އެމެރިކާގެ މެރީލޭންޑުން ބަލި މީހަކު ގެންދަން ތައްޔާރު ވަނީ: އެމެރިިކާ އިން މިހާތަނަށް ވަނީ 26,064 މީހުން މަރުވެފައި. --ފޮޓޯ:އޭއެފްޕީ
15 އެޕްރީލް 2020 - 12:19
ވޮޝިންޓަން (އެޕްރީލް 15) - ކޮވިޑް-19 ގައި އެމެރިކާ އިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 2،407 މީހުން މަރުވެއްޖެ އެވެ.
މިއީ އެމެރިކާ އިން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި މަހު 10 ވަނަ ދުވަހު އެވެ. އެ ދުވަހު މަރުވެފައި ވަނީ 2،035 މީހުންނެވެ. އެމެރިކާ އިން އިއްޔެ ވަނީ 26،945 މީހުން ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް އެންމެ ގިނަ މީހުން އެމެރިކާ އިން ޕޮޒިޓިވްވެފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 34،196 މީހުން ޕޮޒިޓިވްވެފަ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 614,246 މީހުން ޕޮޒިޓިވްވެ 26,064 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 38,820 މީހުންނެވެ. އެމެރިކާގައި ހާލަތު އެންމެ ގޯސް ނިއު ޔޯކުން ވަނީ 203،123 މީހުން ޕޮޒިޓިވްވެ 10،834 މީހުން މަރުވެފަ އެވެ.
މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 2,000,734 މީހުން ޕޮޒިޓިވެފަ އެވެ. މަރުވެފައި ވަނީ 126,776 މީހުންނެވެ. ރަނގަޅުވި މީހުންގެ އަދަދަކީ 484,781 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy