ބާސެލޯނާގެ ތަރި ލިއޮނަލް މެސީ.---
14 ޖެނުއަރީ 2017 - 09:02
ބާސެލޯނާ (ޖެނުއަރީ 14) - ލިއޮނަލް މެސީ އަށް ދޭން ޖެހޭ އިހުތިރާމް ނުދީ މީޑިއާގައި ވާހަކަތަކެއް ދެއްކި ބާސެލޯނާގެ ޑިރެކްޓަރެއް ކަަމަށްވާ ޕެރޭ ގްރަޓަކޯސް މަގާމުން ދުުރުކޮށްފި އެވެ.
ސްޕެނިޝް ކަޕްގެ ގުރުނެގުމަށް ފަހު މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ގްރަޓަކޯސް ބުނީ މެސީ އަކީ ބާސެލޯނާގެ މުހިއްމު ކުޅުންތެރިޔެއް ނަމަަވެސް އޭނާ އަށް އެ ފެންވަރުގައި ކުޅެވެނީ ޓީމުގައި ތިބި އެހެން ކުޅުންތެރިންގެ ސަބަބުން ކަމަށެވެ.
"މެސީ އެހާ މޮޅެއް ނުވާނެ އިނިއެސްޓާ އާއި ނޭމާ އަދި ބާސެލޯނާގެ އެހެން ކުޅުންތެރިން ނެތި. އޭނާ އަކީ މޮޅު ކުޅުންތެރިޔެއް. އެކަަމަކު މިއީ ހަގީގަތަކީ،" ގްރަޓަކޯސް ބުންޏެވެ.
މެސީއާ އެކު ބާސެލޯނާ އިން އަންނަނީ އިތުރު އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރަމުންނެވެ. ގްރަޓަކޯސްގެ މި ވާހަކަތަކުގެ ސަަބަބުން ބާސެލޯނާ އާއި މެސީއާ މެދު ގުޅުން ހީނަރުވާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެފައިވަނިކޮށް ބާސެލޯނާ އިން ވަނީ ގްރަޓަކޯސް މަގާމުން ވަކިކުރަން ނިންމައިފަ އެވެ.
ގްރަޓަކޯސް އަކީ ސްޕެނިޝް ފެޑެރޭޝަނަށް ބާސެލޯނާގެ ފަރާތުން ކަނޑައަޅާފައި ހުންނަ ސްޕޯޓިން ރިލޭޝަން ޑިރެކްޓަރެވެ. ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރަޓަކޯސް ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
"މެސީއާ ގުޅޭގޮތުން ކްލަބްގެ މަތީ މަގާމެއްގައި ހުރެ އަމިއްލަ ހައިސިއްޔަތު އިސްކޮށް ކްލަބުގެ ކުޅުންތެރިޔަކަށް ދޭން ޖެހޭ އިހުތިރާމް ދިނުމެއް ނެތި މީޑިއާގައި ވާހަކަ ދައްކާފައިވާތީ ގްރަޓަކޯސް ޑިރެކްޓަރުގެ މަގާމުން ދުރުކޮށްފިން،" ބާސެލޯނާގެ ބަޔާނުގައިވެ އެވެ.
ގްރަޓަކޯސް ދެން މަސައްކަތް ކުރާނީ ބާސެލޯނާގެ އެކެޑަމީ ޕްރޮޖެކްޓްތަކުގައި ކަމަށް ބާސެލޯނާ އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާރިޔާ އަހުމަދު ދީދީ
14 January 2017
ހާދަ ހުދުމުޚުތާރޭ ދޯ ބާސާ.. މީހެއްގެ ޚިޔާލުފާޅުކުރީމަ މަގާމު ގެއްލެނީ.. ކިތަންމެ އަސަރެއްކުރިޔަސް އެސޮރު އެދެއްކީ ޙަޤީގަތް އޮތްގޮތުގެ ވާހަކަ.. މުޅި ދުނިޔެ ދަންނަ ވާހަކައެއް..
އަސްލު
14 January 2017
މެސީ އަވަހައް ބަދަލުވާންއުޅޭ ސިޓީއައް..
އަލްޖިބްރާ
14 January 2017
އަމިއްލަ ޤައުމުގެ ރައްޔިތުންގެ ޙައްޤު ތައް ގެއްލޭ ގޮތަށް އަމަލު ކުރާ ވެރިން ވެރިކަމުން ބާލާކަށް ނުވޭތަ ؟
ހަޒީ
14 January 2017
އެކަޑަމީ ޕްރޮޖެކްޓްސްގައި ކޮން ފެންވަރެއްގައި މަސައްކަތް ކުރަނީ. ވަކިކުރުމުގެ މާނައަކީ ކޮބައިބާ