އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލެންކިން
26 މެއި 2021 - 11:50
މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް އޮތް ހަމައެކަނި އަދި ދާއިމީ ހައްލަކީ، އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް ގާއިމުކުރުން ކަމަށް، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލެންކިން ވިދާޅުވެއްޖެ އެވެ.
މިމަހުގެ 10-21 އަށް އިޒްރޭލުން ގާޒާއަށް ދިން އުދުވާނީ ހަމަލާތައް ހުއްޓައިލުމާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހު ފިނިކުރުމުގެ ގޮތުން، އެ ސަރަހައްދަށް ކުރައްވާ ދަތުރެއްގައި، ބްލެންކިން އިއްޔެ ވަނީ އިޒްރޭލަށް ވަޑައިގެންފަ އެވެ. ގުދުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޔަހޫދީންގެ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި އިސްރާއީލުގެ ކުރިމަގު ޖާމިނުކުރެވޭނެ ހަމައެކަނި ގޮތަކީ، އަދި ފަލަސްތީނަށް ހައްގުވާ ދައުލަތެއް ގާއިމުކޮށްދެވޭނެ ހަމައެކަނި ގޮތަކީ ވެސް، ދެ ދައުލަތް ގާއިމުކުރުމެވެ.
ބްލެންކިން ވިދާޅުވި ގޮތުގައި އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް، މީގެ ކުރިން ކުރި މަސައްކަތްތައް އަލުން ފެށުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އަދި ދެ ދައުލަތް ގާއިމުކުރާ އިރު މަސައްކަތްކުރަންވީ، ގުދުސަކީ ދެ ދައުލަތް ވެސް ހިއްސާވާ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަލާ ބަދަލުކުރަން ހުއްޓައިލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށްޓަކައި، ގާޒާ އަލުން އާރާސްތުކުރުމުގައި އެމެރިކާއިން އެހީތެރިވެދޭނެ އެވެ. އަދި ގާޒާއަށް އިންސާނީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ވެސް ބްލެންކިން ވިދާޅުވި އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ވާހަކަ ބްލެންކިން ދެއްކެވި އިރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، ދަމަހައްޓަމުން އައީ ހަމައެކަނި އިޒްރޭލު ހިމާޔަތްކުރުމުގެ ސިޔާސަތެކެވެ.
މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލުން ގާޒާއަށް ދިން މިސައިލާއި ބޮމުގެ ހަމަލާތަކުގައި، ފަލަސްތީނުގެ 253 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަހަމްވި އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 17،000 އަށް ވުރެ ގިނަ ގެ ވަނީ ދިރިނުއުޅުވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން 14،500 އަށް ވުރެ ގިނަ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އޮފީސްތަކާއި އެޕާޓްމަންޓްތައް ހުންނަ އެތައް ޓަވަރެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. މީގެ ސަބަބުން، 70 ހާހަށް ވުރެ ގިނަ މީހުން މިހާރު ވެސް ތިބީ، ބޯހިޔާވަހި ކަމެއް ނެތި މަގުމަތި ވެފަ އެވެ.
