ކަރާޗީގެ މިސްކިތަކަށް އިއްޔެ ހުކުރު ނަމާދަށް ދިޔަ މީހުން. --ފޮޓޯ:އޭއެފްޕީ
28 މާޗް 2020 - 13:12
އިސްލާމްއާބާދު (މާޗް 28) - އާއްމު ސިއްހަތުގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެތީ ގިނަ ބަޔަކު އެއްތަނަކަށް އެއްނުވަން ތަކްރާރުކޮށް އިންޒާރުތައް ދިން ނަމަވެސް އިއްޔެގެ ހުކުރު ނަމާދަށް މީހުން ގޮސް ޕާކިސްތާނުގެ މިސްކިތްތައް ވަނީ ފުރާލައިފަ އެވެ.
އިސްލާމީ އެހެން ބައެއް ގައުމުތަކުގެ ދީނީ އިލްމުވެރިންނާ ޚިލާފަށް ޕާކިސްތާނުގެ އިލްމުވެރިންނާއި ސަރުކާރުގެ އޮފިޝަލުން ވަނީ މިސްކިތްތައް ބަންދުކުރަން ދެކޮޅު ހަދައިފަ އެވެ. ޕާކިސްތާނުގެ އިލްމުވެރިން ލަފާދީފައި ވަނީ އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށާއި ޚުތުބާ ކުރު ކުރުމަށެވެ.
އިސްލާމްއާބާދުގެ މަޝްހޫރު ފައިސަލް މިސްކިތަށް އިއްޔެގެ ހުކުރު ނަމާދަށް މީހުން އަރަނީ. --ފޮޓޯ:އޭއެފްޕީ
"ކޮރޯނާވައިރަހަކީ އަހަރެމެން ގަބޫލްކުރާ އެއްޗެއް ނޫން. އަހަރެން ގަބޫލް ކުރަނީ މާތްﷲ. ކޮންމެ ކަމެއް މެދުވެރިވިޔަސް އެކަމެއް މެދުވެރި ކުރައްވަނީ މާތްﷲ،" ވެރިރަށް އިސްލާމްއާބާދުގެ މިސްކިތަކުން ހުކުރު ނަމާދުން މީހުން ފައިބަމުން ދިޔަ އިރު އަލްތާފް އަހުމަދު ބުންޏެވެ.
އިސްލާމްއާބާދުގައި ދިރިއުޅޭ ސައިދު އަޝްފާގް އަހުމަދު ކިޔާ މީހަކު ބުނީ ގިނަ މީހުން ތިބެނީ ވަރަށް ބިރުން ކަމަށެވެ.
"އެ މީހުން މިސްކިތަށް ދަނީ މާތްﷲ އަށް ދުއާ ދެންނެވުމަށް،" އޭނާ ބުންޏެވެ.
އިސްލާމްއާބާދުގެ މަޝްހޫރު ފައިސަލް މިސްކިތަށް ދިޔަ މީހުން އިއްޔެގެ ހުކުރު ނަމާދަށް ފަހު މިސްކިތުން ފައިބަނީ. --ފޮޓޯ:އޭއެފްޕީ
ޕާކިސްތާނުން މިހާތަނަށް ވަނީ 1،408 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި 11 މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު ޓެސްޓްކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ޕާކިސްތާނުގައި ބަލި އޮތް ހަގީގީ މިންވަރު ސާފެއް ނުވެ އެވެ.
ޕާކިސްތާނުގެ މިސްކިތްތައް ބަންދުކޮށް ގައުމު ލޮކްޑައުން ކުރުމަށް ބޮޑު ވަޒީރު އިމްރާން ޚާން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އޭނާ ވިދާޅުވެފައި ވަނީ އެކަމުގެ އިގްތިސާދީ ގެއްލުން މާބޮޑުވާނެ ކަމަށެވެ.
ޕާކިސްތާނުގައި ހުކުރު ނަމާދު ކެންސަލް ކުރަން އެންގީ ދެކުނުގެ ސިންދު ޕްރޮވިންސްގައި އެކަންޏެވެ.
އިސްލާމްއާބާދުގެ މިސްކިތަކަށް އިއްޔެ ދިޔަ މީހުން މިސްކިތަށް ވަނުމުގެ ކުރިން އަތުގައި ސެނިޓައިޒާ އުނގުޅަނީ. -ފޮޓޯ:އޭއެފްޕީ
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތްތަކަށް ވެސް އިއްޔެގެ ހުކުރުގެ ޖަމާއަތަށް ގިނަ ބަޔަކު ހާޒިރުވި އެވެ.
"ކޮރޯނާވައިރަހާއި އެނޫން ވެސް މުސީބާތްތަކުން މުސްލިމުން ސަލާމަތް ކުރައްވާނީ މާތްﷲ،" ކާބުލްގެ މިސްކިތެއްގައި ޚުތުބާ ދެމުން އިމާމަކު ބުންޏެވެ.
