އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓް. --ފޮޓޯ:ރޮއިޓާސް
01 އެޕްރީލް 2020 - 15:31
ގުއާމް (އެޕްރީލް 1) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އަވަސް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ މަނަވަރުގެ ކެޕްޓަން އެދިވަޑައިގެންފި އެވެ.
ގުއާމްގައި މިހާރު ޑޮކްކޮށްފައިވާ މަނަވަރުގައި 4،000 އަށް ވުރެ ފަޅުވެރިން އެބަތިއްބެވެ.
"އަހަރެމެން މި ތިބީ ހަނގުރާމައެއްގައެއް ނޫން. ފަޅުވެރިން މަރުވާން ދޫކޮށް ނުލެވޭނެ،" ޕެންޓަގަނަށް ފޮނުވި ސިޓީއެއްގައި ކެޕްޓަން ބްރެޓް ކްރޯޒިއާ ވިދާޅުވި އެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ގިނަ އަދަދެއްގެ މީހުން އެއް ތަނެއްގައި އުޅެން ޖެހިފައިވާ އިރު ބަލިވާ މީހުން އައިސޮލޭޓް ކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ކޮރޯނާވައިރަސް ފެތުރެމުން ދަނީ ވަރަށް ހަލުވިކަމާ އެކު. އަވަސް ފިޔަވަޅުތަކެއް ބޭނުންވޭ،" މާޗް 30 ގައި އޭނާ ފޮނުއްވި ސިޓީގައި އިންޒާރު ދެއްވާފައިވެ އެވެ.
މަނަވަރުން ޕޮޒިޓިވްވީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. ނަމަވެސް ކެޕްޓަންގެ ސިޓީ ފުރަތަމަ ރިޕޯޓްކުރި ސެން ފްރެންސިސްކޯ ކްރޮނިކަލް އިން ބުނެފައި ވަނީ މަނަވަރުގެ ގާތްގަނޑަކަށް 100 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓުގެ ފަޅުވެރިންގެ ރައްކާތެރި ކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 188،592 މީހުން ޕޮޒިޓިވްވެ 4،056 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުގެ ދޫ
02 April 2020
އެމެރިކާ މީހުން މިހާރު އުޅެން މިޖެހެނީ ޗައިނާ ފަހާދުވަން. އަޅެ ގަޅިކަންކަން ކެރެވިފަދޯ އޮންނާނީ އޭޝިޔާގެ ގައުމެއް އެމެރިކާ ސުޕަޕަވަރުގަ އޮށްވާ ކުރިހޯދީމާ. ޓުރަންޕުބޭއަށް ވެދުން ބިގުލީކޮށް!
falcon_autho
02 April 2020
އޭނާ ވިދާޅުވިކަމުގައިވެއެވެ. އަހަންނަށް އެނގޭ މި ވައިރަހުގެ ނުރައްކާކަން ކުރިންވެސް. އެހެންނަމަވެސް މިއީ ރަނގަޅުކަމެއްކަމަށް ވެދާނެ. އަހަރެން ނެގެޓިވް ކޮށް ނުދެކޭނަން. އަހަންނަކީ ޗިއަރ ލީޑަރު ވީމާ ޕޮޒިޓިވްކޮށް މިކަންވެސް ދެކޭނީ.
އަހުމަދުބޭ
01 April 2020
މިވައިރަސް އެމެރިކާ މީހުންނަށް އިމްތިހާނަކަށް ވާނެކަމަށް އުއްމީދު ކުރަން،
ބާބާ55
02 April 2020
ކިހިނެއް ތިބުނީ، ވަކި އެމީހުނަށް؟
ހިޔަޅު ބޯ
01 April 2020
ދަބަރު ޖަހާފައިވާ މަނަވަރު ތަކެއް ބޭނުމެއް ނެތެވެ. ތީއްޗެހި ކަނޑު ފައްތާފައި އެހެން ކަމަކާ އުޅެބަލަ. ބޮންތަކުން ބަޑިތަކުން މިސައިލް ތަކުން ވީކަމެއް ނެތެއް ނޫ..
މިސައިލް33
02 April 2020
އެބުނާހެން އަވަހަށް ވެކްސިނެއް ހޯދުނީމަތާދޯ. މިއުޅެނީ މިސްކިތްތަކަށްދާންދެން ބަންދުކޮށްގެން.