އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ރޭ ބޭއްވި ބައްދަލުވުމުގައި. --ފޮޓޯ:އޭއެފްޕީ
19 އެޕްރީލް 2020 - 17:38
ވޮޝިންޓަން (އެޕްރީލް 19) - ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެ މިއަދު އޮތް ހާލަތަށް ވެއްޓެން ޖެހުނީ ޗައިނާގެ ސަބަބުން ކަމަށާއި އެ ވައިރަހަކީ އެ ގައުމުން މާކުރިންސުރެ ވެސް ހުއްޓުވެން ޖެހޭނެ އެއްޗެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކޮރޯނާވައިރަހަކީ ޗައިނާ އަށް އެނގިގެންވީ ކަމެއް ނަމަ އެކަމުގެ އަގު އެ ގައުމުން އަދާކުރަން ޖެހޭނެ ކަމަށެވެ.
"މި ވައިރަސް ފެތުރުމުގެ ކުރިން ޗައިނާ އިން ހުއްޓުވަން ޖެހޭނެ. އެކަމަކު އެގޮތަށް ކަންތައް ކޮށްފައެއް ނުވޭ. އޭގެ ނަތީޖާ މިއަދު މުޅި ދުނިޔެ ތަހައްމަލު ކުރަމުން މިދަނީ،" ޓްރަމްޕް ވިދާޅުވި އެވެ.
ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ފެނުނު ވައިރަހުގެ އަގު ޗައިނާއިން އަދާކުރަން ޖެހޭނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ މިއީ ޗައިނާއަށް އެނގިގެން ހެދި ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
ޓްރަމްޕް ކުރިން ވަނީ ނޮވެލް ކޮރޯނާވައިރަހަކީ ވޫހާންގެ ލެބަކުން ދޫވި އެއްޗެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި އެކަމުގެ ތަހުގީގެއް ހިންގަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒާއޯ ލިޖިއަން ވިދާޅުވެފައި ވަނީ އެއީ އެމެރިކާ ސިފައިން ވޫހާން އަށް ދޫކުރި އެއްޗެއް ކަމަށެވެ.
ޓްރަމްޕް ވަނީ ކޮރޯނާވައިރަހުގައި މަރުވާ މީހުންގެ އަދަދާ ގުޅޭ ގޮތުން ވެސް ޗައިނާ އިން ހަދަނީ ދޮގު ކަމަށް ވިދާޅުވެފަ އެވެ.
"ޗައިނާ އިން ބުނަނީ ކޮންމެ 100،000 މީހަކަށް މަރުވެފައި ވަނީ 0.33 ޕަސެންޓް ކަމަށް. އެއީ ގަބޫލް ކުރެވޭނެ އަދަދެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ދެއްކެވި ޗާޓުގައިވާ ގޮތުން އެމެރިކާގައި ކޮންމެ 100،000 މީހަކަށް ވަނީ 11.24 ޕަސެންޓް މީހުން މަރުވެފަ އެވެ. ފްރާންސްގައި 27.92 ޕަސެންޓް އަދި ސްޕޭނުގައި 42.81 ޕަސެންޓް މީހުން މަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮރޯނާވައިރަހުގައި މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 2,347,887 މީހުން ޕޮޒިޓިވްވެ 161،138 މީހުން މަރުވެފަ އެވެ. އެމެރިކާ އިން ވަނީ 738,923 މީހުން ޕޮޒިޓިވްވެ 39،015 މީހުން މަރުވެފަ އެވެ. ޗައިނާ އިން ޕޮޒިޓިވްވީ 82,735 މީހުންނެވެ. އެ ގައުމުން މަރުވީ 4،632 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަދުރުއްނިހާނު
19 April 2020
ދުނިޔެއަށް މިހެންވީ ޗައިނާޔާހެދި، އެމެރިކާ އަށް މިހެންވީ ކަލޭ އާ ހެދި، ކަލޭ ވެސް ޗައިނާ ރައީސްވެސް އެއްގަލަކައް އަރާނެ މުސްލިމިން މަރަންވެއްޖެއްޔާ...
