ދުނިޔެ

މާސްގެ ބިމަށް އުޅަނދު ޖައްސާ ވަގުތުކޮޅުގެ އާދަޔާ ހިލާފު ވީޑިއޯއެއް

މި ވީޑިއޯއިން ވައިކުޑަ ހުޅުވޭތަނާއި ހީޓް ޝީލްޑް ނެއްޓި، ދުރަށް ދާ ތަނާއި ބިމުގައި ހިރަފުހުގެ ރޯޅިތަކެއް އުފައްދާލާ މަންޒަރުގެ އިތުރުން "ސްކައި ކްރޭނުން" ޕާސަވިއަރެންސް ބިމަށް ދޫކޮށްލާތަން ވެސް ފެނޭ.

ނާސާގެ ޕާސިވިއަރެންސް އުޅަނދު ފެބްރުއަރީ 19، 2021 ގައި މާސްގެ ބިންގަނޑަށް ޖައްސާފައި ނެގި ފުރަތަމަ ފޮޓޯތަކުން އެއް ފޮޓޯ

23 ފެބުރުއަރީ 2021 - 10:02

7 comments

މި މަހު 19 ގައި މާސްގެ ބިމަށް ޖެއްސި އެމެރިކާގެ ޖައްވީ އުޅަނދު ޕާސަވިއަރެންސްގެ ޖައްވީ ދަތުރުގެ ފަހު ވަގުތުކޮޅު ވަރަށް ރީއްޗަށް ފެންނަ ވީޑިއޯއެއް ނާސާއިން އާންމުކޮށްފި އެވެ.

މިދިއަ އަހަރުގެ ޖުލައި މަހު އުދުއްސާލި އުޅަނދު މާސްއަށް ދާން ކުރި 470 މިލިއަން ކިލޯމީޓަރުގެ ދިގު ދަތުރަށް ފަހު މާސްގެ އެޓްމޮސްފިއާއަށް ވަދެގަންނަ ބާރު ސްޕީޑް ކޮންޓްރޯލްކޮށްލަން ވަކި ހިސާބަކުން ވައި ކުޑަ ހުޅުވާލަ އެވެ. އެޓްމޮސްފިއާގެ ތެރެއިން ދަތުރުކުރާ ވަގުތު އުފެދޭ ގަދަފަދަ ހޫނުން އުޅަނދު ސަލާމަތްކުރަން ލާފައި އޮންނަ ހީޓް ޝީލްޑް ނެއްޓި ދުރަށް ދެ އެވެ. މާސްގައި އުޅަނދު ޖައްސަން ބޭނުންވާ ހިސާބަށް ރީއްޗަށް މިސްރާބު ވަމުން، ތިރިވި އެވެ. އެންމެ ފަހުން ބިންގަނޑާ ހަމައަށް ގާތްވުމާ އެކު، ޕާސަވިއަރެންސް ރައްކާކޮށްފައި އޮތް ބައިގެ "އިންޖީނުތައް" ހިންގާލައި، އުޅަނދަށް ގެއްލުން ނުވާނެ މިންވަރަކަށް ސްޕީޑް ދަށްކުރެ އެވެ. ދެން ޕާސަވިއަރެންސް އޭގެ ތެރެއިން ތިރިއަށް ދޫކޮށްލަ އެވެ. އެގޮތަށް ދޫކޮށްލަނީ "ސްކައި ކްރޭން"ގެ ގޮތުގައި ބޭނުންކުރި ވާތަކުން ހިފަހައްޓައިގެންނެވެ.

އުޅަނދު ޖައްސަން ކަނޑައެޅި ޖެޒޭރޯ ވަޅުގަނޑުގެ ސަރަހައްދު އޮންނަނީ ރީތިކޮށެވެ. ނަމަވެސް އުޅަނދުގެ "އިންޖީނުތައް" ހިންގާލުމާ އެކު އެ ހިސާބުގަނޑުގެ ހިމޭންކަން ފޫދުއްވާލައި، ހިރަފުސްގަނޑު އުފައްދަ އެވެ.

އުޅަނދުގެ ތެރޭގަ އާއި އުޅަނދު ރައްކާކޮށްފައި އޮތް ބައިތަކުގައި ގިނަ ކެމެރާތަކެއް ހަރުކޮށްފައި ހުއްޓެވެ. އޭގެ ތެރެއިން ހަތް ކެމެރާ ހާއްސަކުރީ އުޅަނދު ބިމަށް ޖައްސާ މަންޒަރު ނަގާށެވެ.

