވެ. ވައިރަސް މިހާރު ވަނީ 45 ގައުމަކުން ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލިތު
27 February 2020
މިހަރު ނިއުސް އަށް ދަންނަވަން. މިފަދަ ޚަބަރުތައް ސޯސް އާއި ހަވާލާދީ ގެނައުމަށް. އޭރުން ތީގެ އަސްލު ސޯސް އަޅުގަޑުމެންނަށް ބެލޭނީ. ގޮސިޕް ވަރަށްވެސް ގިނަ މިކަމުގައި.
ހީޝަން
27 February 2020
ވަރަށް ރަނގަޅު ވާހަކައެއް
ޝެހެންޝާން
27 February 2020
ކޯރޯނާ ވައިރަސް އާއި ގުޅޭ ފޭކް ނިއުސް ފެތުރެމުން ދާ ކަަމަށް ބީބީސީ އެބަބުނޭ. ސަމާލުވުން މުހިއްމު.
ހައްނާން
27 February 2020
ދުނިޔޭގެ ހުރިހާ ބޮޑެތި މީޑިއާ ތަކެއް ހާވައިފިން. ތިބުނާ ވާހަކައެއް ނުފެނުނު.
ސަޓޯރ
27 February 2020
ކޮބާ ސޯސް؟ މިވަރުގެ ވާހަކަ ނޫސްތަކުގަ ލިޔާއިރު ހަވާލާދޭ ވަކި ޚާއްސަ ފަރާތްތައް ހާމަ ކުރަންވާނެ. އެތިކަލް ރިޕޯރޓިން އަކީ އެއީ.
އަލީސް
27 February 2020
މިއީ ތެދެއް ނޫން