18 ޖެނުއަރީ 2018 - 09:41
ބާސެލޯނާ (ޖެނުއަރީ 18) - ސްޕެނިޝް ކަޕުގައި ރޭ ލިއޮނަލް މެސީ އަތުން ޕެނަލްޓީ ބޭކާރުވިއިރު، އެސްޕަންޔޯލް އަތުން 1-0 އިން ބާސެލޯނާ ބަލިވެއްޖެ އެވެ.
ރޭގެ މެޗުގެ ކުރިން ބާސެލޯނާ އެންމެ ފަހުން ބަލިވެފައިވަނީ މިދިޔަ އޮގަސްޓް މަހުގަ އެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެ ޓީމާ ހަވާލުވެ މި ސީޒަނުގެ މިހާތަނަށް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި އެ ޓީމަށް ނަތީޖާ ނުނެރެވުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުންނެވެ.
އެގޮތުން މެޗުގެ 62 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން މެސީ ފޮނުވާލި ބޯޅަ އެސްޕަންޔޯލްގެ ކީޕަރު ޑިއޭގޯ ލޮޕޭޒް ވަނީ މަތަކޮށްފަ އެވެ. މިއީ އޭރިއާ ތެރެއިން ބާސެލޯނާގެ ސާޖީ ރޮބާޓޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
މެޗު ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް މަންޒަރު ބަދަލުކޮށްލީ މެޗުގެ 88 ވަނަ މިނިޓްގައި އެސްޕަންޔޯލްގެ އޮސްކާ މެލެންޑޯ އެ ޓީމަށް ލީޑުނަގައިދިނުމުންނެވެ. އޭރިއާ ތެރެއިން އޮސްކާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ރޭގެ މެޗަށް ފަހު ބާސެލޯނާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ބުނީ ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަހަރެމެންނަށް ކުރެވޭނެ ހުރިހާ ގޮތަކަށް މަސައްކަތްކުރިން. ނަސީބު އެހީނުވީ. ރަނގަޅު ކަމެއް ވެސް އެބައޮތް. އެއީ މި ހުރިހާ ކަމެއް ބަދަލުކޮށްލަން އަދި އެއް މެޗު އެބައޮތް. ދެ ވަނަ ލެގުން ނަތީޖާ އަހަރެމެން ކޮޅަށް އަނބުރާލެވޭނެ،" ބުސްކެޓްސް ބުންޏެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ސެވިއްޔާ ވަނީ މޮޅުވެފަ އެވެ. ޑިއޭގޯ ކޮސްޓާ އެތުލެޓިކޯ އަށް ލީޑުނަގައިދީފައިވަނިކޮށް ސެވިއްޔާ މޮޅުވީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ. މި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖީސަސް ނަވާސް އާއި ޔަކިން ކޮރޭއާ އެވެ. ރޭ ވެލެންސިއާ ކުޅުނު މެޗުން ވަނީ 2-1 އިން އަލަވޭސް ބަލިކޮށްފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ
18 January 2018
މައްސަލައެއް ނެތޭ. 29 މެޗަށްފަހު ރޭގަ އެބަލިވީ. އިރާދަކުރެއްވިއްޔާ ލީގު ގަ އަދި ބައްޔެއް ނުވޭ
ހޫން ހޫން
18 January 2018
ކަޑަވާނެ އަސްލު
ހެހެ
18 January 2018
ޕެނާލްޑޯއޭ ކިޔަނީ ސީޒަނެއްގައި ވިހި ފަންސަވީސް ޕެނަލްޓީ ޖަހައިގެން ރަންބޫޓް ހޯދާތީ. ލޮލް
ޕެނަލްޑޯ އަހުމަދު ދީދީ
18 January 2018
ލޮލް މިހެންވެ ދޯ މެސީ ފޭނުން ރޮނާއަށް ޕެނަލްޑޯއޭ ކިޔަނީ. އަހަރުން ފަޚުރުވެރިވޭ އެނަން ކިޔާތީވެސް.
މެސީ
18 January 2018
އިޓަލީގެ ރޮބާރޓޯ ބާޖިއޯ އަތުން މިސްވި ޕެނަލްޓީއާއެކު އިޓަލީއަށް ޗެންޕިއަންކަން ނުލިބުނީ. ޢެކަމަކު ބާޖިއޯ އެހިސާބަށް ޓީމު ގެންގޮސްދިނީ ވަރަށް ވާހަކަ
އަލިހޮއްކޮ
18 January 2018
މެސީ އަޅާނުލާ، އަހައްމައިދީމެން އެއުޅެނީ ޑޮކްޓަރު އުނގުޅަން ދިން އެއްޗެއް ކެވިގެން.