03 ނޮވެމްބަރ 2017 - 09:15
ބާސެލޯނާ (ނޮވެމްބަރު 3) - އާޖެންޓީނާގެ ނޫސްވެރިޔަކާ ދެކޮޅަށް ކުރި އަބުރުގެ ދައުވާ ކާމިޔާބުވެއްޖެ ނަމަ ލިބޭ ފައިސާ ޗެރިޓީ އަށް ހާދިޔާކުރަން އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ވި ވައުދު ފުއްދައިފި އެވެ.
އާޖެންޓީނާގެ "ލަ ރޭޒޯން" ގެ ނޫސްވެރިޔާ އަލްފޮންސޯ އުސިއާއާ ދެކޮޅަށް މެސީ އަބުރުގެ ދައުވާކުރީ މަނާބޭސް ބޭނުންކުރޭތޯ ބެލުމަށް ކުރާ ޓެސްޓްތަކަށް މެސީ ނުފޫޒު ބޭނުންކޮށްގެން މަކަރުހަދާ ކަމަށް އޭނާ ލިޔެފައިވާތީ އެވެ. އޭނާ އެ ގޮތަށް ލިޔުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުން އާޖެންޓީނާ ބަލިވި މެޗު ކުޅުނުތާ ދެ ދުވަސް ފަހުންނެވެ.
މިދިޔަ އަހަރު ޖޫން މަހު މި މައްސަލަ ކޯޓުން ބެލުމަށް ފަހު ނިންމީ "ލަ ރޭޒޯން"ގެ ޑިރެކްޓަރު ފްރާންސިސްކޯ މަހުންޑާ އާއި ނޫސްވެރިޔާ އަލްފޮންސޯ، މެސީގެ އަބުރަށް އަރައިގަނެފައިވާ ކަމަށާއި އެ ކަމުގެ ބަދަލެއްގެ ގޮތުގައި 64,590.79 ޔޫރޯ މެސީ އަށް ދިނުމަށެވެ. އަދި މުސްތަގުބަލުގައި އެ ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ "ލަ ރެޒޯން" އާ މެދު ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދިނެވެ.
މެސީ އޭރު ވެސް ލިބުނީ ލިބޭ ފައިސާ އެއްކޮށް ޗެރިޓީ އަށް ހަދިޔާކުރާނެ ކަމަށެވެ. އެ ގޮތުން މެސީ ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޑޮކްޓަރުންގެ ގްރޫޕަކަށް އެ ފައިސާ އެއްކޮށް ހަދިޔާކޮށްފަ އެވެ. މެސީ ފައުންޑޭޝަނުން އަަހަރެއްގެ މައްޗަށް ޗެރިޓީ އަށް ގާތްގަނޑަކަށް ފަސް މިލިއަން ޔޫރޯ އަށް ވުރެން ގިނައިން ހަރަދުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެގޮތުން މި އަހަރު މެސީ ފައުންޑޭޝަނުން ވަނީ ހާލުގައިޖެހިިފައިވާ ސީރިއާ ކުދިންނަށް 20 ކްލާސްރޫމް ހަދިޔާކޮށްފަ އެވެ. މެސީ ފައުންޑޭޝަންގެ ޕޮލިސީ އަކީ ޗެރިޓީ އަށް ހަދިޔާކުރާ ފައިސާގެ މައުލޫމާތު މީޑިއާ އަށް ހާމަނުކުރުން ކަމަށް މީގެ ކުރިން އެ ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މެސީ ފައުންޑޭޝަނުން ވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޗެރިޓީގެ ގޮތުގައި 10 މިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިތް
03 November 2017
ދަހި ސާދާގަރު
ޒައި
04 November 2017
ބޮޑާލްޑޯއަށް 10.މިލިޔަން 1 އަހަރު ތެރޭގަ ހަދިޔާ ނުކުރެވޭނެ.. އެއީ ދަހިކަމުން ލަގޮނޑީގަ ނާށި ލާފަހުރި މީހެއް.. ލަގޮނޑިވަޅަށް ބަލައިލީމަ ވެސް އެކަން އެނގެއެއްނު ނިކުމެފަ އިންނާނީވެސް.. ބައި ޑޮލަރު ދިނަސް އެވާހަކަ މުޅި މީޑިއާގަ ދައއކަމުން ދުވާނެ
ޒިދާން
05 November 2017
ކަލެއަށް ނުދެވޭތާ އެހެން މީހަކު އެއްޗެއްދީ ރަގަޅު ކަމެއް ކުރިޔަސް ހަޖަމް ނުވޭ ދޯ،
ޕެނެލްސީ
03 November 2017
ހެހެ، މިއީދަހިސޮރެއް. ޓެކްސަށް މަކަރުހަދައިގެންވެސް ލާރިސޭވްކުރެވޭތޯ އެބައުޅެއެއްނު.
ބޮޑާލްޑޯ
04 November 2017
ބޮޑާލްޑޯ ވެސް އެއުޅެނީ ޓެކްސްއަށް މަކަރު ހަދައިގެން ދައުވާ އުފުލަފާނެތީ ސްޕޭނު ދޫކޮށް ބަޗަން އުޅުނީ މިދިޔަ ސީޒަނުގަވެސް.. ޕާޕާ ޕެރޭޒުގެ ނުފޫޒުން އެކަން މައިތިރިކުރުވަން ވައުދުވީމަ މަޑުކުރީ.. މެސީއަށް ވުރެއް ގިނައިން އެހީވާ މީހަކު ނެތް.. ތަފާތަކީ ގިނަ ފަހަރަށް އޭނާ ޗެރިޓީ ދެނީ ބޮޑާލްޑޯ ގޮތަށް ދެއްކެން މުޅި ދުނިޔެއަށް އިޝްތިހާރުކޮށްފައެއް ނޫން.
ކުމާރު
03 November 2017
ރަނގަޅު މެސީ އެއް ނޫޅޭނެ ބައެއްމީހުން އުޅޭހެން މީޑިޔާ ސަމާލު ކަން ނުލިބިގެނެއް
ނޫ.......
03 November 2017
މަވެސް ތިކަމާ އެއްބަސް