މި މަންޒަރުތަކަކީ މާސްގެ ބިމަށް ފޮނުވާ އުޅަނދުފަހަރު ޖެއްސުމުގެ މަސައްކަތުގައި ރަނގަޅުކުރަން ޖެހޭ ކަންކަން އިސްލާހުކުރަން އިންޖިނޭރުންނަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ.

ކެލިފޯނިއާގައި ހުންނަ ޖެޓް ޕްރޮފުލްސަން ލެބޯރަޓަރީ (ޖޭޕީއެލް)ގެ ޑައިރެކްޓަރު މައިކް ވެޓްކިންސް ވިދާޅުވި ގޮތުގައި ވީޑިއޯތަކުން އެނގެނީ ނާސާގެ މަތީ ފެންވަރެވެ.

ޕާސަވިއަރެންސްގެ ހުރިހާ ކަމެއް ބަލަހައްޓައި، އެ ކޮންޓްރޯލްކުރާނީ ޖޭޕީއެލްގައި ގާއިމްކޮށްފައި ހުންނަ ސެންޓަރުންނެވެ.

ވެޓްކިންސް ވިދާޅުވި ގޮތުގައި ނާސާގެ އުޅަނދުފަހަރު ސޯލާ ސިސްޓަމްގެ ތެރޭގައި ކުރި ދަތުރުގައި ފެނުނު އެތައް މަންޒަރެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާނެ އެވެ. އޭގެ ތެރޭގައި ސެޓާންގެ ރިންގްތައް ފަހަނައަޅައިދިޔަ އިރު ނެގި ފޮޓޯތަކާއި މާސްގެ ބިންގަނޑު ފެންނަ ޕެނަރޯމާ ފޮޓޯތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު "މިއީ މާސްގެ ބިމަށް އުޅަނދެއް ޖެއްސުން ފަދަ ކަމެއްގެ މަންޒަރުތައް އެގޮތަށް ފެނުނު ފުރަތަމަ ފަހަރު،" ވެޓްކިންސް ވިދާޅުވި އެވެ.

7 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 12%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙްމަދު 12

23 February 2021

10 މަސްދުވަހުން މާސް އަށް ދެވޭނީ ގަޑިއަކު 65277 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކޮށްގެން.

The name is already taken The name is available. Register?

ހޭވިހަޑި

23 February 2021

މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލްމު އުނގޭށޭ އޮވެއެވެ. އިލްމުގެ ބޭނުން ހެޔޮގޮތުގާ ހިފުމީ ވަރަށް ބޭނުންތެރި ކަމެކެވެ. މާސްގެ ބިން ބަލާލުމުގެ ފުރުސަތުވެސް ލިބުނީއެވެ. އަހަރެމެން ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމާއެވެ.

The name is already taken The name is available. Register?

ވިދާދި

23 February 2021

ހަނދަށްވެސް ދިޔައޭ ކި ދޯ . ހަމަ ތިކަހަލަ ވީޑިއޯ ހުރި އޭރުވެސް. މިއީ ބޮޑު ރޭވުމެއް. މާރސްއެއްނޫން އެފެންނަނީ. އެއީ އެމެރިކާގެ ސަހަރާގެ ކޮންމެވެސް ހިސާބެއްގައި ކުޅެފައިވާ މަންޒަރެއް. ނާސާއަކީ ފޭކް ތަނެއް.

The name is already taken The name is available. Register?

ޕިކްސް

23 February 2021

އަތުގައޮތް ނޮކިޔާ ބައްތިންތަ މި ކޮމެންޓްކުރީ

The name is already taken The name is available. Register?

ސްޓޭ ހޯމް ޕްލީޒް އައި ބެގް ޔޫ

23 February 2021

ވަރަށް އުފާވެރި ވާހަކައެއް

The name is already taken The name is available. Register?

.ހހގހ

26 February 2021

ކަލޭތީ އަސްލު އެއްޗެއްތަ؟

The name is already taken The name is available. Register?

ޅަބޭ

23 February 2021

ދެން ރާއްޖޭގަ އުޅޭ މަމޮޅޭ ރޯނުއެދުރުންތައް ބުނާނެ ތީ އެމެރިކާ މީހުން ހަދައިގެން އުޅޭ ކާޓޫނެކޭ. މާސް ކިޔާ ޕުލެނެޓެއް ނުހުންނާނެޔޭ، ސެޓެލައިޓެއް ނުއުދުހޭނެޔޭ، ޕުލެނެޓެއްވެސް ނުހުންނާނެޔޭ، ހަމަ އެކަނި މިދުނިޔެއޭ ހުންނާނީ.... ހެހހެހެހެހެހެ.... ނޮޓް ފަނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454