މަށެއްނޫން
19 April 2020
އަހަރެން ބުރަވަނީ މިއީ އެމެރިކާއާ ރަޝިއާ އަދި ޗައިނާއާ ދެމެދު ހިނގާ ބައިލޮޖިކަލް ހަނގުރާމައެއްގެ ގޮތުގަ މި ތިން ގައުމަށް މިވަގުތުވެސް މިކަން ކޮންޓްރޯލްކުރުމުގެ ގާބިލްކަން ލިބިގެންވާ.
ބޮޑުމީހާ
19 April 2020
ކަލޭ ފެބްރުއަރީ، މާޗު މަހުގަ ގޯލްފު ކުޅުނީ، ސިޔާސީ އިވެންޓު ބޭއްވީ، ލޮކްޑައުންއާއި ދެކޮޅު ހެދީ އެމެރިކާއަށް ވާ ހުރިހާ ގެއްލުމެއްގެ ޒިންމާ ކަލޭ ނަގަންޖެހޭ. މި ގައުމުގަވެސް އުޅޭނެ ތިކަހަލަ މީހެއް. ނަސީބަކުން އޭނަ އުޅެނީ ހިންގުމުގަ ދާއިރާގަ ނޫން
ބޯބުރާންތި
19 April 2020
ޓުރަމްޕު ތި މެސެޖް ކިޔާނެތަ؟
ރިހާކުރު ކިލެގެފާނު
19 April 2020
މަ ހީހީ ހަލާކުވެއްޖެ.
ކަރުދަދާ
19 April 2020
މުޅިއަކުން ގޯސް ވާހަކައެއްނޫން. ޗައިނާވެސް ގޯސް. ޑަބުލިއުއެޗްއޯވެސް ގޯސް. ޓުރަމްޕާއި ބޮރިސް އާއި އެލެކްސް ވެސް ގޯސް.
ފަލްނާރު
19 April 2020
ދެން އެމެރިކާގައި ނުހުއްޓުވީ ކީއްވެ...އެހެން ގައުމުތައް ނުކިޔާ އެމެރިކާ ކޮންޓްރޯލް ކުރިނަމަ ރަގަޅު..މީނަ ބުނީ ހޫނުމޫސުމް އަންނައިރަށް ނިމޭނޭ ކިޔާ އަޅާނުލީ...މީހަކު ބުނި ހުންއަންނާނެކަމަށް ރަޖާ ނުލާންވެސް..
އަލްޖިބްރާ
19 April 2020
މީނަ މިހާރު މިވިސްނަނީ ކިރިއާ ވަގުތެއް ލިބުނަސް ޗައިނާ ފުޑާލަން ! ޗައިނާގެ ބޮލުގައި ހުރިހާބަދުނާމެއް އަޅުވާފަ ދުނިޔޭގެ ހުރިހާ އަނިޔާވެރި އެންމެން މީނަގެ ބަހަށް ހެއްލުނީމަ ޗައިނާއަށް ހަމަލާދީ އެތަން ސުންނާފަތި ކޮށްލުން ! އޭރުން އިޤްތިސޯދީ ގޮތުން އެމެރިކާއަށްވުރެ ޗައިނާ ފަޤީރު ކޮށްލުން ! އިރާޤް ގައި ކެމިކަލް ހަތިޔާރު ހުރިކަމަށް ހަދާފަ އެތަނަށް ހަމަލާ ދީ އެތަންވެސް ސުންނާފަތި ކޮށްލީ ހަމަ މިކަހަލަ ދޮގު ހަދައިގެން ! އެކަމަކު އެކައްޗެއްވެސް ނުފެނުނު !
