ސުއަރޭޒް (ވ) އާއި މެސީ ބާސެލޯނާގެ ޕްރެކްޓިހުގައި: ސުއަރޭޒް ނެތުމަކީ ބާސެލޯނާ އަށް ލިބޭނެ ގެއްލުމެއް. --ފޮޓޯ: އޭއެފްޕީ
18 އޯގަސްޓް 2017 - 07:56
ބާސެލޯނާ (އޮގަސްޓް 18) – ބާސެލޯނާގެ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒުގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހި އެ ޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.
ސުއަރޭޒުގެ ކަކުލަށް އަނިޔާވީ ސްޕެނިޝް ސުޕަ ކަޕުގެ ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފުގަ އެވެ. ބާސެލޯނާ 2-0 އިން ބަލިވި ތަށި ގެއްލުނު މި މެޗު އެއްކޮށް ސުއަރޭޒް ފުރިހަމަކުރި އެވެ.
ސުއަރޭޒަށް ގެއްލޭނީ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗު އަދި އަމިއްލަ ދަނޑުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅޭ މެޗެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި ވެސް ނުކުޅެވުމުގެ ފުރުސަތު އެބައޮތެވެ.
އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނޭމާ ޕީއެސްޖީ އަށް ބަދަލުވެފައިވާއިރު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑާ ވަނީ ސުއަރޭޒާއި ލިއޮނަލް މެސީ އަށް ބަރޯސާވާން ޖެހިފަ އެވެ. އެހެންވެ މި ދަނޑިވަޅުގައި އަމުދުން، ވާދަވެރި މެޑްރިޑް އަތުން ބަލިވި ބަލިވުމުން އަރައިގަންނަން ޖެހިފައިވަނިކޮށް ސުއަރޭޒް ކުޅުމާ ދުރަށް ދާން ޖެހުމަކީ އެ ޓީމަށް ކުރިމަތިވި ބޮޑު މައްސަލައެކެވެ.
ސުއަރޭޒަށް އަނިޔާވުމަކީ އުރުގުއޭ އަށް ވެސް ކުރިމަތި ގެއްލުމެކެވެ. އެގޮތުން ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 31 ގައި އާޖެންޓީނާއާ ދެކޮޅަށް އަދި ސެޕްޓެމްބަރު 5 ގައި ޕެރެގުއޭއާ ދެކޮޅަށް ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ ބައްޕަ
19 August 2017
މަ ހީކުރީ މި މެޗުގައި އެސޮރަށް އަނިޔާ ވީ ކަމަށް ހަދާ އެކްޓެއްކޮޮއްލީ ކަމަށް !! އެހެންނު ވާނީ !! މިހާރު މިއުޅޭ ގިނަ ކުޅުންތެރިން ޕެނަލްޓީ އާއި ފްރީކިކް ހޯދަނީ އެކްޓްކޮއްގެންނު !! މިސޮރުވެސް ހަމަ މޮޅީ އެކްޓް !! އެކަމަކު އަދި ކިރިޔާ މި އިނގުނީ އަސްލަށްކަން އިންޖަރީ ވީ !! ތިހެން ތިކުދިން ނޫޅެ ނިކަން އަހުރެން ގޯތި މެސީ އުޅޭހެން އުޅެބަލަ !! އެކްޓްނުކޮށް !!