ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ.
08 މެއި 2020 - 13:47
ނިއު ޔޯކް (މެއި 8) - ކޮރޯނާވައިރަހާ ގުޅިގެން މާލީ ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކުން ކުލި ނުދެއްކުނަސް ގެއިން ބޭރު ނުކޮށްލެވޭ މުއްދަތު އަންނަ އޮގަސްޓް 20 އަށް އިތުރުކޮށްފައިވާ ކަމަށް ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޯ ކޫމޯ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު އުއްމީދު ކުރަން އާއިލާތަކަށް މިހާރު ހަމަނޭވާއެއް ލެވޭނެ ކަމަށް. އަޅުގަނޑުމެން ބެލީ މި ހާލަތުގައި އެންމެ ނާޒުކް މީހުން ހިމާޔަތް ކުރެވޭތޯ،" ކޫމޯ ވިދާޅުވި އެވެ. "ކުޑަ ކުދިންނާއި އާއިލާތައް މަގުމަތިވާތަން ދެކެން ބޭނުމެއް ނުވޭ."
ކުލި ނުދެއްކުނަސް ގެއިން ބޭރު ނުކޮށްލެވޭ ގޮތް ކޫމޯ އެންމެ ފުރަތަމަ ހެއްދެވީ މާޗް މަހު އެވެ. އެ މުއްދަތު ޖޫން މަހު ހަމަވާތީ އަނެއްކާ ވެސް ވަނީ ދެ މަސް އިތުރު ކުރައްވައިފަ އެވެ.
ޔުޓިލިޓީ ބިލްތަކާއި މޯގޭޖަށް ފައިސާ ދައްކަން ބޭނުންވާ ގޭގޭގެ ވެރިންނަށް ރިލީފް ޕްރޮގްރާމްތަކުގެ ދަށުން އެކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ކޫމޯ ވިދާޅުވި އެވެ.
އެމެރިކާގައި ކޮރޯނާވައިރަހުގެ ހާލަތު އެންމެ ގޯސް ނިއު ޔޯކުގައި ވަޒީފާ ނެތް މީހުންގެ ރޭޓް ވަނީ 22 ޕަސެންޓަށް އަރައިފަ އެވެ. އަދި ކުލި ނުދެއްކިގެން އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
08 May 2020
ކޮބާ މިގައުމުގަ އޮތް ސާފު މެޖޯރިޓީ މަޖްލިސް؟
ކުލިބ
08 May 2020
ނިއުޔޯރކުގަ ކުލި ނުދެއްކުނަސް ނުނެރެވޭނެ. ރަނގަޅު ވާހަކައެއް.. އެތާނގަ ކުލި ކުޑަވެސް ކޮށްދީފި. ރަނގަޅު ވާހަކައެއް. އެކަމަކު ކުަޑަކުރި ކުއްޔާއި، ނުދެއްކުނު ކުލި ފަހުން ދައްކަންޖެހޭ. މިރާއްޖޭގަ ވަކާލާތުކުރަނީ އެހެންގޮތަކަށް.
ވިލާ އިބްރާހީމް
08 May 2020
މިރާއްޖޭގައިވެސް ކުލިނުދެއްކުނަސް ގޭން ނުނެރޭވޭގޮތް ހަދަންވީ ގޭގެ ވެރިފަރާތައް އެކަމުގެ ގެއްލުންނުވާގޮތް ސަރުކާރުން ހަމަޖައްސައިދީފަ. ހަމަލިއުމެއްފެންނައިރަށް ތެޅިގަންނަންތިތިބެނީ
ބައިސްކަލްު
08 May 2020
އެމެރިކާގައި ކުއްޔަށް ގިނަބަޔަކު އުޅެނީ ވެރިރަށުގައެއްނޫން، އާބާދީގެ 5 ޕަސެންޓު އުޅެނީ އެކި ރަށްރަށުގަ ކުއްޔަށް. ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބައި މާލޭގަބީލާމެންގެ ކުލީއަޅުވެތިކަމުގަ.
ގަބީލާ
09 May 2020
ހިލޭ މާލެގައި ނޫޅެވޭނެ.. އެމީހެއްގެ ރަށުގައިވެސް ގޯތި ގެދޮރު ނެތިފައި ވަންނާނެ ގެއެއް ނެއްމީހާ އަމިއްލަ ރަށުގައިވެސް އުޅެން ޖެހޭނީ ކުއްޔައް..މާލޭ ގަބީލާ ކިޔައިގެން ވާހަކަ ނުދައްކާ އެމެރިކާ ގަބީލާ އަށްދާން ވީނު ބައިސިކަލް..
ހުސޭ ނުއަލީ
08 May 2020
މި ގައުމުގެ ސަރުކާރުން މިބުނަނީ ކުއްޔަކީ ގޭގެ ވެރިފަރާތުގެ ކަމެކޭ.. ތިމަންނާމެންނަށް ކުރެވޭނެ ކަމެއް ނެތޭ..
ފަޅޯ ދަނޑު އައިޝާ
08 May 2020
ހާއްސަކޮށް ރައީސް ނަޝީދު، ބުނަނީ ކުލިނުދެއްކެންޏާ ރަށަށް ދާށޭ.
ސާބަސްދެން
08 May 2020
މިލިޔުން ޖަހަން ކެރުނޒިތީ މިނޫހަށް ސާބަސްދެން. މިޢީ މިރާއްޖެއަށް ނިއު ނޮލެޖް. ބައެއް މީހުން ހީކުރަނީ މިއީ މުޅީން އާކަ މެއް ކަ މަށް. ނުކުރެވޭނެ ކަ މެއް ކަ މަށް.
journalist
08 May 2020
ޚަބަރެއްގެ އެއްބައި ގެނެސްދިނުމަކީ ވަރަށް ދެރަވަރު ކަމެއް، ބޭރުގެ ނޫސްތަކުގައި މި ޚަބަރު ގެނެސްދިން އިރު އޮވޭ، ފަހުން ނަމަވެސް ކުލި ދައްކާ ޙަލާސްކުރަން ޖެހޭނެކަމަށް... މި ޤައުމުގައި އެ ވާހަކަ ދައްކާނެ މީހަކު ނެތް!
ސަންޕަ ހަސަންފުޅު
08 May 2020
މަޖުލީހުގެ ރައީސް އެބަޖެހޭ މިކަމަށް ސަންސެޓު ގާނޫނެއް ގެންނަން. އަދިވެސް އެވެރިން ގާނޫނު ގެނެވޭތޯ ބަލަނީ ބާކާރުކަންކަމަށް. މިދުވަސްކޮޅުގެ ހާލަތަށް ރިއާޔަތްކުރާ ގާނޫނުތަކެއް މިދުވަސްކޮޅަށް ބޭނުންވަނީ.
އާރީ
08 May 2020
ރާއްޖޭގަ އެކަންޏެއް ނޫން ދޯ ކުލި ނުދެއްކިގެން ގެއިން ނެރެލާ މަންސަލަ ދިމާވެގެން މިއުޅެނި. އޮންލައިން ކޮށް މަޖިލިސް ބާންވައިގެން ވެސް މިކަމަށް ހައްލެއް ނުހޯދެވުނި ވިއްޔާ
ޣުރައ
08 May 2020
ކުލިނުދައްކައިގެން ނެރޭ މީހުން އެގެއިންނެރެްޖެހޭ