ބާސެލޯނާގެ ނޭމާ (ކ) އާއި ކަވާނީ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
14 އޯގަސްޓް 2017 - 10:32
ގުއިންގޭމްޕް، ފްރާންސް (އޮގަސްޓް 14) – ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީން ގަތް ބްރެޒިލް ފޯވާޑް ނޭމާ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ރޭ ލަނޑު ޖަހައިފި މޮޅު ކުޅުމެއް ދައްކައިފި އެވެ.
ފްރެންޗް ލީގުގައި ގުއިންގޭމްޕް އަތުން 3-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާ ލަނޑު ޖެހީ 82 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ދިން ޕާހަކުންނެވެ. މި މެޗުގެ 52 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ލިބުނީ ޖޯޑަން އިކޯކޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ދެ ވަނަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަވާނީ އެވެ.
ތިން ލަނޑު ގައި ވެސް ނޭމާ ވަނީ ހިއްސާވެފަ އެވެ. ޖޯޑަން އަތުން ބައިކޮޅަށް ވަން ގޯލަކީ ވެސް ނޭމާ އުފެއްދި ހަމަލާއެކެވެ. އަދި ދެ ވަނަ ގޯލް ކަވާނީ ޖެހީ ވެސް ނޭމާ ދިން ޕާހަކުންނެވެ. ވާތް ފަޅިން ކުޅުނު ނަމަވެސް މެދުތެރެއަށް ޖެހިގެން ވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.
ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދި ނޭމާ ޕީއެސްޖީ އަށް ބަދަލުވީ ލިއޮނަލް މެސީގެ ހިޔަނީގައި ކުޅެން ބޭނުންނުވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ ބާސެލޯނާގައި ކިތަންމެ މޮޅަށް ކުޅުނަސް މެސީ ހުރުމުން އޭނާގެ ކުޅުން އެހާ ބޮޑަށް ފާހަގަނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަލްޑެ
14 August 2017
މެސީ ގެ އަގަކީ 750 މިލިއަން ޔޫރޯ
އަންނިޖެޓީ
14 August 2017
މެސީގެ ބޮޑުއަގު ހުރިކަމެއް ނޭގުނު، ލާރިގަނޑުގެ ބޭނުމުގަ ވިއްކާލީ ތިޔަ ބުނާ ނޭމާ
އަންނި ޖެޓީގެ ސެކިއުރިޓީ
14 August 2017
ލާރިގަނޑުގެ ބޭނުމުގައޭ. ޔޫރަޕިއަން ފުޓްބޯޅައިގެ ޓްރާންސްފަރ އޮންނަގޮތް ނޭނގޭއިރު ކޮސް ނުގޮވާ އިނދެބަލަ.
މޫސާ
14 August 2017
ނާމާގެ ނިންމުން ރަނަގަޅުކަން ހަމަ އެންމެ މެޗަކުންވެސް ސަޕޯޓަރުންނަށް އެނގިއްޖެ
ނޭމާފޭން
14 August 2017
ފުރަތަމަ ހާފްބެލިން އެހާފުގަ ނޭމާއަކަށް މާރަނގަޅަކަށް ނުކުޅެވުނު
ރަދީފް
14 August 2017
މަރުހަބާ ނޭމާ. ކޮންމެ ލީގެއްގަ ކުޅުނަސް އެދެނީ ކާމިޔާބީއަށް. މެސީގެ ހިޔަނި އެއީ 222 މިލިއަން ޔޫރޯނަމަ މެސީގެ އަސްލު އަގަކީ ކިހާވަރެއްބާ؟؟!!
ރަދީފާ
14 August 2017
މެސީގެ އަސްލު އަގަކީ 53މިލިއަން ޔޫރޯ. ރޭގަ އޮންނާނެ މެސީގެ އަސްލު އަގު ފެނިފަ.
ލޯންސްޓަރ
14 August 2017
މޮޔަނުގޮވާ. އަދި އެންމެ މެޗަކުން ޓީމްގެ ފެންވަރު ވަޒަން ނުކުރެވޭނެ. މެސީގެ މާކެޓް އަގު އުޅެނީ 500 މިލިއަން ޕައުންޑްގަ ، އަދިކޮބާ އެގްރިމެންޓްގަ ހުރި މާއްދާތަކަށް ބައލައިގެން ވިއްކާނަމަ އަގު.
ރަދީފާ
14 August 2017
53 މިލިއަން އިނގޭތޯ ލޯންސްޓަރ. ޝުކުރިއްޔާ