ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް. --ފޮޓޯ:ރޮއިޓާސް
28 ޖުލައި 2020 - 13:04
ޖެނީވާ (ޖުލައި 28) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ބޯޑަރުތައް ބަންދުކުރުމަކީ ހައްލެއް ނޫން ކަމަށާއި ދިގު މުއްދަތަކަށް އެ ގޮތަށް ނުތިބެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޖެނީވާގައި ބޭއްވި ވާޗުއަލް ނިއުސް ކޮންފަރެންސެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ބޯޑަރު ބަންދުކޮށްގެން ތިބުމަށް ވުރެ މުހިންމު ކަމަކީ ވައިރަސް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުން ކަމަށެވެ. ވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މުހިންމީ ގިނަ ބަޔަކު އެއްވެ ނޫޅުމާއި ބޭރުގައި އުޅޭ ނަމަ މާސްކް އެޅުމާއި ގައިދުރުކުރުމާއި ގިނަގިނައިން އަތްދޮވުން ފަދަ ކަންކަން ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.
"މި ފިޔަވަޅުތަކަށް ތަބާވެއްޖެ ނަމަ ކޭސްތަކުގެ އަދަދު ދަށަށްދާނެ،" ޓެޑްރޯސް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ދަތުރުފަތުރު މަނާކޮށްގެން ތިބުމަކީ ދެމެހެއްޓެނި ގޮތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ވަކިވަކި ގައުމުތަކަށް ބޯޑަރު ބަންދުކޮށްގެން ނުތިބެވޭނެ. އިގްތިސާދުތައް ހުޅުވާލަން ޖެހޭ. މީހުން މަސައްކަތަށް ނުކުންނަން ޖެހޭނެ. ވިޔަފާރިތައް އަލުން ފަށަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލަކީ މިހާތަށް އިއުކާންކުރި މި ބާވަތުގެ އެންމެ ބޮޑު ކުއްލި ނުރައްކާ ކަމަށެވެ. ކޮވިޑް-19 ގެ ކުރިން ޑަބްލިއުއެޗްއޯ އިން ވަނީ، އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް 2007 ވަނަ އަހަރު ބަދަލުކުރި ފަހުން، ފަސް ފަހަރަށް ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އެއީ ސްވައިން ފްލޫ، ޒިކާ، ޕޯލިއޯ އަދި އެފްރިކާގައި އެބޯލާ ފެތުރުމާ ގުޅިގެންނެވެ. އެބޯލާއާ ގުޅިގެން ސިއްހީ ކުއްލި ހާލަތު ވަނީ ދެ ފަހަރަށް އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Mohamed Saeed
28 July 2020
މުސީބާތައް ކެތް ނުކުރެވޭ ބައެއްގެ ކިބައިން މުސީބާތް ފިލައި ދިޔުމެއް ނުވޭ !
ބުއްޅަބެ
28 July 2020
އެންމެ ފަހުން ގޮސް މިޖެހުނީ ހަމަ އަހަރުމެން އިންތިހާއަށް ލޯބިވާ މުހަންމަދު ނަޝީދު ބުނި ތާނގައެވެ. އަހަރުމެން އޭރުވެސް އަދި މިހާރުވެސް މުހަންމަދު ނަޝީދު ދައްކާވާހަކަ ގަބޫލުކުރަނީ އެއީ %100 ތެދުކަމުގައިވާތީއެވެ. ބައެއް ފަހަރު އެއީ ހިތާމަވެރި ވާހަކައެއްވިޔަސް، އުފާވެރި ވާހަކައެއްވިޔަސް، ނުތަނަވަސްނަން އުފެދޭ ވާހަކައެއްވިޔަސް، އެމަނިކުފާނު އެކަމެއް އެއޮތްގޮތަކަށް ރައްޔިތުންނަށް ކިޔާދޭނެއެވެ. އިދިކޮޅޭމެން ކިޔާއެއްޗަކަށް ނުބަލާނެއެވެ. ސާބަސް ރ.ނަޝީދު
އިސްކުުރު
28 July 2020
މީ 2 އަނގައިން ވާހަކަދައްކާ ބައެއް.
ޒިންދަގީ
28 July 2020
މިއޮތްހާދުވަހު ކީކޭތަ ތިޔަ ޖަމިއްޔާއިންކީ؟؟ ކުރިންވެސް އިނގޭނެ ބޯޑަރުތައް ބަންދުކޮށް، އަބަދު ލޮކްޑައުންއަކު ނުތިބެވޭނެކަން. މިބައްޔާއިއެކު އުޅެންކަންޖެހޭނީ..