ކޮރޯނާވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ޖަރުމަނުގައި އިއްޔެ މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
30 އޯގަސްޓް 2020 - 11:48
ބާލިން (އޮގަސްޓް 30) - ޖަރުމަނުގައި ކޮރޯނާވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އިއްޔެ މުޒާހަރާ އަށް ނުކުތް މީހުންގެ ތެރޭން 300 މީހުން ހައްޔަރުކޮށްފި އެވެ.
ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ގާތްގަނޑަކަށް 38،000 މީހުން ބައިވެރިވި ކަމަށްވެ އެވެ. ޔޫރަޕުގެ އެހެން ބައެއް ސިޓީތަކުގައި ވެސް އިއްޔެ ވަނީ މުޒާހަރާތައް ބާއްވައިފަ އެވެ.
ބާލިންގެ ބްރެންޑެންބާގު ގޭޓު ސަރަހައްދަށް އެއްވި މީހުން ފޮނުވާލަން ފުލުހުން މަސައްކަތްކުރުމުގެ ތެރޭގައި، ފުލުހުންނާ ދިމާލަށް އެއްޗެހި އުކުމުގެ ސަބަބުން 200 ވަރަކަށް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ވަނީ އެއްވުން ހުއްޓުވުމަށް ކޯޓު އަމުރެއް ވެސް ހޯދައިފަ އެވެ. މުޒާހަރާ ކޮށްފައި ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމެއް ނެތި އެވެ.
ޖަރުމަނުގައި މިހާރު ވަނީ ބޭރުގައި އުޅޭ އިރު މާސްކް އެޅުން މަޖްބޫރުކޮށްފަ އެވެ. މާސްކް ނާޅައި އުޅެފި ނަމަ 50 ޔޫރޯ (59 ޑޮލަރު) އިން ޖޫރިމަނާކުރާނެ އެވެ.
ގާތްގަނޑަކަށް 30،000 މީހުން ހިމެނޭ ދެ ވަނަ ގްރޫޕެއް ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.
ޖަރުމަނުގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރި ނަމަވެސް ކޭސްތައް މިހާރު ދަނީ އިތުރުވަމުންނެވެ. އެ ގައުމުން 242,825 މީހުން ޕޮޒިޓިވްވެފައިވާ އިރު 9،363 މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންގަރާ
31 August 2020
ނިކަން ހީވާގި ކޮށް ޓެސްޓް ކުރުން ފާސްޓް ކޮށްބަލަ. ޖަރުމަނޭ ނުކިޔާ
ޑެބީ
30 August 2020
ރާއްޖޭގަވެސް ކޮވިޑު ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާ ފަށަންވެއްޖެ. 6 މަސް ވެގެންދަނީ ގިނަ ރައްޔިތުން ހަނާވެއްޖެ. ވިޔަފާރިތައް ބަނގުރޫޓުވެ އެތައް ހާސް ރައްޔިތުންގެ ވަޒީފާ ގެއްލިއްޖެ. ކުޑަ ކުދިން އަބަދު ގޭގަ ތިބެ ނަފްސާނީ ގޮތުން އެކުދިނަށް ގެއްލުންވޭ. ބަޔަކު މަރުވެދާނެ ކަމަށް ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފުނޑާލައިފި.
ނާގާބިލް
30 August 2020
މިހާރު ދެން ވަރަށް ބޮޑަށް ފެޑަޕްވެއްޖެ މިސަރުކާރުން ކޮވިޑް ކޮންޓްރޯލްކުރަން އުޅޭ ގޮތުން. 4 މަސްވީ ގޭގަ ހުންނަތާ. އެކަމު ސަރުކާރަކަށް ބަލި ކޮންޓްރޯލެއްނުވި. ފަރުދީ ޒިންމާ ނުނަގައޭ ކިޔައި މީހުންގެ ބޮލުގަ އެޅުވުމެއް ނޫން އޮންނަންވީ. ބަޔަކު ބަސްނާހާ އުޅޭނަމަ ބާރު އޮވެގެން ކަންކުރަންވީ ގޮތަށް ކަންކުރީމަ ހައްލުވާނީ. ބައްޔެއްދެކެ ބިރުން އެހެން މީހުން ކިހާ ދުވަހަކު އުޅެންވީ؟
ރަބަރު
30 August 2020
ބަލާ މިއީ ހުޅަގުގެ ޑިމޮކްރެސީ އޮތް ގައުމެއް. ކަދުރޭމެން ލުހެލީ. މިގައުމުގައި ކަދުރު ރުތް ލުހެލަންޖެހޭ.
ރުޅި
30 August 2020
މިފެންވަރަށް އަހަރެމެން މުސްލިމުން ވެއްޓޭކަށްނުވާނެ. އެކަމަކު ފެންނަނީ ހަމަ މިމަންޒަރު. ކޮވިޑް ކޮންޓްރޯލް ކުރެވުނު ގައުމުތަކުން ކޮށްފައިވަނީ ހަމަ ހަރުކަށި ފިޔަވަޅު އަޅައިގެން. އަދި ރައްޔިތުން އެކަމަށް ބޯލަބައިގެން. ރައްޔިތުންގެ އަޚްލާޤީ ފެންވަރު ދަށްގައުމުތަކަށް ދިމާވެފައިވަނީ އިންތިހާއަށް ވޭނާއި ބަލީގެ ބިރުވެރިކަން. އަހަރެމެން މުސްލިމުން ކެއްތެރިވާންވާނެ.