އިންޑިއާ ލޮކްޑައުންކޮށްފައިވާ އިރު ބޭރަށް ނުކުންނަ މީހުން ފުލުހުން ބަލަނީ. --ފޮޓޯ:އޭއެފްޕީ
31 މާޗް 2020 - 20:28
ނިއު ދިއްލީ (މާޗް 31) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިއާ މިހާރު ލޮކްޑައުންކޮށްފައި އޮތް 21 ދުވަހުގެ މުއްދަތު އިތުރު ކުރަން ނުވިސްނާ ކަމަށް ކެބިނެޓް ސެކްރެޓަރީ ރަޖީވް ގައުބާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ލޮކްޑައުން މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން ކެބިނެޓް ސެކްރެޓަރީ ވިދާޅުވީ އެފަދަ ޚަބަރުތައް ފެނުމުން ހައިރާންވާ ކަމަށާއި ލޮކްޑައުން މުއްދަތު އިތުރު ކުރުމުގެ އެއްވެސް ޕްލޭނެއް އަދި ނެތް ކަމަށެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާގައި 14 ގަޑިއިރަށް މާޗް 22 ގައި ކާފިއު ހިންގަވައިފަ އެވެ. އަދި މާޗް 25 އިން ފެށިގެން ތިން ހަފުތާ އަށް އިންޑިއާ ލޮކްޑައުން ކުރިކަން މޯދީ އިއުލާން ކުރެއްވީ 24 ވަނަ ދުވަހުގެ ރޭ ގައުމާ މުޚާތަބް ކުރައްވާ ދެއްވި ބަޔާނެއްގަ އެވެ.
އިންޑިއާގެ ލޮކްޑައުން މުއްދަތު ހަމަވާނީ އެޕްރީލް 14 ގަ އެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 1،251 މީހުން ޕޮޒިޓިވްވެ 32 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާހިލީ
31 March 2020
ލޮކްޑައުން މުއްދަތު އިތުރު ކުރާކަށް ނޫޅެޔޭ ބުނެފިއްޔާ ބަލާނެކަމެއްނެތް ، އިތުރުކުރާނެ! ރައްޔިތުން ބަސްއަހާތޯ ބަލަންވެގެން ތިގޮތައް 1 ދުވަހަށް ހިންގި ޖަނާތާކާރފިއުވެސް ބަދަލުވެގެން ދިޔައީ 3 ހަފްތާ ލޮކްޑައުންއަކަށް! ހުރިހާ ގެއްލުމެއް އާސަންގެފަރާތުން ބޭސްކޮށްނިމި މިތާ ތާށިވެފައިވާ ދިވެހިންނަށް، ހަލުވިކޮށް ވައިރަސްފެތުރެނީ، ޓެސްޓުކުރަނީ އެހާމަދުން، ހާލަތުގޯސްވުމުގެ ކުރިން ދިވެހިން ސަލާމަތުން އަނބުރާ ގައުމަށްގެނެސްދެއްވާ! ރޯދަމަސް އަންނަނީ!
ކަނބިލި
31 March 2020
އިންޑިއާ ފުރަބަންދަށް ލުމުން މައިގްރަންޓް ވަރކަރުންނަށް ދިމާވަފައިވާ ނިކަމެތިކަމާއި ހައިޖާނަށް އަލިއަޅުވާނި ނަމަ ޚަބަރު ފުރި ހަމަވިސް
ކަމަނަ 2
31 March 2020
މިވާހަކަ ލިޔާނެކަން ހީވެއްޖޭ...ލޮކްޑައުން ގެ ސަބަބުން އަމިއްލަ ގައުމުގެ އެކި އަވަށް ތަކުގައި ތާށި ވެފަ ތިބި މީހުން އަދި ހާލުގަ ޖެހިފަ ތިބި މީހުންގެ ވާހަކަ އެއީ ލިޔަން ނުވާ ބޮޑު ދޮގަކީ ބާ؟.....އެފަދަ ހަބަރުވެސް ލިޔުމުން އަނެކުންނަށް ލޮކްޑައުންގެ އަސަރުތަށް ބޮޑަށް އިނގޭނީ..
ހިގޮ
31 March 2020
ވަރަށް ރަގަޅު މޯދީ އަށް ސާބަސް ކޮންޑުރާމާ އެއްކުޅޭކަށް