ކޮރޯނާވައިރަސް ހުއްޓުވަން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުސްލިމް ގިނަ ގައުމުތަކުގައި ވަނީ އިސްލާމީ ޝަރީއާ އެއްގޮތަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލައިފަ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާގެ މިސްކިތްތަކާއި މާތްވެގެންވާ ދެ ހަރަމް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރު
29 March 2020
ބަލިން ރަގަޅުވަނީ ބޭސްވެސް ކޭމަ.
ފާމްދޭރި
29 March 2020
ބަނީނާ ! ދެން މިގައުމު ޙަވާލުކުރަންވީ ވަގަކާތަ؟
މޮގޮމޮބޯ
29 March 2020
ތިގައުމުގެ ވާހަކަ ނުދެއްކިއްޔާ ރަގަޅީ. ތިއީ ދުނިޔޭގައި އޮތް އެންމެ ޖާހިލު ގައުމު. ދުނިޔޭގެ އެކި ކަން ކޮޅުތަކުގައި ހިނގާ ހުރިހާ ޓެރެރިސްޓު ހަރަކާތް ހިންގަނީވެސް ތި ގައުމުގެ މީހުން
ގުދުގުދާ
29 March 2020
އެންމެ ގިނަ ޕާކިސްތާން ހަދީސްވެސް ހަދަނީ މިގައުމުގައި!
ނަން
28 March 2020
އީރާނުގަ ކޭސްތައް ގިނަވެގެން ދިޔަގޮތަށް ޕާކިސްތާނު އަދި އަފްއާނިސްރާނުގަވެސް ވުން ގާތް. މިއީ ކައިރީގަ ތިބި މޫސުމާ މީހުންގެ އާދަކާދައާއި ދިރިއުޅުންވެސް އެެއްގޮތް ގައުމުތައް.
ޏަ މްޏަ މް
28 March 2020
ކޮބާ މިބުނާ ޕްރިވެންޓިވް މެޝާސްއާއި ފަރުދީ ޒިން މާ؟
ބާގިސްތާން
28 March 2020
ޕާކިސްތާނު ސަރުކާރުން ދީނުގައި މިހާލަތުގައި އޮންނަ ގޮތަށް އަމަލު ނުކުރާކަން މިއިނގެނީ.
ެަސައީދު ހަސަން
28 March 2020
1999 ގަ އިވުނީ 2000 ވަނަ އަހަރު ޖެހެނީމަ ކޮމްޕިޔުޓަރުތައް މަރުވަނީޔޯ. ހަރާން އެއްކަމެއްވެސް ނުވޭ. މާލޭގަ މިހާރު އޮތީ 3 ނޮވެމްބަރުގެ ހާލަތެއް ނޫން. މިހާރުވެސް މިސްކިތްތަކުގަ ވަކިން ނަމާދު އެބަކުރެވޭ. ބިރު ގަންނަވާނީ ޓީވީން ވޯލްޑްކަޕް ގެނެސްދޭ ގޮތަށް މީހަކު ޓައި އަޅައިގެން ހުރެ ގައުމުތަކުން މީހުން މަރުވާ ވަރު ގެނެސްދޭތީ
ބަބުރުލް ސަލީމް
28 March 2020
ތިތަނުގެ ރައީސަށްވުރެ ގަބީލާ ވަރުގަދަވާނެ. ގަބީލާއާޖެހުނީމާ ރައީސްވެސް ޖެހޭނީ ކަނޑި އުރައަށްލާން.
މަލްޓި ގަބީލާ ސިސްޓަމް
28 March 2020
މިތަނުގައިވެސް މިއޮތީ ގަަބީލާ ސިސްޓަމެއްގެ ވެެރިކަން. އަނެއްކާ ޖާހިލު ޒަމާނުގައި ކަންއޮތް ގޮތަށް އެނބުރި މިދަނީ.
ޣުރައ
28 March 2020
ޕާކިސްތާނެކޭ އެިއިއެސް އެކޭ ތަފާތެއްނެތް
ައަފުރާސިޔާބު
28 March 2020
ކިހާ މޮޅުވާހަކައެއް އެބުނީ. މިމީހުން މިގެންގުޅެނީ ދީނުގެ ނަމުގައި ދީނާ ޚިލާފު ކަންކަން. މީހުންގެ އަމިއްލަ އަތްތަކުން ކުރިކަމަކުންނޭ ލޫޠުގެފާނުގެ ގައުމަށްވެސް ނޫހުގެފާނުގެ ގައުމުގެ މީހުންނަށްވެސް ސަމޫދު ބާގައިގެ މީހުންނަށްވެސް ކޯފާލެއްވީ. ދެން ރަސޫލާގެ އެންގެވުންތަކަކީވެސް ދީނުގެ އެއްބައިކަން ނޭގޭ ބަޔަކުގެ ތެރެއަށްގޮސް ކިޔަވައިގެން މިއަންނަނީ. ﷲ ޕާކިސްތާނު މީހުންނަށް ހެޔޮމަގަށް މަގުދައްކަވާށީ. އާމީން.