ވައިޓް ހައުސްގެ ބޭރުގައި ހަމަނުޖެހުން ހިންގި މީހުން ކޮންޓްރޯލް ކުރުމަށް މިލިޓަރީ ޕޮލިސް ތައްޔާރީ ހާލަތުގައި. --ފޮޓޯ:އޭއެފްޕީ
31 މެއި 2020 - 11:59
ވޮޝިންޓަން (މެއި 31) - ފުލުހުންގެ ހައްޔަރަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރާލުމާ ގުޅިގެން އެމެރިކާގެ އެކި ސިޓީތަކުގައި ހިންގަމުން ގެންދާ ހަމަނުޖެހުންތައް ފުޅާވުމުން ބައެއް ސިޓީތަކުގައި ކާފިއު އިއުލާންކޮށްފި އެވެ.
އުމުރުން 46 އަހަރުގެ ފްލޮއިޑް މަރުވެފައި ވަނީ މިނިއާޕޮލިސްގައި ފުލުހުން އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ހޯމަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ކަރަށް ކަކުލުން އަރައިގެން ހުރި ދޮން ނަސްލުގެ ފުލުސް މީހާ ޑެރެކް ޗައުވިން، 44، މިހާރު ވަނީ މަގާމުން ވަކިކޮށް، މީހަކު މެރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލައިފަ އެވެ.
ޖޯޖް ފްލޮއިޑުގެ މަރާ ގުޅިގެން ވޮޝިންޓަނުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ 30 އަށް ވުރެ ގިނަ ސިޓީ އަށް މިހާރު ވަނީ ހަމަނުޖެހުންތައް ފެތުރިފަ އެވެ. ޝިކާގޯގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ވެސް ބޭނުން ކުރަން ޖެހިފަ އެވެ. އެތައް ބަޔަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. ލޮސް އެންޖަލްސްގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ވަނީ ރަބަރު ވަޒަން ބޭނުން ކުރަން ޖެހިފަ އެވެ. ވޮޝިންޓަނުގައި ވައިޓް ހައުސް ބޭރުގައި ވެސް އެތައް ބަޔަކު ވަނީ މުޒާހަރާ ކޮށްފަ އެވެ. އެޓްލާންޓާ އާއި ޖޯޖިއާގައި ހަމަނުޖެހުންތައް ބޮޑުވެ އިމާރާތްތަކަށް ގެއްލުންދޭން ފެށުމުން ބައެއް ސަރަހައްދުތަކުގައި ވަނީ ކުއްލި ނުރައްކާ އިއުލާންކޮށްފަ އެވެ. މިނިއާޕޮލިސް، ނިއު ޔޯކް، މިއާމީ އަދި ފިލަޑެލްފިއާގެ މަގުތަކަށް ވެސް އެތައް ހާސް ބަޔަކު ނުކުމެ ވަނީ އިހުތިޖާޖްކޮށްފަ އެވެ.
ވައިޓް ހައުސްގެ ބޭރުގައި ހަމަނުޖެހުން ހިންގި މީހުން ފުލުހުންނާ ކުރިމަތި ލަނީ. --ފޮޓޯ:އޭއެފްޕީ
ހަމަނުޖެހުންތައް ބޮޑުވުމުން މިނިއާޕޮލިސް، އެޓްލާންޓާ، ލޮސް އެންޖަލްސް، ފިލަޑެލްފިއާ، ޕޯޓްލޭންޑްގައި ވަނީ ކާފިއު ހިންގައިފަ އެވެ. ނަމަވެސް ކާފިއު އަށް ބެލުމެއް ނެތި މީހުން ވަނީ މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގައިފަ އެވެ. މިނިއާޕޮލިސްގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ހުކުރު ދުވަހު ވަނީ ނޭޝަނަލް ގާޑުގެ ސިފައިން ވެސް ނެރެން ޖެހިފަ އެވެ.
