ވޫހާން ސިޓީގައި ތަރުކާރީ އަށް އޯޑަރުކުރި މީހުންނަށް ވޮލަންޓިއަރުން ތަކެތި އިއްޔެ ފޯރުކޮށްދެނީ: ޗައިނާގައި ބަލިވަނީ ގާތްގަނޑަކަށް ކޮންޓްރޯލްކޮށްފައި. --ފޮޓޯ:އޭއެފްޕީ
17 މާޗް 2020 - 14:18
ވޫހާން (މާޗް 17) - ޗައިނާ އިން ކޮވިޑް-19 އިއްޔެ ޖެހިފައި ވަނީ އެންމެ މީހަކަށް ކަމަށް އެ ގައުމުގެ ހެލްތު ކޮމިޝަނުން ބުނެފި އެވެ.
ނަމަވެސް ޗައިނާ އިން ބޭރުން އައި މީހުންގެ ތެރޭން 20 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ޗައިނާ އިން ކޮވިޑް-19 އިއްޔެ ޖެހުނު ކޭސް ފެނިފައި ވަނީ ވޫހާން ސިޓީންނެވެ.
ޗައިނާގައި ޑިސެމްބަރު މަހު ފަހުކޮޅު ކޮރޯނާވައިރަސް ފެތުރެން ފެށުމުން ވަނީ ވޫހާން ސިޓީ ހިމެނޭ ހުބެއި ޕްރޮވިންސް ޖެނުއަރީ 23 އިން ފެށިގެން ކަރަންޓީންކޮށްފަ އެވެ. އޭގެ ފަހުން ފެބްރުއަރީ 11 ގައި ވަނީ މީހުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާ އިން ބަލި ކޮންޓްރޯލްވެ ހުބެއި ޕްރޮވިންސްގެ ބޭރުން ކޮވިޑް-19 ގެ އާ ކޭހެއް ނުފެންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ޗައިނާގެ ހެލްތު ކޮމިޝަނުން ބުނެފައި ވަނީ މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމުން ބޭރުން އަންނަ މީހުންގެ ފަރާތުން ބަލި އިތުރަށް ފެތުރިދާނެތީ އެވެ. އެވްރެޖްކޮށް ދުވާލަކު 20،000 މީހުން މިހާރު ޗައިނާ އަށް ދަތުރުކުރެ އެވެ.
ބެއިޖިން އިން މިހާރު ވަނީ އިއްޔެ އިން ފެށިގެން އެ ސިޓީ އަށް އެތެރެވާ އެންމެން 14 ދުވަހުގެ މުއްދަތަށް ވަކި ތަނެއްގައި ކަރަންޓީން ކުރުމަށް ނިންމައިފަ އެވެ. ޝަންހާއީން ވެސް ވަނީ 16 ގައުމަކުން އަންނަ މީހުން 14 ދުވަހަށް ކަރަންޓީން ކުރުމަށް ހަމަޖައްސައިފަ އެވެ.
ކޮރޯނާވައިރަސް މިހާރު ވަނީ 145 ގައުމަކަށް ފެތުރި 7،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ބަލިޖެހިފައިވާ މީހުންގެ އަދަދު ވަނީ 181،000 އަށް އަރައިފަ އެވެ. ޗައިނާ އިން ބަލިޖެހިފައި ވަނީ 80،881 މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮކެސި
17 March 2020
މުުޅިދުނިޔެ އަށް ޗައިނީސް ނިއުޔާގެ ހަދިޔާ ފުނުވާ ނިމުނީ.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
17 March 2020
ޗައިނާ ވަރަށް ސާފް. ބޮލުގަ ތިޔަވެރިންގެ ހުރި އިސްތަށި ދާނިދަނޑިއެއް ދޮއްޓެއް ތިނޯހެއް ރިތެއް ލޮންސި އެއްހާ ( ތެދުވާނެ ) އެހެން އެއްކަމެއް އެކައްޗެއް ތެދުކަމަށް ދެކެން ހެޔޮ ނުވާނެ މި އުޑު ބަޅުކުރެއްވި ހިސާބުގަ.
އަބޫބެ
17 March 2020
ދާންވީ ޗައިނާއަށް.