އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ. --ފޮޓޯ:އޭއެފްޕީ
02 ސެޕްޓެމްބަރ 2020 - 11:06
ތެހެރާން (ސެޕްޓެމްބަރު 2) - އިޒްރޭލާ އެކު ގުޅުން ބަދަހި ކުރުމަކީ ޔޫއޭއީން މުސްލިމް ދުނިޔެއަށް ވި ބޮޑު ޚިޔާނާތެއް ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
"ހަމަ ޔަގީނުން ވެސް ޔޫއޭއީގެ އެ ޣައްދާރުވުން މާގިނަ ދުވަހަށް ދެމިގެން ނުދާނެ. އެކަމަކު އެ މީހުން އެ ކުރި ކަންތައް ދިގު މުއްދަތަކަށް ހަނދާނުގައި ހުންނާނެ. އެ މީހުން ވަނީ ފަލަސްތީން މަތިން ހަނދާން ނައްތާލައި، ޒަޔަނިސްޓް ދައުލަތަށް ފުރުސަތު ދީފައި،" ޚާމަނާއީ ވިދާޅުވި އެވެ. "ޔޫއޭއީން އެ ކުރި ކަންތަކަށް އެ މީހުން ހޭއަރައި ފަހުން ހިތާމަ ކުރާނެ. އަދި އެކަމުގެ އަގު އެ މީހުން އަދާކޮށްދޭނެ."
އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ޔޫއޭއީން ގުޅުން ބަދަހި ކުރަން އެއްވެސްވުމާ ގުޅިގެން އީރާނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ޚާމަނާއީގެ ބަޔާނަށް ޔޫއޭއީން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
"ސުލްހައިގެ މަގަކީ ނަފްރަތު އުފައްދާ ވާހަކަތަކުން ހޯދޭނެ އެއްޗެއް ނޫން،" ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ޖަމާލް އަލް މުޝާރަކާ ވިދާޅުވި އެވެ.
އިޒްރޭލާ ގުޅުން ގާއިމްކުރަންވި އެއްބަސްވުން ދިފާއުކޮށް ޔޫއޭއީގެ އޮފިޝަލުން ބުނެފައި ވަނީ އެކަމުގެ ފައިދާ ފަލަސްތީނަށް ކުރާނެ ކަމަށެވެ. އަދި އިޒްރޭލުން މިހާރު ވަނީ ހުޅަނގު އައްސޭރީގެ ބިންތައް މިލްކު ކުރަން ހުއްޓާލަން އެއްބަސްވެފައި ކަމަށް ވެސް ޔޫއޭއީން ބުނެފައިވެ އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން ވިދާޅުވީ އިރުމަތީ ގުދުސް އަކީ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި މިނިވަން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ޔޫއޭއީން މަސައްކަތް ކުރާކަމުގެ ޔަގީންކަން ފަލަސްތީނަށް ދޭން ބޭނުންވާ ކަމަށެވެ.
އިޒްރޭލާއި ޔޫއޭއީއާ ދެމެދު ސީދާ މުވާސަލާތީ ގުޅުން ގާއިމްކޮށް މިދިޔަ ހޯމަ ދުވަހު ވަނީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިސޫރި
02 September 2020
ދޫނުދީ ހިފަހައްޓާ ދީނައް ނަސްރުލިބޭނެ ޙާމަނާއީއަކީ ފިސާރި ހިއްވަރުގަދަ ދީނީ ލީޑަރެއް
ރަދީފްއޮފިޝިއަލް
02 September 2020
ސާބަހޭ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ.ވާންކޮށްފަ ބަހައްޓާތި.
Mubarak
02 September 2020
ޙޮމޭނީ މަހަށް ދޭބަލަ އަރަބި ދުނިޔޭގަ ފަލަސްތީނަށް ސައުދީ ނަގާފައި ދެވަނައަށް އެންމެ ގިނަ އެހީވާ ގައުމަކީ އެމިރޭޓްސް ހާމަނާއީމެންގެ ކަމަކީ މުޅި ސަރަހައްދުގައި ފިތުނަފަސާދަ އުފެއދުން ޝާހު ޒަމާނުގައި އީރާނުން މެދުއިރުމަތީގައި މި ހައިޖާނެއް ނުހިންގާ އެންމެނަށް ވެސް އިނގޭ ހާމަނާއީމެންގެ ޕްލޭނަކި އަރަބި ދުނިޔެ ގަޑުބަޑުކޮށްލުންކަން ސުންނީންނަށް ހެޔޮ އެދޭ ބައެއް ނޫން ތީ
އަހުމަދު މީމު
02 September 2020
މަހައްދިއުމަކީ މިގައުމުގެ ދިރުން އެއީދެރަކަމެއްނޫން
އާމިނާފުޅު
02 September 2020
މުސްލިމުންގެ މިނިވަންކަމާ ދީނުގެ އަގީދާ ފައިސާއަށް ވިއްކާލީ އަރަބިން. ސައުދީންނާ ޔޫއޭ އިން ފަލަސްތީނަށް ފައިސާ ދިނީމަ މުބާރަކު ހީކުރަނީތަ އެއީ ވަރަށް ހެއުއެދޭތީ ދޭ އެއްޗެއްކަމަށް. ފަލަސްތީނަށް ފައިސާގެ އެންމެ ބޮޑު އެހީދެނީ މިހާރުވެސް އެމެރިކާއިން. ބަނޑު ބޮޑުވިޔަސް މިނިވަންކަމުގެ ރަހައެއް ނުލާނެ. ދެން ސުންނީ ޝީއާ ކިއައިގެން ފިތުނަ ނޫފައްދާ. އިރާނު އެއޮތީ ދަތިކުރުމުގެ ފިއަވަޅުތަކާއެކު ސުޕަރ ޕަވަރަކަށް ވެފަ. އިޒްރޭލު އެންމެ ބިރުގަންނަ ގައުމު އެއީ.