13 ޖެނުއަރީ 2018 - 05:32
ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖެނުއަރީ 13) - މި ސީޒަނުގައި ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއާ ގުޅުމަކީ ފުޓްބޯޅަ ކެރިއަރުގައި ނޭމާ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ބުނެފި އެވެ.
"ނޭމާ އެ ހުރީ މިހާރު ޕީއެސްޖީގައި. އެކަމަކު ކުޅިވަރުގެ ވިސްނުމުގައި ބަލަންޏާ މިއީ ނޭމާ ފަހަތަށް އެޅި ފިޔަވަޅެއް،" ބްރެޒިލްގެ ކުރީގެ ތަރި ޒީކޯގެ ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގައި 2002 ވަަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯ ބުންޏެވެ.
"ނޭމާ ހުރީ ބާސެލޯނާގައި. ޕީއެސްޖީ އަކީ ބާސެލޯނާ ލެވެލްގެ ކްލަބެއް ނޫން. އަހަރެން ބާސެލޯނާގައި ހުރެފައި ބަދަލުވީ އިންޓަ މިލާނަށް. އޭރު އިޓާލިއަން ލީގަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު،" ރޮނާލްޑޯ ބުންޏެވެ.
ނޭމާ ބާސެލޯނާ ދޫކޮށްލީ 222 މިލިއަން ޔޫރޯ އަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕީއެސްޖީގެ ކޮންޓްރެކްޓް ނޭމާ ފުރިހަމަ ކޮށްފިނަމަ އޭނާ ވެގެންދާނީ އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާ އަށެވެ.
ބްރެޒިލާ އެކު ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ރޮނާލްޑޯ ބާސެލޯނާ އަށް ބަދަލުވީ 1996 ވަނަ އަހަރު އެވެ. އެއީ ނެދަލެންދްސްގެ ޕީއެސްވީ އަށް ކުޅުމަށް ފަހު އެވެ. ބާސެލޯނާ ދޫކޮށް ރޮނާލްޑޯ އިންޓައާ ގުޅުނީ 1997 ވަަނަ އަހަރުގަ އެވެ. އެ އަށް ފަހު ދެން 2002 ވަނަ އަހަރު ރޮނާލްޑޯ ދެން ފެނުނީ ރެއާލް މެޑްރިޑުންނެވެ.
"އަހަރެންގެ ކެރިއަރުގައި އަބަދުވެސް ވިސްނީ އެ އިރެއްގައި ހުރި ކްލަބަކަށް ވުރެން ބޮޑު ކްލަބަކަށް ބަދަލުވާން. އެއީ އަބަދުވެސް ކުރިއަށް ދިއުމުގެ ވިސްނުމުގައި. ފުޓްބޯޅަ ކެރިއަރެއް ފުރިހަމަ ކުރެވޭނީ އެ ފަދަ ވިސްނުމެއްގައި،" ރޮނާލްޑޯ ބުންޏެވެ.
މި އަހަރަކީ ވޯލްޑް ކަޕް އަހަރަކަށް ވުމުން މިއީ ނޭމާ އަށް ވަރަށް މުހިއްމު ސީޒަނެއް ކަމަށާއި އުއްމީދުކުރަނީ ޕީއެސްޖީއާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދައި ވޯލްޑް ކަޕަށް ރަނގަޅު ފޯމެއްގައި ނޭމާ ދިއުން ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާރިޔާ އަހުމަދު ދީދީ
14 January 2018
ހޫނ، ދެން ރޮނާވެސް. ބާސާ ޕީއެސްޖީއަށްވުރެ މޯލު ވީމަތަ މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގަވެސް ރެފްރީ ގަނެގެން އެމީހުން ބަލިކުރެވުނީ؟
އުފާކުރަން
13 January 2018
މެސީ، ނޭމާ، އަޝްފާގް މި ޕލެޔަރުން ކޮންމެ ޓީމަކަށް ކުޅުނަސް ތަފާތު ގެންނާނެ ނުޖެހޭނެ އެންމެ މޮޅު ކުލަބަށް ދާކަށް ހުރިހާ ތަށްޓެއް ނުލިބިދާނެ ތަފާތު ގެެނޭތާ
ހެލޯހެލޯ
13 January 2018
އަޝްފާގް އަކީ ކާކު؟ ކޮންޓީމަކަށް ކުޅެނީ؟
ހަޑިގިއްލާ
13 January 2018
އަޝްފާގޭ! ލޮލް