މެންޗެސްޓާ ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗު ރަޔަން ގިގްސް (ކ) އާއި ޔުނައިޓެޑުގެ އާ ކޯޗު ހޯސޭ މޮރީނިއޯ: ގިގްސް އެ މަގާމުގައި ބަހައްޓަން މޮރީނިއޯ ބޭނުމެއް ނުވޭ. --ފޮޓޯ: ދަ ދަން
02 ޖުލައި 2016 - 12:08
މެންޗެސްޓާ (ޖުލައި 2) - ރަޔަން ގިގްސް 29 އަހަރަށް ފަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފި އެވެ.
އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް އާ ކޯޗު ހޯސޭ މޮރީނިއޯ އެ މަގާމަށް އެހެން މީހަކު ގެންނަން ބޭނުންވާތީ ގިގްސް އަށް ފުރުސަތެއް ނެތެވެ. ކްލަބާ އެކު އަދާކުރާނެ އިތުރު ވަޒީފާއަކާ މެދު އެއްބަސްވުމަކަށް ނާދެވުމުން ކޮންޓްރެކްޓް އުވާލަން އޭނާ ވަނީ ނިންމައިފަ އެވެ.
ޔުނައިޓެޑުގެ ޔޫތު ޓީމާ 1987 ވަނަ އަހަރު ގުޅުނު ގިގްސް އެ ޓީމުގެ ސީނިއާ ޓީމަށް ކުޅެން ފެށީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމަށް 672 މެޗު ކުޅެދިނުމަށް ފަހު ކުޅުން ހުއްޓާލީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން މަސައްކަތްކުރީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އަދި 2014 ވަނަ އަހަރުގެ ސީޒަނުގެ ފަހުކޮޅު ޔުުނައިޓެޑުގެ ކޯޗުކަމުން ޑޭވިޑް މޮއިސް ވަކިކުރުމުން ވަގުތީ ކޯޗަކަށް މަސައްކަތްކުރި އެވެ.
ވޭލްސް އަށް އުފަން ގިގްސް ވަނީ ޔުނައިޓެޑާ އެކު އިނގިރޭސި ލީގު 13 ފަހަރު ކާމިޔާބުކޮށްފަ އެވެ. ޔޫރަޕުގެ ޗެމްޕިއަންކަން ދެ ފަހަރު، އަދި އެފްއޭ ކަޕާއި ލީގު ކަޕުގެ ތަށި ހަތަރު ފަހަރު ފަހަރު ހޯދި އެވެ.
ޔުއެފާ ޕްރޯ ލައިސަންސް އޮތުމާ އެކު ބެލެވޭ ގޮތުގައި ގިގްސް ދެން ހަވާލުވާނީ އިނގިރޭސި ޓީމެއްގެ ހެޑް ކޯޗުކަމާ އެވެ. އޭނާ ސްވަންސީ ސިޓީއާ ގުޅެން އުޅޭ ކަމަށް މިދިޔަ ސީޒަނުގައި ވާހަކަ ދެކެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫ ހަސަނު
02 July 2016
ތިޔަ ގިގަށް 29 އަހަރު ޔުނައިޓެޑުގަ ހުރެވުނީ އެހެން ޓީމަކުން ބޭނުންވާ ފެންވަރުގެ ކުޅުންތެރިއަކަށް ނުވާތީ. އޭނަ ހޯދާކަށް އެހެން ބަޔަކު ނޫޅޭ ގިގައް ވަރަށް ސަލާމް
މުޙައްމަދު
02 July 2016
އެއީ ފުޓްބޯޅައިގެ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ލެފްޓް ވިންގް. ޑްރިބްލިންގް އާއި ސްޕީޑާއި އެސިސްޓް އާއި ސްކޯރިންގް އަށް ބެލި ކަމުގައި ވިޔަސް.
އަހްމަދު
03 July 2016
ޔޫ ހަސަނު ވާހަކ ދައްކަނީ އެއްޗެއް އެނގިގެނެއް ނޫނޭ. އަނގަ އޮތީތީ ދައްކަނީ.