އިނގިރޭސި ވިލާތުގައި މަސައްކަތް ކުރި ޕާކިސްތާން ދަރިކޮޅުގެ މުސްލިމް ނާސް އަރީމާ ނަސްރީން. --ފޮޓޯ: ވޮލްސޯލް ހެލްތުކެއާ
05 އެޕްރީލް 2020 - 13:18
ލަންޑަން (އެޕްރީލް 5) - ހޮސްޕިޓަލް ސާފުކުރާ މީހެއްގެ ވަޒީފާގައި 15 އަހަރު އުޅުމަށް ފަހު ނަރުހަކަށްވުމަށް ކުރަމުން އައި އުއްމީދުތައް ހަގީގަތަކަށް ހެދި މުސްލިމް ނަރުހެއް ކަމަށްވާ އަރީމާ ނަސްރީން، ކޮވިޑް-19 ގައި ދުނިޔެ ދޫކުރުމުން އެތައް ބައެއްގެ ލޯތްބާއި ތައުރީފް އޭނާ އަށް ކުރަން ފަށައިފި އެވެ.
ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ތިން ކުދިންގެ މަންމައެއް ކަމަށްވާ ނަސްރީން އަކީ، އޭނާގެ ރަހުމަތްތެރިން ސިފަކުރި ގޮތުގައި، ވަރަށް ހިތްވަރުގަދަ، މަޖާ އަދި ހުޅުވިފައިވާ މިޒާޖެއްގެ މީހެކެވެ.
ކުރިން އެއްވެސް ބައްޔެއް ތަހަލްކުރުމެއް ނެތި، ކޮވިޑް-19 ޖެހިގެން ނަސްރީނާ އަށް ފަރުވާ ދިނީ ވަލްސޯލް މޮނާ ހޮސްޕިޓަލްގަ އެވެ. އެ ހޮސްޕިޓަލްގައި އޭނާ ވަނީ 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފަ އެވެ.
"އަރީމާ އަކީ ވަރަށް އާދަޔާޚިލާފު މީހެއް. ކޮންމެ މީހަކާ ވެސް އޭނާ ބައްދަލުކުރާނީ ހިނިތުންވުމާ އެކު،" ނަސްރީންއާ އެކު 16 އަހަރު އެކުގައި އުޅުނު މީހެއް ކަމަށްވާ ޝަބީނާ ކައުސަރު ބުންޏެވެ. "ރަހުމްތެރިންނަށްޓަކައި ކޮންމެ ކަމެއްވެސް އޭނާ ކޮށްދީފާނެ."
ނަސްރީންއާ އެކު ކިޔެވި ނާދިއާ ސާބީރު ބުނީ އެއީ ރަހުމަތްތެރިންނަށް ހިތްވަރުދީ އަދި މަޖާ މިޒާޖެއްގެ މީހެއް ކަމަށެވެ.
ނަސްރީން ދެކެމުން އައި އުއްމީދުތައް ހަގީގަތަކަށް ހަދައި ނާސިން އިން ގްރެޖުއޭޓްވީ 2019 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އޭގެ ފަހުން ސްޓާފް ނާސްއެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަން ފެށީ 15 އަހަރު ވަންދެން ސާފުކުރާ މީހެއްގެ ގޮތުގައި ވަޒީފާ އަދާކުރި ވޯޑުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Terry
07 April 2020
އާދަންބޭ އަދި 36 އެއީ މުސްކުޅިއެއްނޫން އެންމެ ފައްކާއުމުރު. އާދަންބެ ހާދަ ފަހަތުގެއޭދޯ . މަގޭއަންހެނުންވެސް ތިންކުދިންވިހާފި 36 މިހާރު . މިހާރު ކުރިއައްވުރެ ޒުވާން ހެންހީވަނީ
އާދަންބެ
08 April 2020
36 އަހަރުގެ 3 ކުދިން ތިބޭނީ، އެ މަންމަ ކިހާ މުސްކުޅިވީމާދޯ؟ ލިޔެފަ އޮތްގޮތުން މާނަ ކުރެވެނީ އެހެންދޯ. ?
އާދަންބެ
07 April 2020
އުމުރުން 36 އަހަރުގެ ތިންކުދިންގެ މަންމައެއް.... އެހެންވިއްޔާ ތި މަންމަ ހާދަ މުސްކުޅި ވާނެއޭދޯ؟?
ކޮރޮސް
07 April 2020
މީ ވަރަށް ބޭ އިންސާފު ކަމެއް. އެތަކެއް ނަރުހުންނާއި ޑޮކްޓަރުން ނެތިވެ ގޮސްފި މިކަމުގައި. އެމީހުންގެ މަތިން ހަދާން މޮކޮށް އެއްމެ މީހެއްގެ ނަން ނަގައިގެން ޖަޒުބާތު ވުމަކީ ދެން މަސައްކަތްކުރާ އެތްއް ހާސް ބަޔކަށް ބޭއިންސާފެއް.
ސަޢީދު
06 April 2020
އޭނާގެ މައްޗަށް މާތްﷲ ސުވަރުގޭގެދައި މީ ނިޢު މަތް މިންވަރު ކުރައްވާ އެ ޢާއިލާއަށް ކެއްތެރިކަންދެއްވާށި އާ މީން
މުރާސިލް
05 April 2020
ކޮމްމެ އެއްޗެއްގެ ވެސް އަގު އިގޭނީ ނެތި ދިޔައީމައެވެ، ސުވަރުގޭގެ ދާއިމީނިއުމަތް ދެއްވާށި އާިލާއަށް ކެތްތެރިކަން ދެއްވާށި
އަހްމަދ
05 April 2020
މާތްﷲ އެ މަރްހޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވާށި! އާމީން
ރަދީފްއޮފިޝިއަލް
05 April 2020
ލޯބި ނަރުހެއް.