ދުނިޔޭގެ ކުޅިވަރު / ވޯލްޑް ކަޕް 2022

ރިޓަޔާނުކުރާނަން، ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޓީމަށް ކުޅޭނަން: މެސީ

ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށާއި އެހެންވެ ބައިނަލްއަގްވާމީ ފުޓްބޯޅައިން އަދި ރިޓަޔާނުކުރާ ކަމަށް އާޖެންޓީނާއާ އެކު ރޭ ވޯލްޑް ކަޕް ކާމިޔާބުކުރި ލިއޮނަލް މެސީ ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާގެ ކެރިއަރުގައި ނުލިބި އޮތް ހަމައެކަނި ތަށި ހާސިލްކުރެވުމާ އެކު، ޝަރަފާ އެކު ގައުމީ ޓީމަށް އަލްވަދާއު ކިޔާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަމުދުން މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް މުބާރާތުގެ ކުރިން މެސީ ބުނެފައި އޮތުމުންނެވެ.

"ސުވާލެއް ނެތް، އަހަރެން ބޭނުންވީ މި ކާމިޔާބާ އެކު ކެރިއަރު ނިންމާލަން. މިއަށް ވުރެ އިތުރަށް ދެން ހޯދަން އެދޭނެ އެއްޗެއް ނެތް. ކޮޕާ އެމެރިކާ ލިބިއްޖެ. ދެން މިހާރު ވޯލްޑް ކަޕް މި ލިބުނީ،" މެސީ ބުންޏެވެ.

އެކަމަކު މެސީ ބުނީ، އޭނާ ފުޓްބޯޅަ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި، ގައުމީ ޓީމަށް ކުޅެން ވެސް އަބަދުވެސް ލޯބިކުރާ ކަމަށެވެ. އެހެންވެ ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޖާޒީގައި އިތުރު މެޗުތަކެއް ކުޅެން ބޭނުންވަނީ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ރިޓަޔާއެއް ނުކުރާނަން. އަހަރެން ބޭނުން ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ކުޅުން ކުރިއަށް ގެންދަން،" މެސީ ބުންޏެވެ.

މެސީ ބުނީ ވޯލްޑް ކަޕަކީ އޭނާ އަށް ލިބުނު އެންމެ ހިތްހަމަޖެހުން ބޮޑު ހަދިޔާ ކަމަށާއި، މިއީ އޭނާ އަށް ލިބެން އޮތް ތަށްޓެއް ކަމުގެ އިހުސާސްކުރެވޭ ކަމަށެވެ.

"އަހަރެމެން ކިހާ ބޮޑެތި އުނދަގޫތަކާ ކުރިމަތިލިން؟ އެކަމަކު އެންމެ ފަހުން ކާމިޔާބު ލިބުނީ އަހަރެމެންނަށް،" މެސީ ބުންޏެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވެސް ވަނީ މެސީ ބޭނުން ނަމަ ގައުމީ ޓީމަށް ކުޅުން ކުރިއަށް ގެންދެވިދާނެ ކަމަށް ބުނެފަ އެވެ. މެސީއާ އެކު ކުރިން އާޖެންޓީނާ ގައުމީ ޓީމަށް ކުޅުނު ސްކަލޯނީ ވަނީ އުތުރު އެމެރިކާގައި 2026 ގައި އޮންނަ ވޯލްޑް ކަޕާ ހަމައަށް މެސީ ކުޅެން ވެސް ލަފާ ދީފަ އެވެ.

"އާޖެންޓީނާ އަށް ކުޅުން ކުރިއަށް ގެންދާނީތޯ ނުވަތަ ހުއްޓާލާނީތޯ ނިންމުމުގެ ފުރިހަމަ ބާރު މެސީ އަށް އެބައޮތް. އޭނާގެ ފަރާތުން ކުޅުންތެރިންނަށް އެ ލިބޭ ހިތްވަރު އެއީ އޭގެ ދެ ވަނަ އެއް ނެތް ފަދަ އެއްޗެއް،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ އެހެން ބުނި ނަމަވެސް ދެން އޮންނަ ވޯލްޑް ކަޕަކާ ހަމައަށް މެސީ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ބެލެވޭ ގޮތުގައި އޭނާ ދެން ގައުމީ ޓީމަށް ކުޅޭނީ ގިނަ ވެގެން އަހަރެއްހާ ދުވަހު އެވެ.

65 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 5%
icon angry icon angry 5%
icon wow icon wow 11%
icon inlove icon inlove 63%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮންސި

21 December 2022

ކީޕަރު ނެތި ކޮންބައެއް މޮޅުވާނީ

The name is already taken The name is available. Register?

ބާޕޭ

21 December 2022

ޕޮސް. އޭރެވެސް މަށަށް އިނގޭ މިގޮލާ ރިޓަޔަރ ނުކުރާނެކަން

The name is already taken The name is available. Register?

