ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ: އޭނާ ބުނަނީ މިއީ އެ ޓީމަށް ކާމިޔާބު ސީޒަނެއް ކަމަށް.-- ފޮޓޯ: އޭއެފްޕީ
02 މާޗް 2017 - 09:27
ބާސެލޯނާ (މާޗް 2) – އަރާމުކުރަން ބޭނުންވާ ކަމަށާއި އެހެންވެ މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަމުން ވަކިވާނެ ކަމަށް ލުއިސް އެންރިކޭ ބުނެފި އެވެ.
އޭނާ މި ނިންމުން އިއުލާންކުރީ ފަހަކަށް އައިސް ބާސެލޯނާގެ ނަތީޖާތައް ދަށްވެފައިވާތީ އޭނާގެ މަގާމާ މެދު ސުވާލު އުފެދިފައިވަނިކޮށެވެ. ރޭ ސްޕޯޓިން ގިޔޯން އަތުން 6-1 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ބާސެލޯނާ އެރި ނަމަވެސް ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް އިތުރު މެޗެއް އޮތުމުން ބާސެލޯނާގެ މަގާމް ކަށަވަރެއް ނޫނެވެ. އަނެއްކޮޅުްނ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ފްރާންސްގެ ޕީއެސްޖީ އަތުން 4-0 އިން ބަލިވެ އެ މުބާރާތުން ކެޓުމުގެ ބިރު ވެސް އެބައޮތެވެ.
"މިއީ އުނދަގޫ އެކަމަކު ވަރަށް ވިސްނުމަށް ފަހު ނިންމި ނިންމުމެއް. އަހަންނަށް ހީވަނީ އަހަރެން ޖެހޭނެހެން އަހަރެންގެ އަމިއްލަ ޒަމީރުގެ ނިންމުމަށް އިހުތިރާމްކުރަން،" ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ. "ކްލަބުން އަހަންނަށް ކުރި އިތުބާރަށް ޝުކުރުއަދާކުރަން. މިއީ ހަނދާނުން ފޮހެނުލެވޭނެ ތިން އަހަރު."
އެންރިކޭ ބުނީ އޭނާ ދިރިއުޅެން ޖެހެނީ އޭނާގެ ވަޒީފާއާ އެކު ކަމަށާއި ޓީމު ރަނގަޅުކުރަން ނިމުމެއް ނެތް ވިސްނުންތަކުގައި އަބަދު އުޅެން ޖެހޭ ކަމަށާއި އޭގެ ސަބަބުން އަރާމުކޮށް ސިކުނޑި ތާޒާކޮށްލަން ލިބެނީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ.
"އަހަރެން އަރާމުކުރަން ބޭނުންވޭ. މި ނިންމުމުގެ މައިގަނޑު ސިއްރަކީ އެއީ،" އެންރިކޭ ބުންޏެވެ.
ރެއާލް މެޑްރިޑަށް 1991-1996 އަށް ކުޅުމަށް ފަހު 1996 އިން 2004 އަށް ބާސެލޯނާ އަށް ކުޅުނު އެންރިކޭ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ދެ ފަހަރު އަދި ޔުއެފާ ކަޕްވިނާސް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ބާސެލޯނާގެ ކޯޗުކަމާ 2008 ވަނަ އަހަރު ޕެޕް ގާޑިއޯލާ ހަވާލުވުމުން، ގާޑިއޯލާ އޭރު އަދާކުރަމުން ދިޔަ ބާސެލޯނާގެ ޔޫތު ޓީމުގެ ވަޒީފާ ލިބުނީ އެންރިކޭ އަށެވެ. އެގޮތުން ހަތަރު އަހަރު ޔޫތު ޓީމަށް ކޯޗުކޮށްދިނުމަށް ފަހު އޭނާ ވަނީ އިޓަލީގެ ރޯމާ އާއި ސްޕެއިނުގެ ސެލްޓާ އަށް ކޯޗުކޮށްދީފަ އެވެ. ބާސެލޯނާއާ 2014 ވަނަ އަހަރު ހަވާލުވެ ފުރަތަމަ ސީޒަނުގައި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު އަދި ސްޕެނިޝް ކަޕް ކާމިޔާބުކޮށްދިނެވެ. އަދި މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގާއި ކަޕް ހޯދައިދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރޭ
02 March 2017
ތިޔަހެން ވެއްޖިއްޔާ ދެން ކާކު ބާ . ކޯޗަކަށް އަްންނާނީ
ޝާޒް
02 March 2017
މި ލިޔުން ނުދައްކައްޗޭ ސުޒޭނަށް
ކާކާ
02 March 2017
ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދޭންމިކަން ވަރަށް ރަގަޅު. ބާސާގެ ޕޮސެޝަން ފުޓްބޯލް އައިޑެންޓީޓީ އެއޮތީ އެންރީކޭގެ ސްޓައިލާއެކު މުޅިން ގެންލިފަ. މެދުތެރެވެސް އެހާ ސަކަރާތް. ދުނިގެ އެންމެ މޮޅެތި ކުޅުން ތެރިން ގޮވައިގެން ގޮސް ޕީއެއްޖީ އަތުން ލަދުގަންނަ ވަރުގެ ނަތީޖާއެއް ލިބުމަކީ ގަބޫލް ކުރެވޭ ކަމެއްނުން. އެހެންވީމާ ދިއުން ރަގަޅީ އަދިވިސް މާލަސް.
ރަދީފް
02 March 2017
ޝުކުރިއްޔާ ލުއިސް އެންރިކޭ. ގުޑްލަކް ބްރަދާ.
ދުވަސް
02 March 2017
ސުޒޭނު ކޮބާ ފޯނު ރިންގް ނުވޭތަ؟
ޢަހްމަދު
02 March 2017
ކެކެކެކެ
ކުމާރު ރިޓާރންސް !
02 March 2017
ތިޔަހެން ނަހައްދަވާށެ އިނގޭތޯ ވެރީ ސޮރީ !