އީރާނުގެ ތެޔޮ ޓޭންކަރެއް ވެނެޒުއެލާ އަށް ދިއުމަށްޓަކައި ޖިބްރޯލްޓާ ކަނޑުއޮޅިން މިމަ މަހު 20 ވަނަ ދުވަހު ދަތުރުކޮށްފައި ދަނީ. --ފޮޓޯ:އޭޕީ
25 މެއި 2020 - 13:01
ތެހެރާން (މެއި 25) - ވެނެޒުއެލާ އަށް ދިމާވެފައިވާ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެ ގައުމަށް ތެޔޮ ހިފައިގެން ދިޔަ އީރާނުގެ ޓޭންކަރު ވެނެޒުއެލާގެ ކަނޑުގެ ސަރަހައްދަށް އިއްޔެ ވަދެއްޖެ އެވެ.
ކުރިން ބެލެވެފައި ވަނީ އެ ޓޭންކަރަށް އެމެރިކާ އިން ހުރަސް އަޅާނެ ކަމަށެވެ. ނަމަވެސް ވެނެޒުއެލާގެ އިގްތިސާދީ ސަރަހައްދަށް ޓޭންކަރު ވަން އިރު އެމެރިކާގެ އެއްވެސް އުނދަގުލެއް ފޯރައިފައެއް ނުވެ އެވެ. އީރާނުގެ ޓޭންކަރު ވެނެޒުއެލާގެ ސަރަހައްދަށް ވަދެފައި ވަނީ ބޮލީވިއާގެ ކަނޑުގެ ސިފައިންގެ އެހީގަ އެވެ.
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެފައި ވަނީ އެ ގައުމުގެ އިގްތިސާދީ ސަރަހައްދަށް އީރާނުގެ ޓޭންކަރު ވަނުމާ އެކު ހިމާޔަތް ދިނުމަށް އޭނާގެ ލަޝްކަރު އޮތީ ތައްޔާރަށް ކަަމަށެވެ. އެ ޓޭންކަރުގައި އެއް މިލިއަން ފީފާ ތެޔޮ ގެންދާނެ އެވެ.
އީރާނުގެ އިތުރު ހަތަރު ޓޭންކަރު ވެނެޒުއެލާ އަށް ތެޔޮ ހިފައިގެން އަދި ދާނެ އެވެ.
ވެނެޒުއެލާ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ގައުމު ނަމަވެސް ސާފުކޮށްފައިވާ ތެލުގެ ދަތިކަން އެ ގައުމަށް ވަނީ ކުރިމަތިވެފަ އެވެ.
ވެނެޒުއެލާ އަށް އީރާނުން ތެޔޮ އުފުލާފައި މި ވަނީ އެ ދެ ގައުމާ ދެކޮޅަށް ވެސް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި ވަނިކޮށެވެ. އެމެރިކާގެ ސީނިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެ ދެ ގައުމާ ދެކޮޅަށް ވެސް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.
އެމެރިކާ އިން ދާދި ފަހުން ވަނީ ކެރީބިއަން އަށް އިތުރު އަސްކަރީ އުޅަނދުތައް ޖަމާކޮށް ސަލާމަތީ އޮޕަރޭޝަނެއް ފަށައިފަ އެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ހޮނިހިރު ދުވަހު ވަނީ އެ ގައުމުގެ ތެޔޮ ޓޭންކަރުތައް ކެރީބިއަން ކަނޑު ހުރަސްކޮށް ވެނެޒުއެލާ އަށް ދަތުރުކުރާ އިރު އެމެރިކާ އިން އުނދަގޫ ނުކުރުމަށް އިންޒާރު ދެއްވައިފަ އެވެ. އަދި ޓޭންކަރުތަކަށް އެމެރިކާ އިން ހަމަލާ ދީފި ނަމަ ރައްދު ދޭނެ ކަމަށް ރޫހާނީ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަންދަރު
26 May 2020
އީރާނަށް އީރާނުގެ ސިޔާސަތަށް ލިބުނުު ވަރަށް ބޮޑު ކާމިޔާބީއެއް
ޑލޮއި12
26 May 2020
ތީހަމަ ރާއްޖެއައް ކަޑުމަސް އެތެރެކުރުން ކަހަލަކަމެއް
ބަބުރުލް ސަލީމް
25 May 2020
ސާބަހޭ. އިރާނު ހަބޭސް.
ވާނުވާ.
25 May 2020
ތިޔައް ކިޔެނީ ބަސަރާއައް ކަ ދުރު ވިއްކުން...
ނިރު
25 May 2020
އެމެރިކާއަކީ މިހާރު ބަލިކަށި ޤައުމެއް ކަށީގަ ނެތް ހިތްވަރު ދައްކާގެން އެއުޅެނީ
ނިރު
25 May 2020
އެމެރިކާއަކީ މިހާރު ބަލިކަށި ޤައުމެއް ކަށީގަ ނެތް ހިތްވަރު ދައްކާގެން އެއުޅެނީ