ބާސެލޯނާގެ މިޑްފީލްޑަރު އާޑާ ޓުރާން: އޭނާ ހޯދުމަށް އާސެނަލުން ވަނީ މަސައްކަތް ފަށާފައި.-- ފޮޓޯ: އޭއެފްޕީ
10 ޖުލައި 2016 - 18:06
ލަންޑަން (ޖުލައި 10) - ބާސެލޯނާ އަށް ކުޅޭ ތުރުކީގެ ކެޕްޓަން އާޑާ ޓުރާން އަށް އާސެނަލުން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ސީޒަން ފެށުމުގެ ކުރިން އެތުލެޓިކޯ މެޑްރިޑް ދޫކޮށް ޓުރާން ބާސެލޯނާ އަށް ބަދަލުވީ 34 މިލިއަން ޕައުންޑަށެވެ. ބާސެލޯނާ އަށް ސީޒަން ފެށުމުގެ ކުރިން ސޮއިކުރި ނަމަވެސް އޭނާ އެ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ ޖެނުއަރީ މަހު އެވެ. އެއީ ބާސެލޯނާ އަށް ދީފައިވާ ޓްރާންސްފާ އަދަބުގެ މުއްދަތު ހަމަވުމުންނެވެ.
އުމުރުން 29 އަހަރުގެ ޓުރާން މިދިޔަ ސީޒަނުގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި މާގިނަ މެޗުތަކެއް ކުޅެފަ އެއް ނުވެ އެވެ. ގިނަ މެޗުތަކުގައި އޭނާ ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ ޓީމަށް ކުޅެދިން 18 މެޗުގެ ތެރެއިން ފުރަތަމަ އެގާރައިގަ ހިމެނިގެން އޭނާ ކުޅުނީ ނުވަ މެޗުގަ އެވެ. ދެ ލަނޑު ޖަހައި ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ޓުރާން ހޯދަން 20 މިލިއަން ޕައުންޑުގެ ބިޑެއް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ބާސެލޯނާ އިން އޭނާ ވިއްކާން ކިޔާ އަގަކީ 28 މިލިއަން ޕައުންޑެވެ. އާސެނަލުން ޓުރާން ހޯދުމަށް މަސައްކަތް ފެށީ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރުން މަދުވުމުންނެވެ.
ޓުރާން ހޯދުމަށް އާސެނަލްގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑުންނާއި ފެނަބާޗޭ އިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
10
10 July 2016
ވެންގާ . ދަހިގަނޑު. ނުކެރޭ ރަންގަޅު އަގެއް ކިޔާލާކައް.