ޖަރުމަނުގެ ބާލިންގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކޮވިޑް-19 ގެ ބަލި މީހަކަށް ފަރުވެނީ. --ފޮޓޯ: ގެޓީ އިމޭޖަސް
23 އެޕްރީލް 2020 - 12:38
ބާލިން (އެޕްރީލް 23) - ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ބަޔޯއެންޓެކް އަދި އެމެރިކާގެ ފައިޒާ ކުންފުނި ގުޅިގެން އުފެއްދި ކޮވިޑް-19 ގެ ވެކްސިން އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރުމުގެ ފެހި ސިގްނަލް ދީފި އެވެ.
ޖަރުމަނުން އުފެއްދި އާ ވެކްސިން ޓެސްޓް ކުރާނީ އުމުރުން 18-55 އަހަރާ ދެމެދުގެ ސިއްހަތު ރަނގަޅު 200 މީހުން ބޭނުންކޮށްގެންނެވެ.
"ޖަރުމަނުގައި އުފެއްދި ވެކްސިންގެ ފުރަތަމަ ދިރާސާތައް ކުރެވޭކަމީ ވަރަށް ބޮޑު ކުރިއެރުމެއް،" ޖަރުމަނުގެ ހެލްތު މިނިސްޓަރު ޖެންސް ސްޕާ ވިދާޅުވި އެވެ. "މިއީ ހަށިގަނޑަށް ޖަހާ އިންޖެކްޝަނަކަށް ވާތީ ވެކްސިންގެ ގައިޑްލައިނުގައި އެންމެ އިސްކަން ދީފައިވާނީ ސަލާމަތާއި ރައްކާތެރި ކަމަށް."
އޭނާ ވިދާޅުވީ ޓެސްޓްތައް ކުރި ނަމަވެސް ބަލީގެ ވެކްސިނެއް ލިބެން އަދި މަސްތަކެއް ނަގާނެ ކަމަށެވެ.
ކޮވިޑް-19 ގެ ވެކްސިންގެ، އިންސާނުން ބޭނުންކޮށްގެން ހަދާ ޓެސްޓްތައް ބުރާސްފަތި ދުވަހު ފަށަން އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ސައެންސްވެރިން ވެސް މިހާރު ވަނީ ތައްޔާރުވެފަ އެވެ. ކޮރޯނާވައިރަހުގެ ވެކްސިން އަންނަ ސެޕްޓެމްބަރު މަސް ހިސާބުގައި ލިބޭވަރު ވާނެ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރަކު ވަނީ ވިދާޅުވެފަ އެވެ. އެމެރިކާ އާއި ޗައިނާގައި ވެސް މިހާރު ދަނީ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގެ ކްނިކަލް ޓެސްޓްތައް ކުރަމުންނެވެ.
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ 80 އަށް ވުރެ ގިނަ ގްރޫޕުން ދަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިކިލެގެފާނު
24 April 2020
އެއް ބޭހެއް ފެއިލްވެއްޖެ....އެއީ ޓްރަމްޕް ބުނި ބޭހެއް