މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުގެ ކެޕްޓަންގެ މަގާމުން ދުރުކުރި ބްރެޓް ކްރޯޒިއާ. --ފޮޓޯ:ޑިފެންސް ޑިޕާޓްމަންޓް
04 އެޕްރީލް 2020 - 16:48
ގުއާމް (އެޕްރީލް 4) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އަވަސް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި ޕެންޓަގަނަށް ސިޓީ ފޮނުވުމުން ކެޕްޓަންގެ މަގާމުން ދުރުކުރި ބްރެޓް ކްރޯޒިއާ އެ މަނަވަރުން ފޭބި ވަގުތު ފަޅުވެރިންގެ ފަރާތުން ހޫނު ތަރުހީބެއް ދީފި އެވެ.
ގުއާމްގައި މިހާރު ޑޮކްކޮށްފައިވާ 4،000 ފަޅުވެރިން ތިބި މަނަވަރު ސަލާމަތްކޮށްދޭން އެދި ކެޕްޓަން ބްރެޓް ކްރޯޒިއާ މާޗް 30 ވަނަ ދުވަހު ފޮނުއްވި ސިޓީ ވަނީ ބައެއް މީޑިއާތަކަށް ލީކުވެފަ އެވެ. އެ ސިޓީގައި އޭނާ ވަނީ "އަހަރެމެން މި ތިބީ ހަނގުރާމައެއްގައި ނޫން ކަމަށާއި ފަޅުވެރިން މަރުވާން ދޫކޮށް ނުލެވޭނެ" ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސިޓީގައި އޭނާ ވަނީ ގިނަ އަދަދެއްގެ މީހުން އެއް ތަނެއްގައި އުޅެން ޖެހިފައިވާ އިރު ބަލިވާ މީހުން އައިސޮލޭޓް ކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެމެރިކާގެ އެކްޓިން ނޭވީ ސެކްރެޓަރީ ތޯމަސް މޮޑްލީ ވިދާޅުވީ ބްރެޓް ކްރޯޒިއާ އަކީ މަނަވަރެއް ލީޑް ކުރެވޭ ވަރުގެ ގާބިލްކަން ކުރި މީހެއް ނޫން ކަމަށާއި އޭނާގެ ޖަޖްމަންޓް މުޅިން ގޯސް ކަމަށެވެ.
ނަމަވެސް ރޫޒްވެލްޓުގެ ފަޅުވެރިން ވަނީ ކެޕްޓަނަށް އެ މީހުންގެ އިތުބާރު އޮތްކަން ހާމަކޮށްފަ އެވެ. ކެޕްޓަން ކްރޯޒިއާ މަނަވަރުން ފޭބި އިރު ހުރިހާ ފަޅުވެރިންހެން އެއްއަޑަކުން ދިޔައީ ކެޕްޓަންގެ ނަމުން ގޮވަމުންނެވެ. ކާރަށް އެރުމުގެ ކުރިން ކްރޯޒިއާ ވަނީ ހުރިހާ ފަޅުވެރިންނަށް އިޝާރާތްކޮށް ސެލިއުޓް ނަގައިފަ އެވެ.
މަނަވަރުން ގާތްގަނޑަކަށް 100 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށްވެ އެވެ. ޕެންޓަގަނުން މިހާރު ދަނީ މަނަވަރުގެ ފަޅުވެރިން ގުއާމުގައި ކަރަންޓީން ކުރަމުންނެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވީ މަނަވަރުން 1،000 މީހުން ގުއާމަށް ބާލާފައިވާ ކަމަށާއި އިތުރު މީހުން ވެސް ފަރުވާ އަށް ބާލާނެ ކަަމަށެވެ. ބާކީ ތިބި މީހުން ތިބޭނީ މަނަވަރު ބަލަހައްޓަން ކަމަށް އޭނާ ވިދާޅުވި އެވެ. މަނަވަރުގެ އެންމެން ޓެސްޓް ކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
މާޗް 28 ވަނަ ދުވަހު މަނަވަރު ގުއާމަށް ދިޔައީ ވިއެޓްނާމަށް ކުރި ފަސް ދުވަހުގެ ދަތުރަކަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިސާ ފައިސާ
05 April 2020
ޢެއީ ހަގީގީ ލީޑަރުންނަކީ.
ދޮން މަނިކު
05 April 2020
މިލިޔުމާއި އެކު ވީޑިއޯއެއް ލެވުނު ނަަމަ ރަނގޅުވީސް. ބައިވަރު ވީޑިއޯތަށް އެބަހުރި.
ހުއިފިލަނޑާ
04 April 2020
އެމެރިކާ މީހަކު ކަމެއްކޮށްފިއްޔާ ނޫސްތަކުގަ ޕުރޮޕެގެންޑާ ޖަހައިގެން މަޝްހޫރުވާނެ. އެހާވެސް އެމީހުންގެ މީޑިއާގެ ނުފޫޒުގަދަ. ޒިންބާބުވޭގެ ކުދިކުދި އަވަށްތަކުގަ ނެރޭ ނޫސްތަކުގަވެސް އެވާހަކަ އޮންނާނީ.
ސިޔާސީ ހާސަރު
04 April 2020
މީނާ މަޤާމުން ދުރުކުރެވުނީ ޕެންޓެގަންއަށް ސިޓީ ލިޔެގެނެއް ނޫން. އެސިޓީ ވޮޝިންޓަން ޕޯސްޓް އާއި ކަމާނުގުޅޭ އެތައް މީޑިއާއަކަށް އަދި އެހެން ފަރާތްތަކަށް ކޮޕީކޮށްގެން. އެސިޓީ ލީކްވީއަކީ ނޫން. މަނަވަރު ތިއޮޑޯ ރޫޒްވެލްޓު ކަހަލަ މުހިއްމު އުޅަނދެއްގައި ހުންނަ ކޮމާންޑަރެއްގެ ކިބައިން ފެނިގެންނުވާނެފަދަ ނުރަނގަޅު ޖަޖްމެންޓެއް މީނާޣެ ފަރާތުން ފެނިގެންދިޔައީ.
ކަކަކަކަ
05 April 2020
ކަލެޔަށް ބޮޑަށް އިގޭނީ ތިޔަބާވަތުގެ ކަންކަން.
ކްރޯޒިއާ
05 April 2020
ބަލަ ސިޓީ ފޮނުވީމަވެސް އެއްވެސް ގޮތަކަށް އަޅާނުލީމަ ހަމަ އަތް އުރާލައިގެން ހުންނަންވީބާ. އެއީ ލީޑަރޝިޕް ދެއްކުމައްޓަކައި އޭނާގެ ފަޅުވެރިންނަށް އޭނަ ވީ ޤުރުބާނީއެއް
ޙަބީބު
06 April 2020
ހައްގުބަސްބުނާ މީހާ ގޯސްވާނީ ރިސޯޓު މުވައްޒަފުންވެސް މިބުނަނީ ގައު މުގެ އިންޖީނަކީ އަހަރެ މެންނޭ ސިވިލްސާވަންޓުންނައްވުރެ މާހައްގުކަންބޮޑޭ ރޯދަ މަހު އެސްޓީއޯއިންދޭ ފިޔާ އަލުވި ކުކުޅުބިސް އަހަރެ މެންނައް ދިނިއްޔާ އަހަރެމެނައްވެސް މީރޭ ބުނާއިރައް މިހާ ނުލަފާ ބޯގޯސްބަޔަކު ނުތިބޭ
މުރާސިލް
04 April 2020
ޑިމޮކްރެޓިކްވީމަ ވާގުތް ކަމެއް ހަަމަކުރީމަ ބޭރުކުރީ