އަންދު،

21 December 2022

މެސީ ނުލާވެސް ވޯލުޑު ކަޕު ނެގޭ ފެންވަރުގެ ޓިމެއް މިހާެރު އަރޖެނެްަޓީނާ އަކީ އެކަމަކު ކީޕަރ ނެތިއަޔާ ނުވާނެ

The name is already taken The name is available. Register?

އަލީ ވަހީ

20 December 2022

ބޭނުންވަނީ ކާމިޔާބީތޯ؟؟ ނޫނީ ޒުވާންކުޅުންތެރިންތޯ؟؟ ނޫނީ ޒުވާނަކަސް މުސްކުޅިއަކަސް ހުނަރާ ތަޖުރިބާހުރި ފިޓް ކުޅުންތެރިންތޯ، މުސްކުޅި މީހާވެސް ޒުވާނުންނަށްވުރެ ފިޓުވެފަ ހުނަރާ ތަޖުރިބާ ހުރިއްޔާ ހަމަ ޓީމަށް ނަގަންވީ، އުމުރަކަށް ބަލާކަށް ނުޖެހޭނެ.. އުމުރު ޑިޓަރމައިން ކުރާނީ އެމީހެއްގެ ފިޓްނަސް ލެވެލް އިން.. ވާންޗޯ ނުވެބަ، ތަންކޮޅެއް ފަހަތުގައި ތިއުޅެވެނީ ކަލޯމެންނޭ..

The name is already taken The name is available. Register?

ސަލާމު

20 December 2022

ޕެލޭ 3 ވޯލުޑު ކަޕު ތަށި އުފުލައިލި އެކަމަކު މެސީ 1 ތަށި އެކަމަކު ބަޔަކު ހީވަނީ މޮޔަވެގެން އުޅޭހެން މީނާ ވަރުގެ މީހަކު ނެތިގެން..

The name is already taken The name is available. Register?

ޒައިކް22

21 December 2022

ތިޔަ ކިޔަނީ ޑިފެންޑަރުން ފޯވާޑުންގައިގަ ކިރިޔާ ޖެހިލިޔަސް ފައުލްދައްކާ ޒަމާން.. ވޯލްޑްކަޕް ކުޅެނީ 4 ނޫނީ 8 ޓީމު.. މުޅި ދުނިޔެ ތަމްސީލެއް ނުވޭ.. އެ ޓްރޮފީއަށް ކިޔަނީ ޖޫލްސްރީމޭ.. (ވޯލްޑްކަޕޭ ކިޔަސް) މިއީ ތަފާތު ފުޓު ބޯޅައެއް.. މިިހާރުގެ ޓްރޮފީއަކީ ފީފާ ވޯލްޑް ކަޕް.

The name is already taken The name is available. Register?

ޕެނަލްޓި ފދފވ

20 December 2022

ހާދަ ލަދު ކުޑަ މީހެކޭ މެހި އަކީ. މުސްކުޅި ވީމަ ހުއްޓާލާ ދެން.

The name is already taken The name is available. Register?

ރޫނީ

20 December 2022

ސާބަހޭ ޒުވާނަކަށް ފުރުސަތު ނުދޭތި ދިވެހިން ބާތައް

The name is already taken The name is available. Register?

ނަމަވެސް

21 December 2022

ފުރުސަތަކީ ތަބަކަށް ލާފަ ދޭއެއްޗެއްނޫން، އެއީ ހޯދަންޖެހޭ އެއްޗެއް

The name is already taken The name is available. Register?

އަދުހަމު

20 December 2022

މެސީ އަށް ލިބޭ ހުރިހާ ލާރިއަކީ ފަލަސްތީން ކުދިން ސަހީދުކުރަނ1ް އިޒުރޭލައް އެހީވާ ލާރި މަ މެސީ އަކަށް ތާއީދެއް ނުކުރަން

The name is already taken The name is available. Register?

މާޓިނޭޒް

19 December 2022

މެސީއަށް ފާޑުކިޔާ މީހުންނަށް ނަސޭހަތްތެރިވަން ފުރަތަމަ ބަލާބަލަ އަމިއްލަ މައިންބަފައިންނާއި އަނބިދަރިން ހިތްހަމަޖައްސާދެވޭތޯ. މެސީ މިހާރުން އެހެން ސިޓީއަކަށް ފުރަންދާން އޮންނާނެ ޕްރައިވެޓް ޖެޓެއް :ޕ

The name is already taken The name is available. Register?

ލަކުޑި،

20 December 2022

ކީފަރ މާމޮޅު

The name is already taken The name is available. Register?

ކަމާލު

19 December 2022

ކުރިންބުނިއެތި ކެންސަލް ލް ލް ލް ލް ލް ލް ލް ލް

The name is already taken The name is available. Register?

ނޯޓްކެންސަލްޑް

21 December 2022

ކުރިން ކީކޭ ބުނީ؟؟ ޤައުމީ ޓީމުން ރިޓަޔަރ ކުރަނީއޭ؟؟ މަ އަޑު އެހީ ފަހު ވޯލްޑްކަޕޭ ބުނި އަޑު.. އޭތި ކެންސަލެއް ނުޗޭ އަދި ވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454