އީރާނުގެ މޯލެއްގައި ހަދާފައިވާ ވަގުތީ ހޮސްޕިޓަލެއް ހެލްތު އިންސްޕެކްޓަރުން ޗެކް ކުރަނީ. --ފޮޓޯ:އޭއެފްޕީ
25 މާޗް 2020 - 15:20
ތެހެރާން (މާޗް 25) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ބޭރުން ދޭ އެއްވެސް އެހީއެއް ބޭނުން ނޫން ކަމަށް އީރާނުގެ އޮފިޝަލުން ބުނެފި އެވެ.
"ކޮރޯނާވައިރަހާ ދެކޮޅަށް އީރާނުން ކުރިއަށް ގެންދާ ގައުމީ މަސައްކަތުގައި ސިފައިންގެ ފުރިހަމަ އެއްބާރުލުން ދަނީ ލިބެމުން. ބޭރުގެ ބަޔަކު ގާއިމްކޮށްދޭ ހޮސްޕިޓަލެއް އީރާނަކަށް ބޭނުމެއް ނުވޭ،" އީރާނުގެ ހެލްތު މިނިސްޓަރުގެ އެޑްވައިޒަރު އަލިރިޒާ ވަހަބްޒާދާ ވިދާޅުވި އެވެ.
ޑޮކްޓާސް ވިތައުޑް ބޯޑާސް (އެމްއެސްއެފް) އިން ވަނީ 50 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުރަން ބޭނުންވާ ސާމާނާއި ނުވަ މެންބަރުންގެ މެޑިކަލް ޓީމެއް އީރާނަށް ފޮނުވަން ހުށަހަޅައިފަ އެވެ. ނަމަވެސް އީރާނުން ބުނެފައި ވަނީ ބޭރުގެ އެހީ ބޭނުމެއް ނޫން ކަމަށެވެ. އަދި އެމްއެސްއެފްގެ ސްޓާފުން ވާނީ "ޖާސޫސުންނަށް" ކަމަށް ބުނެފައިވެ އެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ގައުމާ މުޚާތަބް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައި ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީހުން އެއް ތަނުން އަނެއް ތަނަށް ދިއުން ބުދަ ދުވަހުން ފެށިގެން މަނާކުރުން ހިމެނެ އެވެ. ރޫހާނީ ކުރިން ވިދާޅުވެފައި ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކުރުމަކީ ކޮންމެހެން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މި ފިޔަވަޅުތައް އެޅުން ނޫން ގޮތެއް ނެތް،" ރޫހާނީ ވިދާޅުވި އެވެ.
ރޫހާނީ ވަނީ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވެދާނެ ކަމަށާއި ނަމަވެސް ރައްޔިތުން ކެތްތެރިވުމަށް އެދިވަޑައިގެންފަ އެވެ.
އީރާނުން މިހާތަނަށް ވަނީ 27،017 މީހުން ޕޮޒިޓިވްވެ 2،077 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚުމޭނީ
26 March 2020
މިހާރުވެސް ކުރާކަމަކީ މަގްބަރާ )މަހާނަ( ތައް ދޮށަށް މީހުން އެއްކޮށްގެން ޔާއަލީ ޔާއަލީ ގޮވާ ޝިރުކުގެ ލަވަތައް ކިޔުމެވެ.
ކޭކުބެ
26 March 2020
"ކަރަންޓީނު ކުރުން އެއީ މާ ބޯދާ ގޮތެއް" އާީރާން، އެމެރިކާ. ކިހިނެއްބާ މިވަނީ މިހާރު؟
ހުސެން
26 March 2020
އެންމެ ފަހުން އުނބަށް ޖަހަނީއެވެ. ލޮކްޑައުން ބޭނުމެއް ނޫނޭ ބުނިތާ މަހެއްވެސް ނުވެއެވެ. ޔޫރަޕް ފިޔަވާ މިހާތަނަށް އެންމެ ގިނަމީހުން މަރުވަނީ އީރާނުގައެވެ. މިމީހުން އިއުލާނުކުރާ އަދަދުގެ ދިހަގުނަ އަސްލު މަރުވާކަމަށް ވެއެވެ. މީހުން ވަޅުލަންވެސް މާސް ގްރޭވް ކޮނެފައި ހުރިތަންތަން ސެޓެލައިޓް ފޮޓޯއިން ފެނެއެވެ. ޝިރުކުކޮށް ކޮށް ތިބޭށެވެ.
ގަދީމީ
26 March 2020
ގަދަ ބަސް ބުނާނެ.
ހަސީން
25 March 2020
ޗައިނާގެ އެހީ އިރާނަށް ލިބޭނެ. އެހެންވީ މާ ރޫހާނީމެން ހާހެއް ނުވާނެ.
މަށެއްނޫން
25 March 2020
ދުނިޔޭގެ އެހީތެރިކަމާ ނުލާ އީރާނަށް ކޮރޯނާ ކޮންޓްރޯލް ކުރެވެންޏާ އީރާނުގެ ނިންމުން ރަނގަޅު. އީރާނުން ވިސްނަންޖެހޭ ކަމަކީ މިހާ ބާރު ސްޕީޑުގަ ފެތުރޭ ވައިރަހެއް އީރާނުން ބޭރަށް ފެތުރިގެން ނުދިއުމަށް. ފެތުރިއްޖެނަމަ އީރާނުގެ އަގު މުޅި ދުނިޔޭގައި ވެއްޓިގެންދާނެ.
ވަހީދުއަޚުމަދު
25 March 2020
ހަމަ އެއްފަދައިން ރާޖޭގައި ވެސް އެގޮތައް ކަންތައިށް ކުރަން ވީއެއް ނުން