ކެލިފޯނިއާގައި ސާކަސްއެއް ބަލަން މީހުން އިއްޔެ ޖަމާވެފައި: ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެނީ އެމެރިކާގައި. --ފޮޓޯ:އޭއެފްޕީ
01 އޯގަސްޓް 2020 - 13:10
ޖެނީވާ (އޮގަސްޓް 1) - އިއްޔެ އަކީ ކޮރޯނާވައިރަހަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްުޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
އިއްޔެ މުޅި ދުނިޔެ އިން 292،527 މީހުން ޕޮޒިޓިވްވި އިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެމެރިކާ، ބްރެޒިލް، އިންޑިއާ އަދި ސައުތު އެފްރިކާ އިންނެވެ. އިއްޔެ މަރުވި މީހުންގެ އަދަދަކީ 6،812 އެވެ.
މީގެ ކުރިން އެއް ދުވަސްތެރޭ، އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ޖުލައި 24 ގަ އެވެ. އެ ދުވަހު ވަނީ 284،196 މީހުން ޕޮޒިޓިވްވެފަ އެވެ. ޖުލައި 24 ވަނަ ދުވަހު ވަނީ 9،753 މީހުން މަރުވެފަ އެވެ. ޖުލައި މަހު އެވްރެޖްކޮށް ވަނީ 5،200 މީހުން މަރުވެފަ އެވެ. ޖޫން މަހު އެވްރެޖްކޮށް ދުވާލަކު މަރުވެފައި ވަނީ 4،600 މީހުންނެވެ.
އެމެރިކާ އިން 4.7 މިލިއަން މީހުންނަށް ބަލިޖެހިފައިވާ އިރު އެ ގައުމުން ވަނީ 156،752 މީހުން މަރުވެފަ އެވެ. ބްރެޒިލުން ވަނީ 2.6 މީހުން ޕޮޒިޓިވްވެ 92،568 މީހުން މަރުވެފަ އެވެ. އިންޑިއާ އިން 1.7 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އިންޑިއާ އިން މަރުވި މީހުންގެ އަދަދަކީ 36،583 އެވެ.
މުޅި ދުނިޔޭން މިހާތަނަށް ވަނީ 17.7 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 683،389 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 11.1 މިލިއަން މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
01 August 2020
މިބަލިން އަދި މިފަދަ އެހެން ބަލިތަކުން މުޅި ދުނިޔެ ރައްކާތެރި ކުރެއްވުން އެދި ﷲ ގެ ހަޒުރަތުގައި ދެންނެވުން މަތީ ދެމިތިބުން ވަރަށް މުހިންމެވެ. ބަލިތައް ޖައްސަވާ ބަލިތަކުން ޝިފާ ދެއްވަނީ ﷲ އެވެ.
އާދަމް ބާއީ
01 August 2020
ދުނިޔޭގެ ރައްޔިތުން އެބަޖެހޭ ކޫލްޑައުންވެ ގޭގާ މައިތިރިވެގެންތިބޭން.