ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅެނީ އެސްޓްރާޒެނިކާ. --ފޮޓޯ: ޕީއޭ މީޑިއާ
27 ޖޫން 2020 - 12:07
ޖެނީވާ (ޖޫން 27) - ކޮވިޑް- 19 އަށް ވެކްސިނެއް އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ އެސްޓްރާޒެނިކާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯގެ ޗީފް ސައެންޓިސްޓް ސޫމްޔާ ސްވަމިނަތަން ވިދާޅުވީ އެމެރިކާގެ މޮޑާނާ އިން އުފައްދާ ވެކްސިން ވެސް އުޅެނީ "މާ ފަހަތުގައި ނޫން" ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުން 200 އަށް ވުރެ ގިނަ ކުންފުނިން މިހާރު އަންނަނީ ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން 15 ވެކްސިނެއް ވަނީ ކްލިނިކަލް ޓްރަޔަލްގެ މަރުހަލާގަ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގައި ޗައިނާގެ ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެސްޓްރާޒެނިކާ އަކީ ސްވިޑަންގެ އެސްޓްރާ އާއި އިނގިރޭސިވިލާތުގެ ޒެނިކާ ކުންފުނި 1999 ވަނަ އަހަރު އެއްކޮށްލައިގެން އުފެއްދި ކުންފުންޏެކެވެ. ވެކްސިން އުފެއްދުމުގައި އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މަސައްކަތް ކުރަމުން އަންނަނީ އެސްޓްރާޒެނިކާއާ އެކު އެވެ.
އެތައް ސަތޭކަ ވޮލަންޓިއަރުންނާ އެކު އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިންގެ ޓްރަޔަލްތައް ފަށާފައި ވަނީ އެޕްރީލް މަހު އެވެ. އެ ޓްރަޔަލްތައް މިހާރު ވަނީ 10،000 މީހުންނަށް ފުޅާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމަގޭ ހިޔާލު
27 June 2020
ކޮބާ ކުރިއެރުމަކީ ޑަބްލިއުއެޗްއޯގެ ބޮޑުމީހާ މިއަދު އެވިދާޅުވީ އަހަރެއްވިއަސް އަދި ތިކަމެއް ވާކަށްނެތޭ
ކެއްބަލި
27 June 2020
އަވަސް ކޮށް ބަލަ.ދެން ލޮކްޑައުންގައި ތިބެވޭކަށް ނެތެވެ.