ކަޅު ނަސްލުމުގެ 46 އަހަރުގެ ޖޯޖް ފްލޮއިޑް މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހާ ޑެރެކް ޗައުވިން ވަނީ ފްލޮއިޑް ވައްޓާލައި ބާއްވައިގެން ކަކުލުން ކަރަށް އަރައިފަ އެވެ. އެ ހާދިސާގެ ވީޑިއޯ ފުޓޭޖް ވަނީ އާއްމުވެފަ އެވެ. އޭރު ފްލޮއިޑް ދިޔައީ އޭނާ ހާސްވެގެން މަރުވަނީ ކަމަށް ގޮވަމުންނެވެ. ފޭކް ނޫޓްތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް ފްލޮއިޑް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލުމާ ގުޅިގެން އިތުރު ތިން ފުލުހަކު ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
31 May 2020
ދެން މާދަމާ ދިވެހިރާއްޖެއިން ޝާހިދު ނެރޭނެ ބަޔާނެއް, އެނެރިކާއަކީ މުޅިދުނިޔޭގަ އޮތް އެންމެ ސުލްހަވެރިޤައުމޭ ކިޔާފަ. ދެން އަތްޖަހާ
ޑައިރީ45ތ
31 May 2020
މިހާރު މިހިގާ ކަމަކާ ޑިމުކުރަސީ އަކާ އެއްވެސް ގުޅުމެއްނެއް. އެމެރިކާ އަކީ ހަމަނުޖެހުމެއްގެ ތެރެއިންގޮސް ހަގުރާމެކޮއް އިގިރޭސިން އަތުން މިނިވަންވި ގައުމެއް. ބޮސްޓަން ޓީޕާޓީ ގޫގަލް ކޮއްލަބަލަ.
ހުޅަނގުގެ ތަހުޒީބު
31 May 2020
ތަހުޒީބު ސޮސައިޓީ އެމެރިކާ 2020
ކެންޑްރިކް
31 May 2020
ޖޯޖް ފްލޮއިޑް!!!! ކަޅެއް ދޮނެއް ކިއާނެ ކަމެއް ނެތް.
ސަފާރީ
31 May 2020
ރާއްޖޭގަ މިފަދަ ހާދިސާއެއް ހިގުމުގެ ކުރިން ފުލުހުންނަކީ ނަފުސާނީ ގޮތުން ދުޅަހެޔޮ ބައެއްތޯ ކަޝަވަރު ކުރަން މުއައްސަސާތަކަށް ގޮވާލަން.މިކަހަލަ ރަހުމްކުޑަ އަމަލުތައް ހިންގަނީ ނަފުސާނީ ގޮތުން ވަރަށް ބަލިކަށި މީހުން.
ޝަރީފް1
31 May 2020
އަދި ކިރިޔާ އެތަނަށް ޑިމޮކުރަސީ އަންނަން އުޅެނީ އައުމުން ހަމަނުޖެހުން އުފިދި އެންމެފަހުން ޤައުމު ފުނޑު ފުނޑު ވާނީ މިސާލަކަށް އިސްލާމީ ބައެއްޤައުމުތަށް
ލަބީބު
31 May 2020
ކަޅު މީހާއޭ؟ އެއީ ނަމެއް އޮންނަ މީހެއް ނޫނީތަ؟ ކުރު މީހާ، ފަލަ މީހާ، ދޮން މީހާ، ދިގު މީހާ؟؟؟
ސަންފާ
02 June 2020
ރޭސިސްޓް ގައުމެއް މިވެސް.
ޢެހެންތަ
31 May 2020
އެމެރިކާގައި ކޮވިޑް 19 ޑަބަލްވާނެ.
ހަރީރާފުޅު
31 May 2020
ވަރަށް އަނިޔާވެރިކޮށް އެދޮންމީހާ ކަޅުމީހާ ގެ ކަރަށް ކަކުލުން ފިއްތަމުން ދިޔައިރު ޖީބައް އަތްކޮއްފައިގެން ބާރުކުރަމުންދާ ކަން ބަލަންތިބިމީހުންނަށް ނެގޭނެކަމަށް. ޓްރަމްޕް އަދި މޯދީ ޖެހޭނީ ބޭރުކުރަން.
ދަންނަ ނުދަންނަ
31 May 2020
ޑިމޮކްރަސީއަކީ ނަސްލީ ތަފާތުކުރުމާއި މޮޅުމީހާއަށް މޮޅު ގޮތް ހެދުމާއި ދައުލަތުން ވައްކަންކުރުން. މުޅި ދުނިޔޭގައި ޑިމޮކްރަސީގެ ނަމުގައި މިހިންގަނީ މި ޖަރީމާ. ނަމުން ރީތިނަމަވެސް ކަމުން ހަޑިހުތުރު ކަމުގެ އިންތިހާ.
ީލޮއްބެ
31 May 2020
ބަރާބަރު ވާހަކައެއް. އެބަވިސްނޭ.