ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް މި މަހު 19 ވަނަ ދުވަހު ގައުމާ މުޚާތަބް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
31 މާޗް 2020 - 13:47
ރިޔާޒް (މާޗް 31) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ފަރުވާ ދޭން ޖެހޭ އެންމެންގެ ފަރުވާގެ ހުރިހާ ޚަރަދެއް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ދެއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ހެލްތު މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ފަރުވާ ދޭން ޖެހޭ ސައުދީ ރައްޔިތުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ބިދޭސީންގެ ފަރުވާގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ ރަސްގެފާން ކަމަށެވެ. އެހެންވެ ހެލްތު މިނިސްޓަރު ވަނީ، ކިރިޔާ ވެސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޓެސްޓް ކުރަން ދިއުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"އެންމެން ވެސް މިހާރު މި ތިބީ އެއް އޮޑިއެއްގައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ގެންދަވަނީ، ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސައުދީން ކުރާ މަސައްކަތް "ރެއާއި ދުވާލު" ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ.
އުމުރުފުޅުން 84 އަހަރުގެ ސަލްމާން ވަނީ މީގެ ދެ ހަފުތާ ކުރިން ގައުމާ މުޚާތަބް ކުރައްވައިފަ އެވެ. މުހައްމަދު ބިން ސަލްމާން އެންމެ ފަހުން އާއްމުންނަށް ފެނިފައި ވަނީ މި މަހު 3 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
ސައުދީގެ އެގްރިކަލްޗަރަލް މިނިސްޓްރީން މިހާރު ވަނީ 1.2 މިލިއަން ޓަނުގެ ގޮވާވުމުގެ ބާވަތްތަކަށް އޯޑަރު ދީފަ އެވެ.
ސައުދީން މިހާތަނަށް ވަނީ 1،453 މީހުން ޕޮޒިޓިވްވެ އަށް މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
01 April 2020
މީނާ ދަނޑުހައްދައިގެން ލިބޭއެއްޗެއްތަ?
ވަން ނޭޝަން
31 March 2020
އިސްލާމީ އުއްމަތުގެ ޚަޒާނާއެއް ތިއީ. މުޅި އުއްމަތައް ޢަދުލުވެރިކަމާއިއެކު ބެހިގެންދާ ޖެހޭ. ވަﷲ އަޢްލަމް.
އިމްނާ
31 March 2020
އިންސާނީ ހައްޤުތަކެއް ނޯންނަ ސައުދީ އެކަމަކު
މަގެ މޮހޮންމަދު
31 March 2020
ކަމެއް ކޮށްދިނަސް ބުނާނެ ފަޅޮލޭ ނުކޮށްދިނަސް ބުނަނެ ރަސްގެފާނު ފަޅޮލޭ ދިވެހިންނަށް ރަނގަޅު ގޮތެއް ނެތީތަ ހަމަ އެންމެ ފަހަރަކުވެސް ރަސްގެފާނަށް ޝުކުރު ކުރިއްޔާ ވަނީ ކީ؟
ރަދީފްއޮފިޝިއަލް
31 March 2020
ސާބަހޭ ރަސްގެފާނު.ނަތަންޔާހޫގެ ކެމްޕެއިނަށް ރަސްގެފާނު ވެސް ހަރަދުކުރޭ ދޯ.ތިޔައީ ރައްޔަތުންގެ ފައިސާ .އަހަރުމެން ރާއްޖޭގަ ކޮނެގެން ފެންނަގާ ގޮތަށް ކަލޭމެން ތިނަގަނީ ތެޔޮ.އެހެންވީމަ ގައުމުގެ އިގްތިސާދުގަ ހަކަތަ ހުންނާނެ މިކަހަލަ ކަންތައްތަކަށް ހަރަދުކުރަން.އަދި ކޮބާ ހައްޖު ޓޫރިޒަމް.މަގޭ އެކައުންޓަށްވެސް ޑޮލަރުކޮޅެއް ޖަމާކޮށްލަދީބަލަ ރަސްގެފާނު.ރަސްގެފާނަށް މާތްﷲ ބަރަކާތް ލައްވާށި އާމިން.
ރަދީފްކީ އުއްލޫކާ ޕައްޓާ
31 March 2020
ޏަތަންޔާހޫ އަށް ހަރަދުކުރިކަމަށް ސާބިތު ހެއްކެއް ނެތް
RadheefOfficial
01 April 2020
ލީކްވެފައިވާ ''ޕެނަމާ ޕޭޕާސް'' ގަ ބުނާގޮތުން 2005 ވަނަ އަހަރު ނަތަންޔާހޫގެ ކެމްޕެއިނަށް ސައުދީ ރަސްގެފާނު 80 މިލިއަން ޑޮލަރު ދެެއްވި.ސީރިއަން ސްޕެނިޝް ރައްޔިތެއްކަމުގައިވާ އެޔާދު ހަޔާލީ ކިޔާ މީހެއްގެ އެކައުންޓަށް މިބުނާ ފައިސާ ޖަމާކުރިކަމަށް އިޒްރޭލުގެ ކްނެސެޓްގެ މެމްބަރަކު ޔަގީންކޮށްދެއްވި.ސޯ ވަޓް!!؟؟ ވ.ވެދުން
ތިންމަގާމު
31 March 2020
އެހާބައިވަރު ލާރި ރަސްގެފާނު ހޯދީ ކޮންތާކުން
ޢަލްސައުދު
31 March 2020
ކަލޭއާ ކޮން ބެހޭ ކަމެއް؟
އިސްރޯ
31 March 2020
ބައްޕަގެ މުދަލުން. ބައްޕަ ހޯދީ އިސްތީލާއު ގެ ދަށުން. އިސްތީލާއު އަކީ އެއްވެސްމީހެއްގެ މިލްކުގައި ނެތް އެއްޗެކަށް ވެރިވެގަތުން. ރަސްގެފާނުގެ ބައްޕަ ހަނގުރާމަ ކޮށް ނަޖްދާ ހިޖާޒުގެ ބިންތަކަށް ވެރިވެގަތީ އެއިރު އެބިމުގައި ތިޚަޒާނާތައްހުރީ. އިނގިރޭސިން ރަސްގެފާނަށް އެހީވީ. ފައިސާ ހޯދިގޮތް އެނގިއްޖެނޫން.
އަލީ ބަލީ ބަނޑަށްބަލީ
31 March 2020
ޢަލްސައުދު... މަ ހީ ހީ ހަލާކު.. 100ގެ ކޮމެންޓެއް.