ގާޒާގެ ސްކޫލް މަދަރުސާތަކުގެ ތެރެއިން 53 ތަނެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އޭގެ ސަބަބުން، 60،0000 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް ވަނީ ބުރޫ އަރައިފަ އެވެ. ގާޒާގެ ހަ ހޮސްޕިޓަލަކާއި ސިއްހީ ހިދުމަތް ދޭ 11 މަރުކަޒެއް ވެސް ހަލާކުވި އެވެ. ބޯފެން ވިއުގައިގެ 50 ޕަސެންޓު ހަލާކުވެ، ގާޒާގެ މިލިއަނެއްހާ މީހުން މިހާރު ވެސް ތިބީ، ބަރާބަރަށް ސާފު ބޯފެން ލިބުމުން މަހުރޫމްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުނިޔޭގެ
27 May 2021
އަމިއްލަ ފައިދާ އަށް ހެއްލި މުސްލިމު ވެރިން މިވަނީ ޙަޤީޤީ ބާރުވެރިކަން ދޫކޮށްލާފައި. ދުރާލައި ޕްލޭން ކުރެވިގެން، އިޤްތިޞާދީ އަދި ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން މުސްލިމުން ކުރިއަރައި ދާން އެބަޖެހޭ. އެއްހަޑިގަނޑެއްގެ މިސާލުގައި ވަރުގަދަ ވެގެން ނޫނީ މުސްލިމުންނަށް ފަލަސްޠީން މިނިވަން ކޮށެއް ނުދެވޭނެ. ޒަމާންވީ ނަސްލީ ތަފާތާއި ޤަބަލީ ތަޢައްޞަބުން ފުރިގެންވާ ބައެއްގެ ގޮތުގައި ޢަރަބިން އޮވެގެން މިކަމެއް ނުވާނެ.
އާރީ
27 May 2021
މެދުއިރުމަށްޗަށް އޮތް ހައްލަކީ ޔަހޫދީ އިޒްރޭލް ނެތިކޮށްލުން
އުދުހޭ
26 May 2021
74 އަހަރު ވެއްޖެޔޭ ސުލްހައޭ ކިޔާފަ އިސްރާއީލުގެ ޔަހޫދީންނަށް ހަތިޔާރާ ފައިސާ ދީގެން އެމީހުންލައްވާ ފަލަސްތީނުގެ މުސްލިމުންނަށް ކޮންމެ ދުވަހަކު އަނިޔާދޭތާ! މިވަރު މަދީތޯ؟ ތިޔައިގެ މީހަކަށް 24 ގަޑިއިރު އެފަދަ ކަމެއް ތަހަންމަލު ކުރަން ޖެހުނީމަ އެގޭނީ އޭގަ ހުރި ވޭން.
އަލީ އީމަން
26 May 2021
1967 ކުން ފެށިގެން ދެ ދައުލަތް ގެ ވާހަކަ، ތިކަމެށް ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށް ނުވެގެން އުޅޭ ސަބަބު ކިޔާ ދީ ބަލަ .
މުސްލިމްމީހާ
26 May 2021
މިހާރު ނޫހުން މި ކަލޭގެއަށް ގުޅާލާފަ އަހާލަދީބަލަ ތިބާގެގޭގައި ހަމަރިވެތިކޮށް އުޅެއުޅެހުއްޓާ ބޭރުން ގެއަށްއައިސް ވަންނަމީހަކަށް ތިބާގެ ގޭގެ އެއްބައި ދޭނަންތޯ؟؟
ފޮނި ކަލޯ
26 May 2021
ތިވަރު ގެ ބޮޑެތި ގެއްލުން ތަކެއް އަހަރެމެން މުސްލިމުންނައް ދީފަ ދެން ކޮން އާރާސްތެއް ކުރާކައް ކުރިންވެސް ފުޑާލި ފަދައިން އަދިވެސް ބާކީ ހަލާކު ނުވެހުރި ތަނެއް ބަލާފަ އެ ނުލަފާ ޔަހޫދީ ސޮރުމެން ލައްވާ ހަލާކު ކުރެވޭތޯ ބަލާބަލަ....
ނަތަންޔާހޫ
26 May 2021
ތިކަން ވިޔަކަ ނުދޭނެ، އިޒްރާއީލުން އަމިއްލަޔަށް ބޮންގޮއްވާފަ ހަމާސް ބޮލިގަ އަޅުވާނެ!
ނޯވޭ
26 May 2021
ޢެސޮރު ކައިރީ ބުނޭ މަ ބުންޏޭ މަހައްދާށޭ
އަހުމަދު މިމު
26 May 2021
މަހަށް ދިއުމަކީ ހަމަ ބަރާބަރު ކަމެއް