ރައީސް ޑޮނަލްޑް ޓްރަމްޕް: އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ވިސްނަވާ. --ފޮޓޯ:އޭއެފްޕީ
17 ނޮވެމްބަރ 2020 - 11:43
ވޮޝިންޓަން (ނޮވެމްބަރު 17) - ވައިޓް ހައުސްގައި ދެން އިތުރަށް ހުންނެވުމުގެ ފުރުސަތު ނެތްކަން ޔަގީންވުމާ އެކު 2024 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
"ޓްރަމްޕަށް އެނގިވަޑައިގަންނަވާ ދެން މި އިންތިޚާބުގެ ކަންތައް ނިމިއްޖެކަން،" އެޑްވައިޒަރަކު ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވި އެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ ރިޔާސީ އިންތިޚާބުން ބަލިވިކަމަށް އެއްބަސްވާން ޓްރަމްޕް އަދިވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް އާދިއްތަ ދުވަހު ވަނީ ޖޯ ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނީ 2024 ގެ އިންތިޚާބަށް ނުކުމެވަޑައިގަތުމަށް ޓްރަމްޕް ވަރަށް ސީރިއަސްކޮށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ދެ ވަނަ ދައުރެއް ދިނުމަށް އެމެރިކާގެ 72 މިލިއަން މީހުން ވޯޓުލާފައިވެ އެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވާ ވަރަށް އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބިވަޑައިނުގަތުމުން އިންތިޚާބުން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. ޓްރަމްޕަށް ވުރެ ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ފަސް މިލިއަން އިތުރަށް ހޯއްދަވާފައިވާ ބައިޑަން ވަނީ 306 އިލެކްޓޯރަލް ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 232 އިލެކްޓޯރަލް ވޯޓެވެ.
ޓްރަމްޕަކީ ވޭތުވެދިޔަ 28 އަހަރު ދުވަހު ތެރޭ ދެ ވަނަ ދައުރެއް ނުލިބި ވެރިކަމުން ވަކިވެވަޑައިގަންނަވަން ޖެހޭ ފުރަތަމަ ރައީސް އެވެ. އާ ރައީސް ހުވާ ކުރައްވާނީ ޖެނުއަރީ 20 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައަލީ ތަކުރު
17 November 2020
އަނެއް ޔާމިނު، ވައްކަން ކުރުން އެކަނި ނުކުރަނީ (ރަގަޅު ސިފައެއް)
ސްކިޕަރ2323
18 November 2020
އެކައުންޓަށް ތަނަކުން ފައިސާތަކެއް ޖަމާވާއިރަށް އެކައުންޓުގެ ވެރިފަރާތަކީ ވަގެއް ކަމަށް އެހެން ގައުމުތަކުން ނުބަލާ.
މުރޭ
17 November 2020
މީނާ އެދުވަސް އަންނަންދެން ވެރިކަމަށް ކުރިމަތިލެވޭ ހާލުގައި ހުންނާނެބާ؟؟
ސިކުނޑި
17 November 2020
އެމެރިކާގައި ރިޕަބްލިކަން ޕާޓީ އަކީ ރާއްޖޭގައި އެމްޑީޕީއެވެ. ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ!
އުނބޭ
17 November 2020
ޕިޕީއެމްއާއި ބޮޑަށް ވައްތަރީ! އިންތިޚާބުން ބަލިވީމައި ބަލިގަބޫލްނުކޮށް، ވޯޓްއޮޅުވާލީއޭ ކިޔަމުން.. ކޯޓަށްގޮސް މިކަހަލަ ސަކަރާތްޖަހާތީ!
ދޮން ހަސަނު
17 November 2020
އެންމެ ރަގަނޅު. އެއީ އަދި ތަންކޮޅެއް ފަހެއްނުން. އެހިސާބަށް ދިޔައީމަ އެކަމާ އުޅޭނީ. މިހާރުދެން އިހަށް ފައިބާ.
ބަސް
17 November 2020
އުމުން 74 އަހަރު ވެއްޖެ. އަދިވެސް ވެރިކަމާހެދީ މަރުވަނީ. މިވެސް ދެވިހިފާކަމެއް.
ގުދުގުދާ ބެއްޔާ
17 November 2020
ދެވިހިފާނެތާ؟ ރައްޔިތުން ގުނބޯ ހައްދާފަ ވެރިކަމަށް އަންނަނީ ހިހޫތަނުން ބޮޑުމުސާރަ ދައުލަތުން ކާން ވެދެންދޯ؟މަޖިލިސް މެންބަރުން އެވާ އަވާމެންދުރެއްކަހަލަ ވަޢުދު ތަކުގައި ރައްޔިތުން ޖެހޭތީ މައްސަލަޔަކީ!ހޮވުނީމާ ރައްޔިތުންގެމަތިން ހަނދާންވެސް ނުހުރޭ!ވޯޓް ލާދުވަސް ކައިރިވީމާ އިދެވަރިކުރި މީހުންނާއި،ދަރިންގެ އަދަދާ، ލިބޭ އާމްދަނީވެސް ގުޅާފަބުނާނެ!ހާދަހާވާ ދެރަކޮށޭ ތިޔައުޅެނީ! ވޯޓެއްދެއްވާށޭ! މަދެން ތިޔަ ހޮޅިވަޢުދާ ސަލާން.ސަހަލު އެއް ޕާޓީއެއްވެސް ނެތް