02 މާޗް 2018 - 08:51
މެޑްރިޑް (މާޗް 2) - ސްޕެނިޝް ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ލަސް ޕަލްމާސް އިން ރޭ ކުޅުނު މެޗުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ 1-1 އިން އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ ޓީމަކީ ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށެވެ. އެއީ އެއް ވަނައިގައި ބާސެލޯނާ އަށް ލީޑު ފުޅާކުރުމުގެ ފުރުސަތު ގެއްލުމުންނެވެ.
ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ 26 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 26 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ. އަންނަ އާދިއްތަ ދުވަހު ލީގުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ އެތުލެޓިކޯއާ ދެކޮޅަށެވެ. އެތުލެޓިކޯއާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، ލީގުގައި އެ ޓީމު ވަނީ ބަލިނުވެ 33 މެޗު ހަމަކޮށްފަ އެވެ.
ރޭގެ މެޗު ފަށައިގެން 21 ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުނެގީ ލިއޮނަލް މެސީ ކާމިޔާބުކުރި ހިތްގައިމު ހިލޭ ޖެހުމުންނެވެ. ލަސް ޕަލްމާސް އަށް އެއްވަރުކޮށްދިން ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ޖޮނަތަން ކަލޭރީ އެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މެޗު ބަދަލުވީ ޕެނަލްޓީ ދިން ހިސާބުން ކަމަށެވެ.
"އަހަންނަކަށް ޔަގީނެއް ނޫން ރެފްރީ އަށް ވެސް ބުނެދެވޭނެހެން ޔަގީންކޮށްފައި ޕެނަލްޓީ ދޭން ޖެހޭ ސަބަބެއް. އެ ޕެނަލްޓީއާ ހަމައިން މެޗު ބަދަލުވެއްޖެ. އެ އަށް ފަހު ލަސް ޕަލްމާސް އަށް ލިބުނީ ކޮންފިޑެންސް އަހަރެމެން އަވަސް އަރުވާލައިގެން ކުޅެން ހަދައިގެން މެޗުގެ ޕޮއިންޓްތަކެއް ގެއްލިދިޔައީ،" ވަލްވޭޑޭ ބުންޏެވެ.
އޭނާ ބުނީ އާދިއްތަ ދުވަހު އެތުލެޓިކޯއާ ދެކޮޅަށް ކުޅެން ޖެހޭއިރު މި މެޗުން މޮޅެއް ނުލިބުމަކީ ތައްޔާރީތަކަށް ލިބުނު ހުސްކަމެއް ކަަމަށެވެ. އެހެން ނަމަވެސް ދެން އޮތް މެޗު އޮތީ އަމިއްލަ ދަނޑުގައި ކަމަށްވާތީ އެއީ އެޑްވާންޓޭޖެއް ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
03 March 2018
ސާބަހޭ ބާސާ.އެތުލެޓިކޯ ބަލިކޮށް ލީޑް ވަރުގަދަކުރަންވާނެ.އިންޝާﷲ
މެސީ
02 March 2018
ލަލީގާ ރެފްރީން ލީގު ފޯރި ގަދަ ކުރަން އެބަޖެހޭވިއްޔާ. މެސީ ކަނޑާލީ ކިތައްފަހަރު ކަމެއްވެސް ނޭންގޭ. ރަތް ކާޑެއް ނުފެނޭ. ކީޕަރަށް ރަތެއް ނުދެއްކި. މެޗަށްފަހު ލަސްޕާމަސް ކުޅުންތެރިންވެސް ބުނީ ނޭންގެޔޯ ކީއްވެ ދިން ޕެނަލްޓީ އެއްކަމެއް،.
ރެފްރީ
02 March 2018
ހަހަހަހަ. ޔުއެފަލޯނާ އިން ރެފްރީންގެ ވާހަކަ ދެއްކީމަ އަންނަނީ ނުބައި ޒާތެއްގެ ހިންޏެއް
އާދަމް 4ނާން
02 March 2018
ކުޓީނިއޯ އާ ޑެމްބެލޭ މީ ބޭކާރު 260 މިލިއަން .
ކުޓީނިއޯ
02 March 2018
އެކުދިން އަދި ވަގުތު ބެނުންވާނެ އެއީ ޓީމުގެ މުސްތަގުބަލު. ބާސާ ގިނަ ކުޅުން ތެރިން 30 އަށް ވުރެ މައްޗަށް ދަނީ. ކާމިޔާބު ދެމެހެއްޓޭނީ ކުރިއަށް ފިޔަވަޅު އަޅައިން
މޮރޭނޯ
02 March 2018
މެޑްރިޑުން އަދިވެސް އެބުނަނީ ތިމަންނަމެން ލީގުހޯދާކައް އަދިވެސް ހާސްކަމެއް ނެތޭ، ދެން ކީއްވެހޭ 5 ޕޮއިންޓުގެ ލީޑެއްގަ އޮވެ ބާސާ ހާސްވާންވީ..