ރޮނާލްޑޯ ސްޕޯޓިންގެ ޖާޒީގައި.
14 ފެބުރުއަރީ 2017 - 11:07
ޓިއުރިން (ފެބްރުއަރީ 14) – ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ 2002 ވަނަ އަހަރު ޔުވެންޓަސް އަށް ސޮއިކުރުމާ ވަރަށް ގާތަށް ދިޔަ ކަމަށާއި އެކަން ކާމިޔާބުނުވީ އޭރު ޔުވެންޓަސް އަށް ކުޅުނު ޗިލީގެ މާސެލޯ ސަލާސްގެ ސަބަބުން ކަމަށް ޔުވެންޓަސްގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު ޖިއާނީ ޑި މާޒިއޯ ބުނެފި އެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަށް ކުޅެނިކޮށް މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ގެންދިޔައީ 2003 ވަނަ އަހަރެވެ. އެކަމަކު އޭގެ ކުރިން އޭނާ ގެންދަން ޔޫރަޕުގެ ބޮޑު ހުރިހާ ކްލަބަކުން މަސައްކަތްކުރި ކަމަށް ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސް ވަނީ ބުނެފަ އެވެ.
ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރަކަށް 2001-2006 އަށް މަސައްކަތްކުރި މާޒިއޯ ބުނީ ރޮނާލްޑޯގެ ސޮއި ހޯދަން 2002 ވަނަ އަހަރު އޭނާ ޓިއުރިން އަށް ވެސް ގެނައި ކަމަށެވެ. އަދި ސްޕޯޓިންއާ އެކު އެއްބަސްވީ ރޮނާލްޑޯގެ ބަދަލުގައި ޔުވެންޓަސްގެ ސަލާސް އެ ޓީމަށް ދޭން ކަމަށާއި އެކަމަކު ސަލާސް އެއްބަސްނުވީ ކަމަށެވެ.
"އަހަރެން ބުނިން އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ ކަމަށް، ޑިއޭގޯ މަރަޑޯނާ ނަގާފައި،" މާޒިއޯ ބުންޏެވެ. "އަހަރެން ޑީލެއް ހެދުމަށް ވާހަކަދެއްކިން އަދި ރޮނާލްޑޯ ޓިއުރިން އަށް ގެނައިން. އެކަމަކު ސަލާސް އެއްބަހެއް ނުވި ސްޕޯޓިން އަށް ދާން. އެ ސަބަބާ ހެދި ރޮނާލްޑޯ ޔުވެންޓަސް އަށް ނުގެނެވުނީ،" މާޒިއޯ ބުންޏެވެ.
ލާޒިއޯ އިން 2001 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ފޯވާޑް ސަލާސް ޕޯޗުގަލް އަށް ބަދަލުވާން 2002 ވަނަ އަހަރު އެއްބަސްނުވިއިރު އެންމެ ފަހުން ޖެހިގެން އައި އަހަރު އޭނާ ބަދަލުވާން ޖެހުނީ އާޖެންޓީނާގެ ރިވާ ޕްލޭޓަށެވެ.
ރޮނާލްޑޯ އެ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ 2009 ގެ ނިޔަލަށް އެ ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ރޮނާލްޑޯ ރެކޯޑް އަގެއްގައި 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވިއިރު މިހާރު އޭނާ ވަނީ ފުޓްބޯޅައިން ހާސިލްކުރެވެން ހުރި ގިނަ ކާމިޔާބީތައް ހާސިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖޭ ސީއާރު7
14 February 2017
ކޮމެންޓް ކުރާ ކުދިންނަށް ސަލާމް! ލިޔުމުގައިވަނީ ފުޓްބޯޅައިން ހާސިލްކުރެވެން ހުރި ގިނަ ކާމިޔާބީތައް ހާސިލްކުރި ވާހަކަ ހުރިހާ ކަމިޔާބީއެއްގެ ވާހަކައެއް ނުފެނުނު ވަރަށް ވެދުން!
ލީގް ވޮޗް
14 February 2017
އެމެންޑްކުރެވިފަ ވަނީ. ވ.ގިނަ ވެދުން
މޮޔަ މެޑްރިޑް
14 February 2017
ޕެނަލްޑޯ ނެތްނަމަވެސް ޔުވޭ އެއީ ދުނިޔޭގެ ފެންވަރުގެ ޓީމެއް.
ހަސަން
14 February 2017
އަހަރުމެން ދަންނަ ހުންނަނީ އެއްމެ ރޮނާލްޑޯއެއް. އެއީ އަހަރުމެންގެ މަޝްހޫރު އިލް ފެނޯމިނޯ.
ސަލާސް
14 February 2017
މާސެލޯ ސަލާސް އަކީ ޗިލީގެ ކުޅުންތެރިއެއް.
ރަދީފް
14 February 2017
މަނިކްފާނުގެ ޕޮއިންޓަކީ ކޮބައިތޯ؟؟
ބީޖީ ސަލާސް
15 February 2017
ކޮބާ މަ ؟؟
މެސީ
14 February 2017
ފުޓްބޯޅައިން ހާސިލްކުރެވެނހުރި ހުރިހާ އެއްޗެއް ހާސިލް ކޮށްފައޭ ލިޔުމުގައިވާއިރު ވޯލްޑް ކަޕް ހޯދަން ގާތަށްވެސް ނުދެވޭ. ނަސީބުގަދަ އެވްރެޖް ކުޅުންތެރިއެއް ދެޓްސް އޯލް ހީއިޒް.
ތޮއްޑޫ
14 February 2017
ސާބަހޭ ކަލޯ .. ތިއަށް ކިޔަނީ ހަސަދަވެރިވުން ..
ބޭބޭފުޅު
14 February 2017
ތީ ހަމަ ތެދެއް. ހައްތާވެސް އުޅެނީ ނަސީބުގަދަ އެވްރެޖް ކުޅުންތެރިން.
ރަދީފް
14 February 2017
މެސީގެ ކޮމެންޓެގެ އެއްބައި އެއީ 100 ތެދު. ''ފުޓްބޯޅައިން ހާސިލްކުރެވެންހުރި ހުރިހާ އެއްޗެއް ހާސިލް ކޮށްފައޭ'' . މިވާހަކަ މުޅިންގޯސް. އަޅުގަނޑުމެންގެ އެކުވެރި ސީއާރު7 އަށް އަދި ވޯލްޑްކަޕް ނުހޯދޭ.އެހެންވީމަ ފުޓްބޯޅައިން ހާސިލްކުރެވެން ހުރި ހުރިހާއެއްޗެއް ހާސިލްކޮއްފިކަމަށް ބުނުން އެއީ ފުޓްބޯޅައިގެ ސްޓެޓިސްޓިކަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެ. ލިއޯ މެސީ އަދި ސީއާރު7 އަށް ވެސް ވޯލްޑްކަޕް ނުހޯދޭ. ވ.ވެދުން <ބާސާ / އާސެނަލް ފޭން>