ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ޓޫރިސްޓުންނަށް ހުޅުވާލީ އޮގަސްޓް 15 ގެ ފަހުން.
29 ޖޫން 2020 - 15:05
ކޮލަމްބޯ (ޖޫން 29) - ސްރީ ލަންކާގައި ކޮރޯނާވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑެއް އެޕްރީލް 30 އިން ފެށިގެން ނެތް ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
އޮފިޝަލުން ބުނީ ލަންކާ އިން ޕޮޒިޓިވް ކޭސްގެ ގޮތުގައި މިހާރު ފެންނަނީ ޚާއްސަ ފްލައިޓްތަކުގައި މެދުއިރުމަތީގެ ގައުމުތަކުން ގެނެސް، ކަރަންޓީނުގައި ތިބި މީހުން ކަމަށެވެ. ލަންކާގެ ނޭވީ ކޭމްޕެއްގައި ފެތުރެން ފެށި ކްލަސްޓާތައް ވެސް މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. ނަމަވެސް ނޭވީ ކޭމްޕް އަދިވެސް ވަނީ ލޮކްޑައުންކޮށްފަ އެވެ.
"ލަންކާގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް ނެތް. ވެކިސަރަ ނޭވީ ކޭމްޕުގެ ކޭސްތައް ވެސް މިހާރު ވަނީ ކޮންޓްރޯލްކޮށްފައި،" ސިއްހީ އޮފިޝަލުން އޭއެފްޕީ އަށް ބުންޏެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލަންކާގައި އިއުލާންކުރި ކާފިއު އިއްޔެ އިން ފެށިގެން ވަނީ އުވާލައިފަ އެވެ. މާޗު 20 ގައި އިއުލާންކުރި ލޮކްޑައުން އުފާލާފައި ވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
ލަންކާގެ ކާފިއު އުވާލި ނަމަވެސް ބޯޑަރު މާއަވަހަށް ހުޅުވާލަން އަދި ނިންމައިފައެއް ނުވެ އެވެ. ކަތުނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް އޮގަސްޓް 1 ގައި ޓޫރިސްޓުންނަށް ހުޅުވާލަން ކުރިން ނިންމި ނަމަވެސް މިހާރު ވަނީ އޮގަސްޓް 15 ނުވަތަ އޮގަސްޓް މަހު ފަހުކޮޅަށް ފަސްކޮށްފައި ކަމަށް ޓޫރިޒަމް އެންޑް އޭވިއޭޝަން މިނިސްޓަރު ޕްރަސާނާ ރަނަތުންގާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސްރީ ލަންކާ އިން ބޭރުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ގައުމަށް އެނބުރި އަންނަން ބޭނުވާ ކަމަށާއި އެ މީހުން ދަތުރުކުރާ ފްލައިޓްތަކަށް އެއާޕޯޓުން ޖާގަ ދޭން ޖެހޭ ކަމަށެވެ.
އާބާދީގައި 21 މިލިއަން މީހުން ހިމެނޭ ލަންކާ އިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 2،037 މީހުންނެވެ. އެގާރަ މީހުން މަރުވެފައިވެ އެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ ހަތަރު މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާބީ
30 June 2020
ރާއްޖޭގެ ބޯޑަރު ހުޅުވަން ޖެހެނީ ރިސޯޓު އޯނަރުން ބަޑަށްޖެހިގެން.އެމީހުންނަށް ޓަކާ.ސަރުކާރުން ފްލައިޓް ތަކަށް ހިލޭ ތެޔޮ އަޅައިދީގެން، ހިދުމަތްތައް ހިލޭ ދީގެން ގެސްޓުން ގެނެސްދީ،އަދި ނުވިތާކަށް ރިސޯޓު ކުށްޔާ ޓެކްސް މާފު ކޮށްފަ ތިބުނާ ބޯޑަރެއް ހުޅުވަނީ .. މީވާ މުއްސަނދި ސަރުކާރެއް
ގަޓް ބްރޯ
29 June 2020
ހަގީގީ ޒިންމާދާރުކަމަކީ މިއީ. 21 މިލިއަން މީހުންގެ އާބާދީ އަކާ އަޅާބަލާއިރު ޕޮޒިޓިވް ކޭސްތައް މި ކުޑަކުޑަ މީސްކޮޅު މަދު ރާއްޖެއަށްވުރެވެސް މާ މަދު. އަދި އަލަށް ޕޮޒިޓިވް ކޭސްތައް ފެންނަލެއްވެސް މާ ބޮޑުތަން މަދު. އެހެންކަމާއެކުވެސް އެގައުމުން އިސްކަން އެދެނީ ރައްޔިތުންނާ ގައުމުގެ ސަލާމަތަށް. އޭގެ ބަދަލުގަ ރާއްޖެއަށް މަޖުބޫރުވެފަ މިއޮތީ އަވަހަށް ބޯޑަރ ހުޅުވާލާ ބްރެޒީލް އާ އެމެރިކާ އިން ނަމަވެސް ފަތުރުވެރިން ގެނެވޭތޯ އުޅެން. ކިހާ ދެރަކަމެއް!!
ގަޓްބުރޯސަން
29 June 2020
ސްރީ ލަންކާގައި އެކަށީގެންވާ ވަރަށް ޓެސްޓެއް ނުކުރޭ. ކުރަނީ ރާއްޖޭގައި ކުރާ މިންވަރުގެ ހަތްގުނަ ކުޑަކޮށް. އެހެންވީމާ ކޭސްތަކެއް ނުފެންނާނެ. ރާއްޖޭގައި ޓެސްޓް ނުކުރަންޏާ ކޭސްއެއް ނުފެންނާނެ. ޓްރަމްޕްކަލޯ ބުނީ ރަނގަޅަށް. ކޭސްތައް ފެންނަނީ ޓެސްޓުކުރާނީ. ޓެސްޓުނުކުރަން އަންގަންވީ!
އިކޮނޮމީ
29 June 2020
ލަންކާގެ އިގްތިސާދަކީ މުޅިން ޓުއަރިޒަމަށް ބިނާވެފައޮތް އެއްޗެއް ނޫން. އެމީހުންނަށް ރާއްޖެއަށްވުރެ މާ ގިނަ ދުވަހަށް ބަންދުކޮށްގެން ތިބެވިދާނެ އަދިވެސް.