މެޑަމް ގަޒެލް
19 April 2020
ޗައިނާއާ ނުކުޅެވޭނެތީ ފުއްޕަފުއްޕަ އެހުންނަނީ ވާނޭކަމެއްނަމަ މިހާރު ފުނޑާލައިފީސް.
އުގުމާހުސެން
19 April 2020
ޓުރަމްޕެޓު މިހެން ބުނިޔަސް މިއީ ތެދެއް. 1911 ގައި ވެސް އުފެދުނު ބޮޑު ބަލި މަޑުކަމަކީ ހަމަ ޗައިނާއިން އުފެދުނު ކަމެއް. މިހެންގޮސް ސާސް ރޯގާ، ކޮވިޑް، ދޫނި ރޯގާ މިހެން ކިޔާނޭ ކަމެއް ނެތް. އޫރު މަހާ ތަފާތު ޖަނަވާރުތައް ހިތުހުރިހައި ގޮތަކަށް މަރާލައިގެން ކައި އުޅުމަކީ އެމީހުންގެ އާދައެއް، މިބައިމީހުން އިސްލާހުކުރަން މުޅި ދުނިޔެ ތެދުވަންޖެހޭ
ސްޕެނިޝް
19 April 2020
1918އިގެ "ސްޕެނިޝް ފްލޫ" އެއީ އެމެރިކާއެިން ފެތުރުނު އެއްޗެއް. 60 މިލިޔަން މީހުން މަރުވި. މިއިން ޒަމާނެއްގަވެސް އެއްމެ ގިނަ މީހުން މަރުވި ޕެންޑެމިކް އެއީ.
އަލީ ފާއިޱް
19 April 2020
އޫރުމަހާއި އެހެނިހެން ޖަނަވާރު ހިތު ހުރިގޮތަކަށް އެމީހުން ކައި އުޅޭތާ އެތަށް ސަތޭކަ އަހަރު ފާއިތުވެގެން ހިނގައްޱެ
ޖޯން
19 April 2020
ކޮންމެ މީހަކު ބުންޏަސް ތިޔައި ރަނގަޅުވާހަކައެއް. ދުނިޔެމަތީގައި އެމީހުން ނުކާއެއްވެސްއެއްޗެއްނެއް. ހީވަނީގަދަކންދައްކަންއުޅޭހެން. ގައުމުތަކަށްވީގެއްލުމުގެބަދަލު ޗައިނާއިން ހޯދަންޖެހޭނެ.
ނިރު
19 April 2020
ރައްޔެތުން ހިންހަމަޖައްސަން އެބަޖެހޭ ކޮންމެވެސް އެއްޗެއް ކިޔާގެން ކުރިޔަށް އޮތް އިންތިހާބް ކާމިޔާބް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން... ދުނިޔޭގަ އެންމެ ގިނަ މީހުންނަށް މިބަލިޖެހި އަދި މަރުވެފައި ވަނީ އެމެރިކާއިން... މިއީ ވަރަށް ބޮޑު ފެއިލިޔަރއެއް
އޭނަ މީނަ
19 April 2020
ޓްރަމްޕް އެބުނީ ގޯސް ވާހަކައެއްނޫން. އެމެރިކާއިން މީހުން އެންމެ ގިނައިން މަރުވެ އަދި ބަލި ޖެހުނީ ޓްރަމްޕްގެ ދޯހަޅި ސިޔާސަތުގެ ސަބަބުން. އެކަމަކު މިވައިރަސް މުޅި ދުނިޔެއަށް ފެތުރުނީ ޗައިނާގެ އިހުމާލުން. ނިކަން ވިސްނާލަބަލަ މިކަމުގެ މަޢުލޫމާތު ނުދީ މީތި އާދައިގެކޮށް ނަގައިގެން އުޅުމުގެ ސަބަބުން ހުބެއި ޕްރޮވިންސުން 7 މިލިޔަން މީހުން އެކިކަންކޮޅުތަކަށް ދިޔަ. މިއީ ވަރަށް ބޮޑު އިހުމާލެއް.