ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް. --ފޮޓޯ:އޭއެފްޕީ
20 ޖުލައި 2020 - 14:51
ރިޔާޒް (ޖުލައި 20) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް، 84، ރިޔާޒުގެ ހޮސްޕިޓަލެއްގައި މިއަދު އެޑްމިޓްކޮށްފައިވާ ކަމަށް ރޯޔަލް ކޯޓުން ބުނެފި އެވެ.
ރަސްގެފާން އެޑްމިޓްކޮށްފައި ވަނީ ގޯލް ބްލެޑާގެ މައްސަލައަކާ ގުޅިގެންނެވެ. ރަސްގެފާން ސަލްމާން އެޑްމިޓް ކުރުމާ ގުޅިގެން، އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ކާޒިމީގެ ދަތުރު ވަނީ ފަސްކުރަން ޖެހިފަ އެވެ.
ސައުދީ ރަސްގެފާނުގެ ސިއްހީ ހާލަތު ރިޕޯޓްކުރުމަކީ އެ ގައުމުން އާއްމުކޮށް ކުރާ ކަމެއް ނޫނެވެ. އެކަމަކު ރޯޔަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޔާޒުގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ރަސްގެފާން އެޑްމިޓްކޮށްފައި ވަނީ ގޯލް ބްލެޑާ ދުޅަވުމާ ގުޅިގެން ކަމަށެވެ.
އިރާގުގެ ފޮރިން މިނިސްޓްރީން ބުނީ ބޮޑު ވަޒީރު ކާޒިމީގެ ދަތުރު ފަސްކުރަން ޖެހުނީ ސައުދީ ރަސްގެފާނުގެ ސިއްހީ ކުއްލި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އިރާގުގެ ބޮޑު ވަޒީރުގެ ދަތުރުގެ ކުރިން މިނިސްޓަރުން ހިމެނޭ އެޑްވާންސް ޓީމު ވެސް އިއްޔެ ވަނީ ސައުދީ އަށް ވަޑައިގެންފަ އެވެ.
ސަލްމާން ރަސްގެފާން 2015 ވަނަ އަހަރު ތަޚުތަށް އިސްވެވަޑައިގެންނެވީ ކުރީގެ ރަސްގެފާން އަބްދުﷲ، 90، އަވަހާރަވުމާ ގުޅިގެންނެވެ. އަދި ޖޫން 2017 ގައި ރަސްގެފާން ސަލްމާން ވަނީ ދަރިކަލުން މުހައްމަދު ބިން ސަލްމާން، ވަލީ އަހުދުގެ މަގާމަށް ހަމަޖައްސަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދީ އަ މީރު
21 July 2020
الله يحفظك سيدي
އައްލާ
20 July 2020
ރަސްގެފާން ސަލް މާން އަކީ ވަރަށް ހިންގުންތެރި އަދި މާތް ބޭފުޅެއް. އަވަސް ޝިފާއެއް މިންވަރުކުރައްވާށި! އާ މީން
ޙިނި
20 July 2020
އަވަސް ޝިފާއަކައް އެދެން
ޙަލީފާ
20 July 2020
ރަސްގެފާނުގެ ދަރިކަލުން އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އުއްމީދަކަށް ވާނީ ވީހާވެސް އަވަހަށް، ރަސްކަމުގެ ތަހުތަށް އިސްވުން.
ނަން
20 July 2020
މިހާރުވެސް ރަސްގެފާނުވަނީ އެމްބީއެސްއާ ރަސްކަން ހަވާލުކޮށްފަ. ނެތީ ހަމައެކަނި ލަގަބު.
ރަދީފްއޮފިޝިއަލް
20 July 2020
ރަސްގެފާނަށް އަވަސް ޝީފާއެއް މިންވަރުކުރައްވާށީ.އާމީން.
މުހައްމަދު ބިން ސަލްމާން
20 July 2020
ﷲ ޔަޝްފީކް